Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

ދެވަނަ މެެޗުގައި ރޮނާލްޑޯ ހިމަނައިގެންވެސް އަލް ނަސްރު ސަލާމަތެއް ނުވި!

ދެވަނަ މެޗުގައި އަލް ތާވޫނާ ވާދަކޮށް ބަލިވީ 2-0ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޯގަސްޓު 2023 | ހޮނިހިރު 02:19
ލީގުގައި އަލް ތާވޫނާ ދެކޮޅަށް އަލް ނަސްރުން ކުޅުނު މެޗުގައި ރޮނާލްޑޯ

ލީގުގައި އަލް ތާވޫނާ ދެކޮޅަށް އަލް ނަސްރުން ކުޅުނު މެޗުގައި ރޮނާލްޑޯ

ސައުދީ ޕްރޯ ލީގުގައި އަލް ތާވޫނާ ދެކޮޅަށް ކުޅުނު މެޗުންވެސް އަލް ނަސްރު ބަލިވެއްޖެއެވެ.

މިއީ އައު ސީޒަންގެ ސައުދީ ޕްރޯ ލީގުގައި އަލް ނަސްރުން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އަލް އިއްތިފާގާ ވާދަކޮށް ބަލިވިއިރު، އެ މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެއް ނުކުޅެއެވެ. ނަމަވެސް ދެ މެޗުގައި އަލް ނަސްރުގެ ފުރަތަމަ 11ގައި ރޮނާލްޑޯ ވަނީ ހިމަނާފައެވެ. ދެވަނަ މެޗުން އަލް ނަސްރު ބަލިވީ 2-0ންނެވެ.

މެޗުގައި އަލް ތާވޫނުން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ 20 ވަނަ މިނެޓުގައެވެ. އެއީ އަލް ތާވޫނަށް ލިބުނު ކޯނަރެއްގައި މަތެއަސް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން، ލިއާންދްރޭ ޓަވަންބާ ޖެހި ލަނޑެކެވެ. އެ ލަނޑުގެ ކުރިންވެސް އަލް ތާވޫނަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފައެވެ. މެޗުގައި ތާވޫނުން އެއް ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް އަލް ނަސްރަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށްވެސް ފުރުސަތު ލިބިފައެވެ. އެގޮތުން ކެޕްޓަން ރޮނާލްޑޯއަށް ތިން ފުރުސަތެއް ލިބުނުއިރު، ސެނެގާލްގެ ސަޑިއޯ މާނޭއަށް ވެސް ވަނީ ފުރުސަތެއް ލިބި، ބޭކާރުވެފައެވެ. އޭގެ ފަހުން ބްރެޒިލްގެ ޓަލިސްކާވެސް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފައެވެ. މެޗުގެ ފަހު ވަގުތު މާނޭ ލަނޑެއް ޖެހިނަމަވެސް، ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމާފައެވެ. މެޗުގެ ފަހު ވަގުތު ތާވޫންގެ ދެވަނަ ލަނޑު ޖެހީ އަހުމަދު ބަހުސައިނެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ، ގޯލު ކުރިމަތީ ހުރި އަލް ނަސްރުގެ ޑިފެންޑަރެެއްގެ ގައިގައި ޖެހިފައެވެ.

ލީގުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އަލް ނަސްރު އޮތީ ލީގު ތާވަލްގެ 15 ވަނާގައެވެ. އެ ޓީމަށް ދެން އޮންނާނީ އޯގަސްޓު މަހުގެ 22 ވަނަ ދުވަހު އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ޝަބާބް އަލް އަހްލީއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ލީގުގައި ނިކުންނާނީ އަލް ފާތެހާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު