Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޯލް ހޭންޑްސް އޮން ޑެކް ފޯރަމް ބޭއްވުން

ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް، ބަލިތައް ގިނަވާން ދިމާވާ ހިރާސްތަކުން ރައްކާތެރިވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިއީ ދެދުވަހަށް ކުރިއަށްގެންދިޔަ ފޯރަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 17 އޯގަސްޓު 2023 | ބުރާސްފަތި 11:59
ފޯރަމްގެ ބައިވެރިން

ފޯރަމްގެ ބައިވެރިން

ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ބަލިތައް ގިނަވާން ދިމާވާ ހިރާސްތަކުން ރައްކާތެރިވުމާއި ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް، އެޗްޕީއޭއާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގުޅިގެން " އޯލް ހޭންޑްސް އޮން ޑެކް" އެންސީޑީ އެޑްވޮކަސީ ފޯރަމްގެ ނަމުގައި 2 ދުވަހުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

އޯގަސްޓް 15 އިން 16 އަށް މާލޭގައި ބޭއްވުނު މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުންނާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް ހިމެނޭ ގޮތަށެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި، ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވާތީ އެކަމުން ރައްކާތެރިވުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް އެކުލަވާލެވިފައިވާ ނޭޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން ތަންފީޒުކުރުމާބެހޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވި ގޮތުގައި، މިކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެކަމުގެ ޔަގީންކަން ދެއްވަމުން މި މަސައްކަތަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ.

މި ފޯރަމްގެ ބޭނުމަކީ، ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި 2030އާ ހަމައަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކާއ، މަދަނީ ޖަމްއިއްޔާތައް، އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން އެކުގައި މަސައްކަތްކުރާނެ ގޮތްތަކެއް ކަނޑައެޅުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެއެވެ.

މި ފޯރަމްގައި ބައިވެރިން ވަނީ، އެންމެން ގުޅިގެން ގައިންގަޔަށް ނާރާ ބައްޔަށް އާއްމުން ހޭލުންތެރިކުރުމަށް ކުރާނެ މަސައްކަތްތަކާމެދު މަޝްވަރާކޮށް، ނޭޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭންގައި ވާ ކަންތައްތައް ތަންފީޒުކުރުމަށް ފޯރަމްގެ ބައިވެރިން އެހީތެރިވެދެއްވާނެ ކަމަށް އެއްބަސްވެފައެވެ. އަދި މި މަސައްކަތް ތަންފީޒުކުރުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާއ،ި އަދި އެކަންކަމުން އަރައިގަތުމަށް ކަންކަން ކުރާނެ ގޮތާމެދު ވެސް ވަނީ މަޝްވަރާކޮށްފައެވެ. ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އިތުރުވެފައިވާ މިންވަރަށް ބަލާއިރު، ތަފާސް ހިސާބުތަކުން ފެންނަގޮތުގައި އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ ނިސްބަތުން ގާތްގަޑަކަށް 85 އިންސައްތަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުންނެވެ.

އެޗްޕީއޭއިން ބުނީ ދެމެހެއްޓެނިވި ތަރައްގީގެ އެއް ލަނޑުދަނޑި ކަމުގައިވާ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާމީހުންގެ ނިސްބަތް ތިންބައިކުޅަ އެއްބަޔަށް، 2030 ވަނަ އަހަރުގެ ކުރިން މަދުކުރުން ހިމެނޭ ކަމަށެވެ. ނަމަވެސް މި ލަނޑުދަނޑި ހާސިލްކުރުމުގައި ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުން ގުޅިފައިވަނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

މަޖިލީހުގެ 20 މެންބަރުންގެ ގަޔަށް ބަޑި ޖަހާ މަރާލިއަސް ސަރުކާރަކަށް ދެނެއް މެޖޯރިޓީއެއް ނުހޯދޭނެ:މަހްލޫފް

14 އޯގަސްޓު 2017
މަޖިލީހުގެ 20 މެންބަރުންގެ ގަޔަށް ބަޑި ޖަހާ މަރާލިއަސް ސަރުކާރަކަށް ދެނެއް މެޖޯރިޓީއެއް ނުހޯދޭނެ:މަހްލޫފް
25 ޖުލައި 2017

ސުޕްރީމް ކޯޓު ކައިރިން މީހެއްގެ ގަޔަށް ވަޅިހަރައިފި

25 ޖުލައި 2017
ސުޕްރީމް ކޯޓު ކައިރިން މީހެއްގެ ގަޔަށް ވަޅިހަރައިފި
19 ޖުލައި 2017

ދެ މީހެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފި

19 ޖުލައި 2017
ދެ މީހެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފި
11 ޖުލައި 2017

ރައްޔިތުންނަށް ކެންސަރު ފަދަ ބަލިތައް ޖެހެނީ ކޮރޮޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުން: ސިޔާމް

11 ޖުލައި 2017
ރައްޔިތުންނަށް ކެންސަރު ފަދަ ބަލިތައް ޖެހެނީ ކޮރޮޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުން: ސިޔާމް
25 ޖޫން 2017

ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

25 ޖޫން 2017
ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު