Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިޔަން އޯޝަން އައިލެންޑް ގޭމްސް

ހޭންޑްބޯލް: އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރު، އައިއޯއައިޖީ އަށް ތައްޔާރު!

ޒުވާން ޓީމްތަކުން މެޑަލް ހޯދައިފި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 17 އޯގަސްޓު 2023 | ބުރާސްފަތި 09:11
ހޭންޑްބޯޅަ މުބާރާތެއްގައި ރާއްޖެ ވާދަކުރަނީ

ހޭންޑްބޯޅަ މުބާރާތެއްގައި ރާއްޖެ ވާދަކުރަނީ

ރާއްޖޭގައި އެންމެ ފަހުން ވުޖޫދުވެ, އެންމެ ބާރަށް ކުރިއެރި އެސޯސިއޭޝަނަކީ އަދި ކުޅިވަރަކީ ކޮބައިތޯ ކުރެވޭ ސުވާލަށް ޖަވާބުދޭން ފަސޭހައެވެ. އެއީ ހޭންޑްބޯޅަ އެސޯސިއޭޝަން ކަމާމެދު ދެބަސްވުން މަދެވެ. 2014 ވަނަ އަހަރު އެސޯސިއޭޝަނެއްގެ ސިފައިގައި ހިނގައިގަނެ، މިވީ ކުރު މުއްދަތަށް ބަލާއިރު ހޭންޑްބޯޅަ އިން ވަނީ ފާހަގަކޮށްލެވޭ ގިނަ ކުރިއެރުންތަކެއް ހޯދައިފައެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ފާހަގަކުރައްވާ ގޮތުގައި މި ވަގުތު އޮތް ލީޑަޝިޕްގެ އަމާޒަކީ ލިބިފައިވާ ތަޖުރިބާތަކުގެ މަތީގައި ފިޔަވަޅު ސާބިތުކޮށް ކުރިއަށް އަމާޒުހިފުމެވެ. އެގޮތުން، އެންމެ ބޮޑު އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެސޯސިއޭޝަންގެ އަމާޒު ހުރީ މި މަހު، 25ން އަންނަ މަހު ހަތަރަކަށް މަޑަގަސްކަރާގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. އެ ގޭމްސްއަށް އަންހެން އަދި ފިިރިހެން ޤައުމީ ޓީމު ތައްޔާރުކުރުމުގައިވެސް ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ރަނގަޅު, އުއްމީދީ މަސައްކަތަކެއް ކޮށްފައެވެ. އެ ގޮތުން، ޒުވާން ގައުމީ ޓިމުތަކުން ފާހަގަކުރެވުނު ކުޅުންތެރިން ސިނިއާ ޓީމާ ހަމައަށް ގެންގޮސް, ފުރިހަމަ ޓީމެއް އެކުލަވާލުމުގައި ކާމިޔާބީތަކާއެކު ނަތީޖާތަކެއް ނެރުނެވެ.

ރަނގަޅު ފެންވަރުގެ އައުޓް ޑޯ ކޯޓެއް ލިބިފައި އޮތުމަކީ ރާއްޖޭގެ އެހެން ކުޅިވަރު އެސޯސިއޭޝަންތަކާ އަޅާކިޔާއިރު، ހޭންްޑްބޯޅަ އަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި އަޅާފައިވާ ފުޓްސަލް ދަނޑުތަކުގައި ހޭންޑްބޯޅަ މުބާރާތްތައް ކުރިއަށްދަން ލިބިފައިވާ ފުރުޞަތާއެކު އެހިތްހަމަޖެހުން ބޮޑުވެއެވެ. މި ސަރުކާރުން ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުމަށް ކުރައްވާ މަސައްކަތުގައިވެސް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ އެއް ކުޅިވަރެއްގެ ގޮތުގައި އޮތީ ހޭންްޑް ބޯޅަ އެވެ. ރާއްޖޭގެ އެކި ރަށްރަށުން ހޭންޑްބޯޅަ އަށް އަމާޒުކޮށް ކުރާ މަސައްކަތާއި ހޭންޑްބޯޅަ ކުޅެން ވަސީލަތްތައް ގާއިމްކުރަން ހުށަހަޅާ މިންވަރު އިތުރުކަން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

މި ވަގުތަށް ބަލާއިރު، ރާއްޖޭގައި ދެ ޖިންސުގެ މެދުގައި ކުޅެވޭ ކުޅިވަރުތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ފެންނަ އެއް ކުޅިވަރަކީ ހޭންޑްބޯޅަ އެވެ. އޭގެ ހެއްކަކީ ހޭންޑްބޯޅަ އެސޯސިއޭޝަނުން ރާވާ ހިންގާ މުބާރާތްތަކުގައި ބައިވެރިވެ ވާދަކުރާ ނިސްބަތެވެ. ޓީމްތައް އިތުރުވުމެވެ. އަތޮޅުތަކުގެ ރަށްރަށުގެ ޓީމްތަކުންވެސް އަންނަނީ މާލޭގައި އޮންނަ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. އަދި ރަނގަޅު ވާދައެއްވެސް ކުރެއެވެ. އިންޓަ ސްކޫލް ލެވަލްއަށް ބަލާއިރުވެސް ރަށްރަށުގެ ޓީމުތަކުން ކުރާ މަސައްކަތްތައް ފާހަގަކުރެވެއެވެ. ހޭންޑްބޯޅަ މުބާރާތްތަކުގެ ފެންވަރު ރަނގަޅުވަމުން އަންނަ އައުމުގެ ނަތީޖާއަކީ ގައުމީ ޓީމުތަކަށް ހުނަރު އިތުރުވުމެވެ.

އޭގެ އެންމެ ރަނގަޅު ހެތްކަކީ، މި އަހަރު ކުރިއަށްދިޔަ އައިއެޗްއެފް ޓްރޮފީ މުބާރާތުގަައި ރާއްޖޭގެ 17 އަހަރާއި 19 އަހަރުން ދަށުގެ އަންހެން ޓީމުން ލޯ މެޑަލް ހޯދުމެވެ. ނިސްބަތުން ބަލާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ކުރެވުނު މަސައްކަތުން ހޭންޑްބޯޅަ އިން ވަނީ މެޑައްޔަކާ ހަމައަށް ދަތުރުކޮށްފައެވެ. އެކަމަކު، އެ ހިސާބުން މަޑުޖެހުނީ ނޫން ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ. ދެން މަސައްކަތް ފަށަނީ، އަހަރުތަކަކަށް ދެމިގެންދާ ގޮތަށް އޮތް ޕްލޭނެއްގެ ތެރެއިން ވަރުގަދަ ގައުމީ ޓީމެއް ބިނާ ކުރުމުގެ މަސައްކަތްކަން އެސޯސިއޭޝަނުން ފާހަގަކުރެއެވެ. އެ ގޮތުން، އުމުރުފުރާ ގައުމީ ޓީމުތަކުގެ ޕްރެކްޓިސްތަކެއް ގަވާއިދުން ރާވައި، އޭގެ ތެރެއިން ގައުމީ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ހޭންްޑްބޯޅަ އިން ވަނީ ފަށާފައެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ހޭންޑްބޯޅައިގެ އެންމެ ފުރަތަމަ އަމާޒު ހުއްޓިފައި ވަނީ ކުރިއަށް އޮތް އައިއޯއައިޖީ އަށެވެ. ގޭމްސްއެއްގައި އެންމެ ފަހުން ހޭންޑްބޯޅަ ޓީމުން ވާދަކޮށްފައިވަނީ 2019 ވަނަ އަހަރު ނޭޕާލްގެ ޕޮކާރާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގަ އެވެ. އޭގެ ތިން އަހަރު ފަހުން، މި ފަހަރުގެ އައިއޯއައިޖީ އަށް ނުކުންނައިރު، ހޭންޑްބޯލް ޓީމު މިހާރު އޮތީ ކުރިއަށް ވުރެން މާ ބޮޑަށް ވެސް ތައްޔާރަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުކުމްތައް ކުރީ ބުނިގޮތަށޯ! ދެން ބާރަށް އަތްޖަހާ.

ހުކުމްތައް ކުރީ ބުނިގޮތަށޯ! ދެން ބާރަށް އަތްޖަހާ.

03 މެއި 2018
ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް

ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް

22 އެޕްރީލު 2018
ފޮށާ އަންނަނީ ރީއްޗަކަށް ނޫން. ބަރަހަނާ ފޮރުވަން

ފޮށާ އަންނަނީ ރީއްޗަކަށް ނޫން. ބަރަހަނާ ފޮރުވަން

19 ފެބުރުއަރީ 2018
"ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ، ފަހަތުން މަގޭ އަންނަހެން ހީވެޔޭ، އެހަނދާނުގައި މޭ ތެޅޭ ގޮތް ވެއޭ"

"ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ، ފަހަތުން މަގޭ އަންނަހެން ހީވެޔޭ، އެހަނދާނުގައި މޭ ތެޅޭ ގޮތް ވެއޭ"

26 ޖެނުއަރީ 2018
އީޕީއެސްގެ އިސް ދަރިވަރެއްތަ؟ ބޮޑު ދުވަހެއް އަންނަނީ!

އީޕީއެސްގެ އިސް ދަރިވަރެއްތަ؟ ބޮޑު ދުވަހެއް އަންނަނީ!

22 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު