Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަކުއާ ވުމަން

'އަކުއާ ވުމަން': އަސްލުގައިވެސް މިއީ ހަމަ ކަނޑުގެ ދަރިއެއް

ހަމާމާ މިއަދު އަމާޒު ހިފައިގެން ހުރީ ކުޅިވަރުގެ މައިދާނުގެ ތަމްރީނުތަކުގައި އަންހެނުންނާއި އަންހެން ކުދިންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 އޯގަސްޓު 2023 | ހޮނިހިރު 03:49
ހަމާމާގެ ހިތުގައި ރާޅާއެޅުމަށް ލޯބި ޖެހެން ފެށީ އޭނާގެ އުމުރުން ވަރަށް ޅައިރު

ހަމާމާގެ ހިތުގައި ރާޅާއެޅުމަށް ލޯބި ޖެހެން ފެށީ އޭނާގެ އުމުރުން ވަރަށް ޅައިރު

މެޑިޓަރޭނިއަން ކަނޑަށް ހުޅުވިފައި އޮތެއްކަމަކު އެ ބިމުގައި ވަޒަންވެރިވެފައިވާ އަރަބި އާބާދީގެ ތެރެއިން، މޫދަށް ގޮސް އުޅެނީ މަދު ބައެކެވެ. މި ދައްކަނީ އިޒްރޭލުގެ އަރަބި އާބާދީގެ އަހުލުވެރިންގެ ވާހަކައެވެ. ޒަމާނުއްސުރެ އެމީހުންނަކީ މޫދަށް ގޮސް، ރާޅާއެޅުން ފަދަ ކަންކަމާ ދުރު ބައެކެވެ.

ނަމަވެސް ފަހަކަށް އައިސް، އެ އާދައަށް ބަދަލުތަކެއް ވަނީ އަންނަން ފަށާފައެވެ. މަޑު ދުވެއްޔެއްގައި ނަމަވެސް، ރާޅާއެޅުން ފަދަ ހަރަކާތްތަކުގައި މަޝްޣޫލުވެއުޅޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ގިނަ ބަޔަކު އިއްތިފާގުވާގޮތުގައި އެކަމުގެ ޝުކުރު ހައްގުވަނީ ހަމާމާ ގުރުބާނަށެވެ.

'އަކުއާ ވުމަން'ގެ ވަނަމުން މަޝްހޫރުކަން ހޯދާފައިވާ ހަމާމާ ނިސްބަތްވަނީ ފަލަސްތީނު ދަރިކޮޅަށެވެ. ހަމާމާއަކީ އެ ސަރަހައްދުގައި ސަރފްކޮށް އުޅޭ މަދު އަންހެނުންގެ ތެރޭގައި ގުނާލެވޭ މީހެކެވެ. މޫދަށް އެރިއުޅޭ މިހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ ކޮނޑުއަޅައިގެން އިން ލައިފްގާޑެކެވެ. މަސްވެރިއެކެވެ. ހަމާމާގެ ވާހަކަ މިވަރުން އަދި ނިންމާލެވޭކަށް ނެތެވެ. މިއަދު ހަމާމާއަކީ އަންހެނުންނާއި ކުޑަކުދިންނަށް ރާޅާ އެޅުމުގެ ހުނަރުތައް ދަސްކޮށްދޭ އިންސްޓްރަކްޓަރެއްވެސް މެއެވެ.

ހަމާމާގެ ހިތުގައި ރާޅާ އެޅުމަށް ލޯބި ޖެހެންފެށީ އޭނާގެ އުމުރުން ވަރަށް ޅައިރުއެވެ. އޭނާ ދިރިއުޅެމުން ދިޔައީ ހިތްގައިމު ގޮނޑުދޮށްތަކަށް މަޝްހޫރު ވެފައިވާ ޖިސްރު އައްޒަރުގާ ސިޓީގައެވެ.

އެޅި ފުރަތަމަ ރާޅާއެކު އެ ރާޅުގަނޑުގެ ތެރެއަށް އޭނާގެ ހިތު ލޯބި ގެނބިގެން ދިޔައެވެ. އޭނާފަދަ އެހެން މީހުންނަށް އެ ހުނަރު ދަސްކޮށްދިނުމަށް ގަސްތުކޮށް، އެ މަސައްކަތް ފެށީއެވެ. ހަމާމާ ބުނާގޮތުން ވިއްޔާ، ކަނޑައަކީ އޭނާގެ މުޅި ދިރިއުޅުމެވެ.

އިޒްރޭލުގައި ދިރިއުޅޭ ގިނަ އަރަބިންނަކީ ފަލަސްތީނު ދަރިކޮޅުގެ މީހުންނެވެ. އެއީ 1948 ވަނަ އަހަރު، ހަނގުރާމައަށްފަހު ފަލަސްތީނުގެ ބިމަށް އިޒްރޭލުން ވެރިވެގަތް ފަހުންވެސް އެ ބިމުގައި މަޑު ކުރި ފަލަސްތީނު އާއިލާތަކެވެ.

އިޒްރޭލުގައި ތިބި ފަލަސްތީނު މީހުންނަށް، އެނޫން މީހުންނެކޭ އެއްހަމައިން ހައްގުތައް ކަށަވަރުކޮށްދޭ ކަމަށް އިޒްރޭލުން ބުނިނަމަވެސް، ގިނަ ބައެއްގެ ފަރާތުން އިވެނީ ތަފާތު އަޑެކެވެ. ނިޒާމުގެ ތެރެއިން ތަފާތުކުރުންތައް ގެންގުޅޭ ވާހަކައެވެ. ފަލަސްތީނު ދަރިކޮޅުގެ މީހުންނާމެދު ހަރުކަށި ސިޔާސަތުތަކެއް ތަންފީޒުކުރާ ކަމުގެ ޝަކުވާގެ އަޑެވެ.

ހަމާމާއަކީ އިޒްރޭލުގައި ހިންގާ ސަރފް ކުލަބެއް ކަމަށް ވާ 'ސަރފިންގް ފޮރ ޕީސް'ގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުރި މީހާއެވެ.

ހަމާމާ މިއަދު އަމާޒު ހިފައިގެން ހުރީ ކުޅިވަރުގެ މައިދާނުގެ ތަމްރީނުތަކުގައި އަންހެނުންނާއި އަންހެން ކުދިންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަށެވެ. މިދިޔަ އަހަރުތަކަށް ބަލާއިރު، މޫދަށް ގެނބިގެން ފުރާނަ ގެއްލުމުގެ ހިތާމަވެރި ހާދިސާތައް ތަކުރާރުވެފައި ވާއިރު، ކަނޑުމަތީގެ ސަލާމަތްތެރިކަމާއި މޫދަށް އެރި އުޅުމުގައި ރައްކާތެރިވާނެ ގޮތްތައް ދަސްކޮށްދީ، އެކަންކަމަށް މީހުން ހޭލުންތެރި ކުރުވުމަކީވެސް ހަމާމާ އުފުލަމުންދާ ބުރަ ޒިންމާއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތްހަމަ ނުޖެހިގެން ޕްރީތަމް" ރާބްތާ" ދޫކޮށްލައިފި

ހިތްހަމަ ނުޖެހިގެން ޕްރީތަމް" ރާބްތާ" ދޫކޮށްލައިފި

17 މެއި 2017
ބިޔޯންސޭ ހިތްހަމަ ޖެހޭ ގެއެއް ނުލިބުނު!

ބިޔޯންސޭ ހިތްހަމަ ޖެހޭ ގެއެއް ނުލިބުނު!

01 މެއި 2017
ބެއިޖިން އިންޓަނޭޝަން ފިލްމު ފެސްޓިވަލްގައި "ޑަންގަލް"  ދައްކާލަން ހަމަޖެހިއްޖެ

ބެއިޖިން އިންޓަނޭޝަން ފިލްމު ފެސްޓިވަލްގައި "ޑަންގަލް"  ދައްކާލަން ހަމަޖެހިއްޖެ

19 އެޕްރީލު 2017
ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ

ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ

22 މާރިޗު 2017
ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު