Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ހިލާލް

ބޯނޯ އާއެކު އަލް ހިލާލަށް އެއްބަސްވުމަކަށް އާދެވިއްޖެ

އަލް ހިލާލުން ބޯނޯ އަށް ހުށަހަޅަނީ 19 މިލިއަން ޔޫރޯގެ މުސާރައެއް، އިތުރު އިނާޔަތްތަކާއެކު އެ އަދަދު 21 މިލިއަނަށް އަރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޯގަސްޓު 2023 | ބުރާސްފަތި 02:54
ސެވިއްޔާ އަށް ކުޅެމުން އަންނަ މޮރޮކޯގެ ގޯލްކީޕަރު ޔަސިން ބޯނޯ

ސެވިއްޔާ އަށް ކުޅެމުން އަންނަ މޮރޮކޯގެ ގޯލްކީޕަރު ޔަސިން ބޯނޯ

ސެވިއްޔާ އަށް ކުޅެމުން އަންނަ މޮރޯކޯގެ ގޯލް ކީޕަރު ޔަސިން ބޯނޯ އާއެކު ސައުދީ ޕްރޯ ލީގުގެ އަލް ހިލާލަށް އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބޯނޯ އާއެކު އަލް ހިލާލުން ކުރިއަށް ގެންދިޔަ ގިނަ މަޝްވަރާތަކަށްފަހު، ކުޅުންތެރިޔާގެ ފަރާތުން އެކަމަށް އެއްބަސްވެފައިވެއެވެ. އަލް ހިލާލުން ބޯނޯ އަށް ހުށަހަޅަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެއީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކުލަބަށް ކުޅުމަށެވެ. އަލް ހިލާލުން ބޯނޯ އަށް ހުށަހަޅަނީ 19 މިލިއަން ޔޫރޯގެ މުސާރައެކެވެ. ނަމަވެސް އެހެނިހެން އިނާޔަތްތަކާއެކު އެ އަދަދު 21 މިލިއަން ޔޫރޯ އަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސެވިއްޔާ އާއެކު ބޯނޯ ސޮއިކޮށްފައިވާ ހަތަރު އަހަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އޭގެ ކުރިން ވެސް ކުލަބު ދޫކޮށްލުމަށް ކުޅުންތެރިޔާ ބޭނުންވާނަމަ، ސެވިއްޔާ އިން އޮތީ ރަނގަޅު އަގެއްގައި ބޯނޯ ދޫކޮށްލަން ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބޯނޯ ހޯދުމަށް އަލް ހިލާލްގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކުން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފަހު ވަގުތު އެ ޑީލުން ބަޔާން ބޭރުވީ، ބޯނޯ ހޯދުމަށް އަލް ހިލާލުން ކުރާ ބިޑާ އެ ކުލަބަށް ވާދަނުކުރެވޭތީ އެވެ.

އުމުރުން 32 އަހަރުގެ ކީޕަރު ވިދާލީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުންނެވެ. މޮރޮކޯ އިން މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދިޔައިރު، ބޯނޯ ވަނީ އެ ޓީމުގެ ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ބޯނޯ ވަނީ ސްޕެއިންގެ ދެ ޕެނަލްޓީ ހުއްޓުވައި، ސްޕެއިން މުބާރާތުން ކަޓުވާލައިފަ އެވެ. އޭގެ ފަހުން ކުއާޓާ ފައިނަލްގައި ޕޯޗުގަލާ ދެކޮޅަށް ވެސް ބޯނޯ ވަނީ މޮޅަށް ކުޅެފަ އެވެ. ބޯނޯ ވަނީ މިހާތަނަށް 142 މެޗުގައި ސެވިއްޔާގެ ގޯލު އިތުބާރާއެކު ބަލަހައްޓައިފަ އެވެ. ޤައުމީ ޓީމުގެ ގޯލު އޭނާ ވަނީ 54 މެޗުގައި ބަލަހައްޓައިފަ އެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު