Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ފުޓްބޯޅަ

ރާއްޖެ މެޗަށް ތައްޔާރުވާން ބަންގްލަދޭޝް އަފްޣާނިސްތާނާ ދެކޮޅަށް

ރާއްޖެ ތައްޔާރުވާން ފަށާނެ ދުވަހެއް އަދި ފައިނަލް ނުކުރޭ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 05:03
ބަންގްލަދޭޝް އާއި ރާއްޖެ ސާފް ޗެމްޕިއަންޝިޕް 2023ގައި ކުޅުނު މެޗުގެ ތެރެއިން

ބަންގްލަދޭޝް އާއި ރާއްޖެ ސާފް ޗެމްޕިއަންޝިޕް 2023ގައި ކުޅުނު މެޗުގެ ތެރެއިން

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅެންޖެހޭ މެޗަށް ތައްޔާރުވާން ބަންގްލަދޭޝްއިން އަފްޣާނިސްތާނާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅެން ނިންމައިފި އެވެ.

ކޯޗު ހާވިއާ ފެނާންޑޭޒް ކަބަރޭރާ ވަނީ މަހެއްހާ ދުވަހުގެ ޗުއްޓީއަކަށް ފަހު ރާއްޖެ މެޗާއި އޭޝިއަންކަޕުގައި ކުޅެން ބަނގްލަދޭޝް ޓީމު އެކުލަވާލުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. މި ގޮތުން އޭނާ ބުނީ އެންމެ ފުރަތަމަ ކުރަން ފަށާފައިވަނީ ކަރުދާހުގައި ކުރަންޖެހޭ ކަންކަމާއި އަފްޣާނިސްތާނުގެ މެޗުތައް ދިރާސާ ކުރުން ކަމަށެވެ.

ރާއްޖެ އާއި ބަންގަލްދޭޝް ކޮލިފައިންގައި ކުޅެންޖެހޭ ފުރަތަމަ މެޗު އޮންނާނީ އޮކްޓޫބަރު 12 ވަނަ ދުވަހު ގަލޮޅު ދަނޑުގަ އެވެ. ދެ ވަނަ މެޗު ހަފްތާއެއް ފަހުން ބަންގަލްދޭޝްގަ އެވެ. މި ދެ މެޗުގެ ކުރިން އަފްޣާނިސްތާނާ ދެކޮޅަށް ބަންގްލަދޭޝް ކުޅޭނީ އަންނަ މަހުގެ ހަތަރަކާއި ހަތެއްގަ އެވެ.

އޭނާ އަދި ބުނީ ރާއްޖެ އާއި ބޫޓާން ބަލިކޮށް، ލެބަނަން އާއި ކުވޭތު އަތުން ސާފް ޗެމްޕިއަންޝިޕުގައި ބަލިވި ނަމަވެސް ބަންގްލަދޭޝް ޓީމު އެ މުބާރާތުގައި މޮޅަށް ކުޅުނު ކަމަށެވެ. މިހެންވެ އިތުރަށް ޓީމު ވަރުގަދަ ކުރުމަށް ފީފާއިން ކަނޑައަޅާ ދުވަސްތަކުގައި އެކުވެރިކަމުގެ މެޗުތަކާއި ލިބޭ މުބާރާތްތަކުގައި ރަނގަޅު މެޗުތަކެއް ކުޅެންޖެހޭ ކަމަށެވެ.

ބަންގްލްދޭޝް އަތުން ރާއްޖެ ވަނީ 20 އަހަރަށް ފަހު ސާފް ޗެމްޕިއަންޝިޕުގައި މިދިޔަ ޖުލައި މަހު ބަލިވެފަ އެވެ. އަދި އެ މުބާރާތުގެ ސެމީ ފައިނަލަށް ނުގޮސް ރާއްޖެ ކެޓި ފުރަތަމަ ފަހަރަކީ ވެސް މިއެވެ. މިއާއެކު ދިވެހި ފުޓްބޯޅަ އާއި އެފްއޭއެމަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ވޯލްޑްކަޕް ކޮލިފައިންއަށް ރާއްޖެ އަދި ތައްޔާރުވާން ނުފަށަ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު