Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިމެރިކް ލަޕޯޓް

ސައުދީގެ އަލް-ނަސްރަށް ލަޕޯޓް ވިއްކާލަން މެންޗެސްޓަރ ސިޓީން އެއްބަސްވެއްޖެ

އެތުލެޓިކް ބިލްބާއޯ އިން ލަޕޯޓް ސިޓީއަށް ބަދަލުވީ 2018 ވަނަ އަހަރު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 16 އޯގަސްޓު 2023 | ބުދަ 10:48
އައިމެރިކް ލަޕޯޓް

އައިމެރިކް ލަޕޯޓް

ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް-ނަސްރަށް އައިމެރިކް ލަޕޯޓް ވިއްކާލަން މެންޗެސްޓަރ ސިޓީން އެއްބަސްވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ލަޕޯޓް ވަނީ 2021-2022 ވަނަ ސީޒަނުގައި ސިޓީގައި 43 މެޗު ފަށާފައެވެ. ނަމަވެސް މިދިޔަ ސީޒަނުގެ ގިނަ މެޗުތަކުގައި ގާޑިއޯލާ ބޭނުންކޮށްފައިވަނީ މެނުއެލް އަކަންޖީ އާއި ނަތަން އަކޭ އެވެ. މި ހޫނުމޫސުމިގައި 77 މިލިއަން ޕައުންޑަށް ސިޓީއަށް ކްރޮއޭޝިއާގެ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް ގެނައުމާއެކު ލަޕޯޓްއަށް ފުރުސަތު އިތުރަށް ކުޑަވާނެއެވެ. ޖޯން ސްޓޯންސް އާއި ރުބެން ޑިއާސްގެ ފަހަތުން ލަޕޯޓް ވެގެންދާނީ ހަވަނަ ޗޮއިސް ސެންޓަ ބެކަށެވެ.

އެތުލެޓިކް ބިލްބާއޯ އިން ލަޕޯޓް ސިޓީއަށް ބަދަލުވީ 2018 ވަނަ އަހަރު، ކުލަބް ރެކޯޑް އަދަދެއް ކަމަށްވާ 57 މިލިއަން ޕައުންޑަށެވެ. 2021 ވަނަ އަހަރު އޭނާ ވަނީ ގައުމީ ޓީމު ފްރާންސް އިން ސްޕެއިންއަށް ބަދަލުކޮށްފައެވެ. އޭނާ ވަނީ 2018-2019 ވަނަ ސީޒަނުގައި 51 މެޗު އަދި 2021-2022 ވަނަ ސީޒަނުގައި 44 މެޗު ސިޓީއަށް ކުޅެދީފައެވެ. އޭނާގެ އެހީތެރިކަމާއެކު ސިޓީއިން ވަނީ ވޭތުވެދިޔަ ހަ ސީޒަނުގެ ތެރޭގައި ފަސް ފަހަރު ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ.

ލަޕޯޓް ވަނީ ސިޓީއަށް ޖުމްލަ 180 މެޗު ކުޅެދީ 12 ލަނޑު ޖަހައިދީފައެވެ. މީގެއިތުރުން ސްޕެއިންއަށް 22 މެޗު ކުޅެދީ، މިދިޔަ ޖޫން މަހު ނޭޝަންސް ލީގު ކާމިޔާބުކުރުމަށް އެހީތެރިވެދީފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހު އަލް-ނަސްރަށް ރޮނާލްޑޯ ބަދަލުވިފަހުން، މާސެލޯ ބްރޮޒޮވިޗް އާއި އެލެކްސް ޓެލެސްގެ އިތުރުން ސަޑިއޯ މާނޭ ވަނީ އެ ޓީމަށް ސޮއިކޮށްފައެވެ.

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

މެސީ އަދި އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް ބާސާ އިން ދޮގުކޮށްފި

29 އޯގަސްޓު 2017
މެސީ އަދި އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް ބާސާ އިން ދޮގުކޮށްފި
08 އޯގަސްޓު 2017

ކުޓީނިއޯ ވިއްކާލަން ލިވަޕޫލް އިން އަދިވެސް އެއްބަހެއް ނުވޭ!

08 އޯގަސްޓު 2017
ކުޓީނިއޯ ވިއްކާލަން ލިވަޕޫލް އިން އަދިވެސް އެއްބަހެއް ނުވޭ!
22 ޖުލައި 2017

މިދިޔަ ޖެނުއަރީގައި ކޯސްޓާ ވިއްކާލަން ނިންމިން: ކޮންޓޭ

22 ޖުލައި 2017
މިދިޔަ ޖެނުއަރީގައި ކޯސްޓާ ވިއްކާލަން ނިންމިން: ކޮންޓޭ
11 ޖުލައި 2017

އާސެނަލް އިން ސަންޗޭޒް ވިއްކާލަން ނޫޅޭ: ވެންގާ

11 ޖުލައި 2017
އާސެނަލް އިން ސަންޗޭޒް ވިއްކާލަން ނޫޅޭ: ވެންގާ
10 ޖުލައި 2017

ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް

10 ޖުލައި 2017
ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް
27 މެއި 2017

ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!

27 މެއި 2017
ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!
23 މެއި 2017

މެންޗެސްޓަރ ޔުނައިޓުން ފެނުމަކީ އެކަށީގެންވާ ކަމެއް: ގްރީޒްމަން

23 މެއި 2017
މެންޗެސްޓަރ ޔުނައިޓުން ފެނުމަކީ އެކަށީގެންވާ ކަމެއް: ގްރީޒްމަން
26 އެޕްރީލު 2017

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު