Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިއެގޯ ކޯސްޓާ

މިދިޔަ ޖެނުއަރީގައި ކޯސްޓާ ވިއްކާލަން ނިންމިން: ކޮންޓޭ

ކޯސްޓާގެ ހާލަތު ވަރަށް ސާފު. އެކަން ކްލަބް، ކޯސްޓާ އަދި ކޯސްޓާގެ އެޖެންޓަށްވެސް އެނގޭނެ

ލީވާން އަލީ
ލީވާން އަލީ | 22 ޖުލައި 2017 | ހޮނިހިރު 02:43
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ (ކ) އަދި ފޯވާޑް ޑިއެގޯ ކޯސްޓާ (ވ)

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ (ކ) އަދި ފޯވާޑް ޑިއެގޯ ކޯސްޓާ (ވ)

މިދިޔަ ޖެނުއަރީގައި ސްޕެއިންގެ ފޯވާޑް ޑިއެގޯ ކޯސްޓާ ވިއްކާލަން ނިންމިކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ހޮނިހިރު ދުވަހު އާސެނަލްއާ ދެކޮޅަށް ޗެލްސީ ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޮންޓޭ ބުނީ ޓީމާއެކު މިވަގުތު ނެތް ކުޅުންތެރިންގެ ވާހަކަ ދައްކަން އޭނާ ބޭނުންނުވާ ކަމަށާއި، އެހެންނަމަވެސް ކޯސްޓާ ވިއްކާލަން މިދިޔަ ޖެނުއަރީ މަހު އޭނާ ހުއްދަ ދިންކަމަށެވެ.

ކޮންޓޭ ބުނީ ކޯސްޓާގެ ހާލަތު ވަރަށް ސާފު ކަމަށާއި، އެކަން ކްލަބް، ކޯސްޓާ އަދި ކޯސްޓާގެ އެޖެންޓަށްވެސް އެނގޭނެ ކަމަށެވެ. ޖެނުއަރީ ޓްރާންސްފާގައި ކޯސްޓާ ހޯދުމަށް ޗައިނާ ކްލަބްތަކުގެ އިތުރުން އެޓްލެޓިކޯ މެޑްރިޑުން ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ކޯސްޓާ ނިންމީ ކްލަބުގައި މަޑުކުރާށެވެ.

ޗެލްސީން ކުރިޔަށް ގެންދާ ފަރިތަކުރުންތަކުގައި ކޯސްޓާ ބައިވެރިނުވާއިރު، ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ސީޒަނަށް ކޯސްޓާ ޗެލްސީ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާނެއެވެ. އެގޮތުން އޭނާ އަންނަނީ ކްލަބްތަކާ މަޝްވަރާ ކުރަމުން ކަމަށާއި، ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ކްލަބަކަށް ބަދަލުވާންވެސް ކޯސްޓާ ހުރީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެއެވެ

އެހެންނަމަވެސް ދަ ސަން އިން ބުނީ ކޯސްޓާ ކްލަބުގައި މަޑުކުރުވުމުގެ ގޮތުން ޗެލްސީން އޭނާއާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށާއި، ވަރަށް އަވަހަށް ކޯސްޓާގެ އެއްބަސްވުމާ މެދު ގޮތެއް ނިމިގެންދާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރިޔަށް އޮތް ސީޒަނުގައި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންގުޅޭ ގޭމް ޕްލޭނަށް ކޯސްޓާ ނުފެތެއެވެ. އެގޮތުން ކޮންޓޭ ވަނީ ކޯސްޓާ ދޫކޮށްލަން ނިންމާފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކޯސްޓާ ހޯދުމަށް އޭނާގެ ކުރީގެ ކްލަބް އެޓްލެޓިކޯ މެޑްރިޑުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެޓްލެޓިކޯއާ ބެހޭ ގޮތުން ދާދިފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯސްޓާ ބުނީ ވަރަށް ގިނަ ކަންތަކާ ވިސްނަންޖެހޭ ކަމަށާއި، އެޓްލެޓިކޯއަށް ބަދަލުވެވިއްޖެ ނަމަވެސް އޭނާ އުފާވާނެ ކަމަށެވެ.

އެޓްލެޓިކޯ މެޑްރިޑް ދޫކޮށްލުމަށްފަހު 2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކޯސްޓާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 119 މެޗުގައި 58 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ޕްރިމިއާ ލީގު ދެފަހަރު އަދި ލީގް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި

26 އެޕްރީލު 2017
ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
01 އެޕްރީލު 2017

މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ

01 އެޕްރީލު 2017
މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ
08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު