Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގޯތީގެ ލިބުނު މީހެއްގެ ޝުއޫރު

ގޯތި ލިބުނު މީހެއްގެ ޝުއޫރު: "އުފަލުން ވާހަކަ ދައްކަންވެސް އުނދަގޫ، ހާލުުގައި އުޅުނު ދުވަސްތައް މާޒީވަނީ"

މާލޭ ރައްޔިތުންނަށް ގޯތި ދެނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ގިރާވަރު ފަޅުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 އޯގަސްޓު 2023 | އަންގާރަ 14:24
"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންނަށް ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންނަށް ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި

މިއީ "ބިންވެރިޔާ ސްކީމްގެ ދަށުން" ގޯތި ލިބުނު އެތައް ބައެއްގެ ޝުއޫރުތައް ހުރިގޮތެވެ. މާލޭގެ ރަށްވެހިންގެ ތެރެއިން އެތައް ބަޔަކު، މި ފުރަ މާލޭގައި އުޅެމުން އައީ އެއް ގެއެއްގެ ތެރޭގައި ގިނަ އާއިލާތައް ތޮއްޖެހިފައިވާ ހާލުގައެވެ. ނޫނީ އަމިއްލަ ކާބަފައިންގެ ބިމުގައި، އަމިއްލައަށް ދިރިއުޅެލާނެ ތަނެއް ނެތް ހާލުގައެވެ. އަދި ދުވަހެއްގެ ކޮޅުންވެސް އަމިއްލަ ގޯއްޗެއް ލިބިދާނެކަމުގެ އުންމީދެއް ނެތިއެވެ. ހަމައެހެންމެ މާލެއަށް އުފަންވެ މި މާލެއިން ތައުލީމް ހާސިލްކޮށް، މާލޭގައި ދިރިއުޅުން އާރާސްތުކުރި އެތައް ބަޔަކު އަމިއްލަ ގޭގައި ދިރިއުޅެމުން އައީ ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުގެ ފުރަތަމަ ޝަރުތަކީ "ކުލި" ދެއްކުންކަމަށް ދެކިގެންނެވެ. ޚިދުމަތްތަކާއި ފުރުސަތުތައް މަރުކަޒުވެފައި އޮތްގޮތުން، މުސްތަގްބަލަށް ވިސްނާއިރު، މާލޭގައި އުޅުން ނޫން ގޮތެއް ނެތުމުން އެންމެންހެން ތިބީ މަހު ކުއްޔަށް ދިރިއުޅުމަކީ ހައްގު މިންވަރުކަމަށް ގަބޫލުކޮށްގެންނެވެ.

ގަލޮޅު ދަނޑުގައި ގޯތި ލިބޭ މީހުންގެ ގުރުނެގުމަށް ގޮސް ތިބި އެތައް ބައެއްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމުގެ ކުލަވަރުތަކެވެ. އެކި އުމުރުފުރާގެ މީހުންނާއެކު ފުރާލާފައި އޮތް ދަނޑުގައި ތިބީ ހައްތަހާވެސް މުސްތަގުބަލުގެ ބިންވެރިންނެވެ. އެއިން ކޮންމެ މީހަކުވެސް ހުރީ ތިމާގެ ގޯތި ތިމާއަށް ލިބޭނީ ކޮންތާކުން ކޮން އިރަކުތޯ ބަލަން ބޭނުންވެ، އެކަމުގެ އިންތިޒާރުގައެވެ. އާމިނަތު އިނާޔާއަކީ މިފަދަ އާއްމުންގެ ތެރެއިން އެކަކެވެ. މާލެއަށް އުފަން އިނާޔާގެ މަންމަގެ ގޯއްޗެއް އޮތް މީހެކެވެ. އެއްބަނޑު 11 ކުދިން ތިބި އިރު، ގޯއްޗަށް އެދި 7 މީހުން ފޯމުލިއެވެ. އޭނާ ބުނާގޮތުން ﷲގެ ރަހުމަތްފުޅުން ގޯތި ލިބޭނެ މަގެއް ފެނުމަކީ ވަރަށް އުފާވެރިކަމެކެވެ.

ގޯތި ލިބުނު އިތުރު މީހެއް ކަަމަށްވާ ޚަދީޖާ އިދުރީސް ރާއްޖެޓީވީއާ ވާހަކަދައްކަމުން ބުނީ، އޭނާއަކީ މިހާރު މާމަ ކުދިންވެސް ތިބި މީހެއް ކަމަށެވެ. އެހެންކަމަށް ވާއިރު މާލޭގެ ރައްޔިތެއްގެ ހައިސިއްޔަތުން އަމިއްލަ ދަރިންނާއި ދަރީންގެ ދަރިންނަށްވެސް ރަނގަޅު ގޮތެއް ފެނި، އަމިއްލަ ގޯއްޗެއް އޮތުމުގެ އުންމީދު އާވުމަކީ އޭނާފަދަ މީހަކަށް ލިބޭނެ އެންމެ ބޮޑު އުފާކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ބުނީ، މި ބޯހިޔާވަހިކަން ގެނެސްދިނީ މާލޭ މީހަކު ހުރެގެން ނޫންކަން އެއީ މާލެ މީހުންވެސް ހަނދާން ބަހައްޓަންޖެހޭ ކަމެއް ކަމަށެވެ.

ގޯތި ލިބުނު މަރިޔަމް އައްޒަ ބުނީ އޭނާ ހުރީ ގޯތި ލިބުމުން ވަރަށް އުފަލުން ކަމަށެވެ. އަދި އެތަނުގައި ދިރިއުޅުމެއް ފެށުމަށް ވަރަށް "އެކްސައިޓެޑް"ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މަރިޔަމް ވަހީދާ ބުނީ އޭނާ މިހާތަނަށް އުޅެމުން އައީ ވަރަށް ހާލުގައި ކަމަށެވެ. އެހެންކަމުން ގޯތި ލިބި، ގެދޮރު ހެދުމަށްފަހު ގެއަށް ވަދެވޭނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގޯތި ލިބުނު މީހުންގެ ތެރޭގައި އެތައް ޒުވާނުންނެއްވެސް ހިމެނެއެވެ. އޭގެ ތެރެއިން އެކަކީ އާދަމް އިހުސާނެވެ. އިހުސާން ބުނީ ގޯއްޗެއް ލިބުނީ އޭނާ ދަރިންނާއި އަނބިމީހާއާއެކު ވަރަށް ދަތިހާލުގައި އުޅެމުންދަނިކޮށް ކަމަށެވެ. މީގެ ކުރިން ވެރިން ދެއްކީ "ކުލަ ނުޖެހޭ ޚިޔާލީ ވާހަކަތަކެއް" ކަމަށާއި ގޯތި ނުލިބި އޮތް މައްސަލައަށް ހައްލު ހޯއްދަވައިދެއްވި ވެރިޔަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖެ ޓީވީއާ ވާހަކަދެއްކި އިތުރު ބައެއް މީހުން ވެސް ވަނީ ގޯތި ލިބުމުން ހުރި ޝުއޫރުތައް ހިއްސާކޮށްދީފައެވެ.

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންނަށް ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ފެށީ އަންގާރަ ދުވަހުއެވެ. ގަލޮޅު ދަނޑުގައި ގުރުއަތުލުން ފަށާފައި ވަނީ އަންގާރަ ދުވަހު މެންދުރު 12:15ހާއިރެވެ. ޕްލޭނިން މިނިސްޓްރީން ވަނީ ގޯތި ލިބޭ މީހުން ގުރުއަތު ނެގުމަށް ދާންޖެހޭ ގަޑިތައް، ޕޯޓަލް މެދުވެރިކޮށް އެ މީހުންނަށް އަންގާފައެވެ. މިއަދާ މާދަމާ ގުރުއަތު ނެގުން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން ގުރުއަތު ނެގުން ކުރިއަށްގެންދާނީ ހެންވޭރު ދަނޑުގައެވެ. ގުރުއަތު ނެގުމުން، ގޯތި ލިބޭ ތަނާއި ޕްލޮޓް ނަމްބަރު އެނގިގެންދާނެއެވެ. ރައީސް ސާލިހް ވަނީ މިދައުރު ނިމުމުގެ ކުރިން ގޯތިތަކުގެ ރަޖިސްޓްރީ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މާލެ ރައްޔިތުންނަށް ގޯތި ދެނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ގިރާވަރު ފަޅުންނެވެ. "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަވާ 18،955 މީހުންގެ ނަން ދާއިމީ ލިސްޓުގައި ވަނީ ހިމަނާފައެވެ.

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2017

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!
02 އޮކްޓޯބަރު 2017

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

02 އޮކްޓޯބަރު 2017
މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟
31 އޯގަސްޓު 2017

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

31 އޯގަސްޓު 2017
އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟
08 އޯގަސްޓު 2017

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!
06 އޯގަސްޓު 2017

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު