Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހައްޖު އަދި އުމްރާ

ހައްޖު އަދި އުމްރާވެރިންނަށް އެހީވުމަށް މަސްޖިދުއް ހަރަމް އަދި މަސްޖިދުއް ނަބަވީގައި އޭއައި ރޮބޮޓްތަކެއް ބަހައްޓައިފި

ރޮބޮޓްގެ ކުރިމަތީގައި އަދި ތިރީގައި އެކުލެވިގެންވާ ހައިރިޒޮލިއުޝަން ކެމެރާގެ އެހީގައި ވަށައިގެންވާ ތަންތަން ދެނެގަނެ އަދި ރައްކާތެރިކަމާއެކު އެއްތަނުން އަނެއްތަނަށް ބަދަލުވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 15 އޯގަސްޓު 2023 | އަންގާރަ 08:13
އޭ އައި ރޮބޮޓްތަކުގެ ބޭނުން ކުރަނީ

އޭ އައި ރޮބޮޓްތަކުގެ ބޭނުން ކުރަނީ

ހައްޖު އަދި އުމްރާގެ އަޅުކަން އަދާކުރުމުގައި ރުކުންތައް ވަކިވަކިން ފުރިހަމަ ކުރުމަށް އެހީވުމަށް މަސްޖިދުލް ހަރަމް އަދި މަސްޖިދުއް ނަބަވީގައި "އޭއައި" ރޮބޮޓްތަކެއް ބަހައްޓައިފިއެވެ. މާތްވެގެންވާ އެންމެބޮޑު ދެމިސްކިތް ކޮޅުގެ އެކިތަންތަނުގައި ބަހައްޓާފައިވާ މި ރޮބޮޓްތަކުގެ އެހީގައި ހައްޖުވެރިންނާ އަދި އުމްރާވެރިންނަށް އަޅުކަމުގެ ކަންކަން ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދިއުމަށް އެހީތެރިވާނެ ކަމަށް ޕްރެޒިޑެންސީ އޮފްދަ ގްރޭންޑް މޮސްކް އާހަވާލާދީ ގަލްފް ނިއުސްގައި ބުނެފައި ވެއެވެ.

އާޓިފިޝަލް އިންޓެލްޖަންސް ނުވަތަ އޭއައި ރޮބޮޓްތަކަކީ މިއަދު ޕްރޮފެޝަނަލް އަދި ޒާތީ އެކިއެކި ކަންކަމުގައި ވެސް އިންސާނުންނަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ޓޫލް ނުވަތަ އާލާތަކަށް ވަނީ ވެފައެވެ. މިގޮތުން ދެމިސްކިތްކޮޅުގައި ބެހެއްޓިފައިވާ އެޑްވާންސްޑް ރޮބޮޓްތަކަކީ ވެސް ހައްޖު އަދި އުމްރާގެ ވަކިވަކި ރުކުންތަކާ ބެހޭ ތަފްސީލީ މައުލޫމާތު ފޯރުކޮށްދީ، އަދި އެނޫންވެސް އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ރޮބޮޓްތަކެކެވެ. މީގެ އިތުރުން ފަތުވާ އާބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު ދިނުމަށްވެސް ރޮބޮޓްތައްވަނީ ޕްރޮގްރާމް ކޮށްފައެވެ.

އަލަށް ބެހެއްޓުނު އެޑްވާންސްޑް ރޮބޮޓްތަކާ ތަފާތު 11 ލެންގުއޭޖް ނުވަތަ ބަހުރުވައިން މުއާމަލާތު ކުރެވެއެވެ. މި ބަސްތަކުގެ ތެރޭގައި އަރިބި، އިނގިރޭސި، ފްރެންޗް، ރަޝިއަން، އަދި ޗައިނީޒް ހިމެނެއެވެ. މިހެންވުމުން މުސްލިމް އާބާދީ ބޮޑަށް އޮންނަ ގައުމުތަކުގެ ގިނަބަޔަކަށް މިކަމުގެ ފަސޭހަކަން ލިބިގެންދާނެއެވެ.

21 އިންޗި ޓަޗްސްކްރީނަކާއި ހަތަރު ފުރޮޅުގެ މައްޗަށް ތެދުވެ ހުންނަ މައި "ބޮޑީ" އަކާ އެކު ފަރުމާކޮށްފައިވާ ރޮބޮޓްތައް މިސްކިތް ކޮޅުތެރޭ އެކިތަންތަނަށް ދެއެވެ. އަދި ހުއްޓި ހުރުމުގައިވެސް ޚާއްސަ "ޕާކިންގ" ސިފަތަކެއްވެސް ވާކަމަށް ވެއެވެ. ރޮބޮޓްގެ ކުރިމަތީގައި އަދި ތިރީގައި އެކުލެވިގެންވާ ހައިރިޒޮލިއުޝަން ކެމެރާގެ އެހީގައި ވަށައިގެންވާ ތަންތަން ދެނެގަނެ އަދި ރައްކާތެރިކަމާއެކު އެއްތަނުން އަނެއްތަނަށް ބަދަލުވެއެވެ.

ރޮބޮޓްތަކާ މުއާމަލާތު ކުރުމުގައި ވީހާވެސް ފަސޭހަކޮށް ދިނުމަށްޓަކައި އޯޑިއޯ ނުވަތަ އަޑު ބޭނުން ކޮށްގެންވެސް ރޮބޮޓްތަކާ މުއާމަލާތު ކުރެވޭނެއެވެ. އެކަމަށްޓަކައި ރޮބޮޓްތަކުގައި ސާފުކޮން އަޑުގެނެސްދޭ ސައުންޑް ސްޕީކަރާ އަދި ހައިކޮލިޓީ މައިކްރޯފޯން ހަރުކޮށްފައިވެއެވެ. އަދި ހައިސްޕީޑް ވައިފައި ނެޓްވަރކެއްގެ ތެރެއިން މަސައްކަތްކުރާ ރޮބޮޓްތައް މެދުވެރިކޮށް ޑާޓާވެސް އެއްތަނުން އަނެއް ތަނަށް ފޮނުވެއެވެ.   

ކޮމެންޓް

އިތުރަށް ކިޔާލަން

މިވީ ކިހިނެއް؟ މިހާތަނަށް އެންމެ ޚިދުމަތް ރަނގަޅު ހައްޖު. އެކަމަކު އެވޯޑެއް ނުލިބުނު!

މިވީ ކިހިނެއް؟ މިހާތަނަށް އެންމެ ޚިދުމަތް ރަނގަޅު ހައްޖު. އެކަމަކު އެވޯޑެއް ނުލިބުނު!

12 ޖޫން 2025
މިނާ އާއި އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބެން ރަނގަޅު ތަންތަން ހޯދާނަމޭ ބުނި، ފެނުނީ ރެފިއުޖީ ކޭމްޕެއްގެ ސިފަ!

މިނާ އާއި އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބެން ރަނގަޅު ތަންތަން ހޯދާނަމޭ ބުނި، ފެނުނީ ރެފިއުޖީ ކޭމްޕެއްގެ ސިފަ!

18 ޖޫން 2024
ހައްޖު ވެރިންނަށް ދިވެހި ރަހަތައް ލެއްވުން: އަލަށް ކުރާކަމެއްތަ؟

ހައްޖު ވެރިންނަށް ދިވެހި ރަހަތައް ލެއްވުން: އަލަށް ކުރާކަމެއްތަ؟

06 ޖޫން 2024
އޮޅުވާލައިގެން ފައިސާ ހޯދުމުގެ އިތުރު ބޮޅެއް - މި ފަހަރު ހައްޖުގެ ޖާގަ ކަށަވަރުކުރުމުގެ ނަމުގައި

އޮޅުވާލައިގެން ފައިސާ ހޯދުމުގެ އިތުރު ބޮޅެއް - މި ފަހަރު ހައްޖުގެ ޖާގަ ކަށަވަރުކުރުމުގެ ނަމުގައި

10 ފެބުރުއަރީ 2024
ރަމަލާން މަހު ހަރަމްފުޅުގައި 12 ހާސް މުވައްޒަފުން ހަރަކާތްތެރިވާނެ

ރަމަލާން މަހު ހަރަމްފުޅުގައި 12 ހާސް މުވައްޒަފުން ހަރަކާތްތެރިވާނެ

06 މާރިޗު 2023

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު