Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕޮއިންޓެއް ލިބުނު ނަމަވެސް ކްލޮޕް ހުރީ ހިތްހަމަޖެހިފައި

އޭނާ ބުނީ މެޗުގެ ވަކި ހިސާބަކުން ލިވަޕޫލްގެ ކުޅުންތެރިންނަށް ވެސް ގޯސްތަކެއް ހެދުނު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޯގަސްޓު 2023 | ހޯމަ 03:54
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް، ހިތްހަމަޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ކްލޮޕް މިހެން ބުނީ ޗެލްސީގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވުމުންނެވެ. އޭނާ ބުނީ ލިވަޕޫލުން މެޗު ފެށީ ވަރަށް ރަނގަޅަށް ކަމަށާއި، ނަތީޖާއެއްގެ ގޮތުން ކުރީ ކޮޅު ލީޑު ވެސް ނެގުނު ކަމަށެވެ. އޭގެ ފަހުން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކުރި ނަމަވެސް، ވީއޭއާރުން ލަނޑު ބަލައިނުގަތް ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ކްލޮޮޕް ބުނީ މެޗުގެ ވަކި ހިސާބަކަށް ދިޔައިރު، ގޭމު އޮތް ގޮތް ފެނުނު ކަމަށެވެ. އެހެންކަމުން އެ މެޗުން ލިވަޕޫލް ބަލިވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ދެކެ އެވެ. އޭނާ ބުނީ އެންމެ ފަހުން މެޗުގައި ރަނގަޅު ފުރުސަތެއް ލިބުނީ ވެސް އިދިކޮޅު ޓީމަށް ކަމަށެވެ.

ލިވަޕޫލްގެ މިސްރު ފޯވާޑް މުޙައްމަދު ސަލާހު ޖެހި ލަނޑު ބަލައި ނުގަންނަން ނިންމި ނަމަވެސް، އެ ލަނޑު ޖެހުމުގެ ކުރިން ކުޅުންތެރިން ކުރި މަސައްކަތް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ކްލޮޕް ބުނީ އެއީ ވަރަށް ރަނގަޅަށް ކުރި މަސައްކަތެއްގައި ޖެހި ރީތި ލަނޑެއް ކަމަށާއި، އޮފްސައިޑުވީ ހަނި ގޮތަކަށް ކަމަށެވެ. ނަމަވެސް އޭނާ ބުނީ މެޗުގެ ވަކި ހިސާބަކުން ލިވަޕޫލްގެ ކުޅުންތެރިންނަށް ވެސް ގޯސްތަކެއް ހެދުނު ކަމަށެވެ. ޗެލްސީން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ އެކަހަލަ ގޮތަކަށް ކަމަށް އޭނާ ދެކެ އެވެ. އޭގެ ފަހުން ޗެލްސީން ދެ ވަނަ ލަނޑެއް ޖެހިއިރު، ލިވަޕޫލްގެ ކުޅުންތެރިންނަށް ބޯޅައާއެކު ކުދި ގޯސްތަކެއް ހެދުނު ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ޗެލްސީން ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނެގި ނަމަވެސް، އޮފްސައިޑު ކަމަށް ނިންމީ ވީއޭއާރު ބެލުމަށްފަހު އެވެ.

ކްލޮޕް ބުނީ މަސައްކަތް ކުރަނީ އަބަދުވެސް އެއް މެޗަށްވުރެ އަނެއް މެޗުގެ ނަތީޖާ ރަނގަޅު ކުރުމަށް ކަމަށެވެ. އެހެންކަމުން މީގެ ހަތަރު ދުވަސްފަހުން ދެން ކުޅެން އޮތް މެޗުގައި ބޭނުންވަނީ ތިން ޕޮއިންޓު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
10 މާރިޗު 2017

ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް

10 މާރިޗު 2017
ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް
09 މާރިޗު 2017

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

09 މާރިޗު 2017
މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު