Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފުރަތަމަ މެޗުގައި ޗެމްޕިއަން ބާސެލޯނާ އެއްވަރު

14 އޯގަސްޓު 2023 | ހޯމަ 03:01

މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޯގަސްޓު 2023 | ހޯމަ 03:01
ސްޕެނިޝް ލީގުގަައި ބާސެލޯނާ އިން ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގަައި ބާސެލޯނާ އިން ކުޅުނު މެޗުގެ ތެރެއިން

އައު ސީޒަންގެ ސްޕެނިޝް ލީގުގައި ޗެމްޕިއަން ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ އެވެ.

ބާސެލޯނާގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި އެ ޓީމު ނުކުތީ ގެޓާފޭއާ ދެކޮޅަށެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނެވެ. މެޗު ފަށައިގެން ކުރީކޮޅު ގެޓާފޭގެ ހުއާންމީ ލަޓާސާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ބާސެލޯނާގެ އޭރިޔާ ތެރެއިން އޭނާ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ރަނގަޅަށް ފައިގައި ޖެހޭ ގޮތް ނުވީ އެވެ. އޭގެ ފަހުން ބާސެލޯނާ އަށް ލިބުނު ހިލޭ ޖެހުމެއްގައި ރަފީނިއާ ފޮނުވާލި ބޯޅަ ގެޓާފޭގެ ގޯލް ކީޕަރު ވަނީ ހުއްޓުވައިފަ އެވެ. މެޗުގައި ބާސެލޯނާ އަށް ދިމާވި އެންމެ ބޮޑު އެއް މައްސަލަ އަކީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ރަފީނިއާ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި ކޯޗު ޒަވީ ހެނާންޑޭޒް އަށް ވެސް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

މެޗުގައި ބާސެލޯނާ އަށް ލީޑު ނަގައިދޭން އެ ޓީމުގެ ޕޮލެންޑު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަށް ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. މީގެ އިތުރުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް، އަންސޫ ފާޓީ އާއި ގަވީ އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭކާރުވެފަ އެވެ.

މި މެޗުގައި ބާސެލޯނާ އިން އަލަށް ގެނައި މެންޗެސްޓަރ ސިޓީގެ ކުރީގެ ކެޕްޓަން އިލްކާއީ ގުންޑޮގާން ވެސް ކުޅެން ނުކުމެފަ އެވެ. މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅެން ނުކުތް ނަމަވެސް، ދެ ވަނަ ހާފުގައި ވަނީ ބަދަލު ކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ގަވީ އެވެ.

ލީގުގައި ދެން ބާސެލޯނާ އަށް އޮންނާނީ އޯގަސްޓު 20 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ކާޑިޒްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް