Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ. އާރަށު މައްސަލަ

ވ. އާރަށު ޚިޔާނާތް- ހައިކޯޓުން ނިންމީ ޔާމީނުގެ ޖޫރިމަނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް، ޖަލު އަދަބު ފަސް ކުރެވެން ނެތް ކަމަށް

އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ބަންޑާރަނައިބުގެ އޮފީހުން ދަނީ މަސައްކަތްކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2023 | އާދީއްތަ 10:48
ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް

ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް

ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

އެކަން ހާމަކުރައްވައި ޔާމީނުގެ ވަކީލް އާދަމް ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ހައިކޯޓުން ޔާމީންގެ ހުކުމުގެ ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި، ޖަލު އަދަބު ތަންފީޒުކުރުން ފަސް ކުރެވެން ނެތް ކަމަށް އަމުރުކުރައްވާފައިވާ ކަމަށެވެ.

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ރިޝްވަތު ނެންގެވުމާއި އެ ފައިސާ ލޯންޑަރ ކުރެއްވުން ސާބިތުވެ، ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ނިމިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލައާއި ގުޅިގެން ރައީސް ޔާމީން 5 މިލިއަން ޑޮލަރުން ޖޫރިމަނާވެސް ވަނީ ކޮށްފައެވެ.

މި މައްސަލައިގެ ހުކުމް ތަންފީޒުކުރުން ލަސްދިނުމަށް އެދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައްސަލާގައި، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ވާހަކަދައްކަވާފައި ވެއެވެ. ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅުއްވީ ކޯޓުތަކާބެހޭ ގާނޫނާއި، ގއ. ވޮޑަމުއްލާ މައްސަލާގައި ނިންމާފައިވާ ނިންމުމާ ހަވާލާދެއްވުމަށްފަހު މި މައްސަލައިގެ ޖަލު ހުކުމާއި ޖޫރިމަނާ ތަންފީޒުކުރުން ފަސްކޮށްދިނުމަށެވެ. ޔާމީނުގެ ވަކީލު ވިދާޅުވިގޮތުގައި މި މައްސަލަ ޖިނާއީ އަދި މަދަނީ ބަޔާއެކު ހުށަހެޅި ނަމަވެސް، މައިގަނޑު ގޮތެއްގައި ހުށަހެޅީ މި މައްސަލައިގެ މަދަނީ ބައި ތަންފީޒުކުރުން ފަސްކޮށްދިނުމަށެވެ. އެއީ 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމުގައި ހިމަނާފައިވާ ބައި ތަންފީޒްކުރުން ފަސްކޮށްދިނުމަށެވެ.

ވޮޑަމުއްލާ މައްސަލާގައިވެސް ފަނޑިޔާރުން ފައިސާގެ އަމުރު ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެއްވާފައިވެއެވެ. ޔާމީނު ވަނީ އެމަނިކުފާނަށް އިއާދަ ނުކުރެއްވޭ ގެއްލުންތަކެއް ލިބިވަޑައިގެންފައި ވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޖަލުގައި ހުންނެވުމުގެ ސަބަބުން ޖިސްމާނީ ގޮތުން ދަތިތަކެއްވެސް ކުރިމަތިވެވަޑައިގެންފައި ވާކަމަށާއި، ގެއަށް ބަދަލުކުރިއަސް ދައުލަތަށް ލިބޭނެ ގެއްލުމަކީ ކޮބައިތޯ ސުވާލުކުރެއްވިއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ބަޔާންކޮށްފައި ވާކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، ޖިނާއީ އެއްވެސް ހުކުމެއް ތަންފީޒުކުރުން ފަސްކުރާނެ ގޮތެއް ރާއްޖޭގެ މިހާރުގެ ގާނޫނީ ނިޒާމުގައާއި ޖިނާއީ އިޖުރާއަތުގެ ތެރެއިން ނެތް ކަމަށެވެ. އަދި ޖަލު އަދަބެއް ނުވަތަ ޖޫރިމަނާއެއް ނަމަވެސް، ހުކުމް ކުރުމަށްފަހު، އެ ހުކުމް ތަންފީޒުކުރުން ފަސްކުރުން އެއީ ޖިނާއީ އަދުލުގެ ނިޒާމު ދަންނަ ކަމެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމާގުޅޭ އިޖުރާއަތު ގާނޫނުގައި ނެތުމަކީ އަސާސީ ހައްގަކަށް އުނިކަމެއް އަންނަ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމުގައި ޖަލު އަދަބާއި ޖޫރިމަނާގެ އަދަބުގައިވެސް އޮތީ އެ އުސޫލުކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ސިވިލް ކޯޓަށް ބަންޑާރަނައިބުގެ ފަރާތްޕުޅުން ހުށަހަޅާ ޖޫރިމަނާ ފައިސާ ހޯދުމުގެ މައްސަލައިގެ ތެރެއިން، ހުކުމް ތަންފީޒުކުރުން ފަސްކުރުން އެދި ޔާމީނަށް މައްސަލައެއް ހުށަހެޅުއްވޭނެ ކަމަށެވެ.

އެ ފައިސާ ދެއްކުމުގެ މުއްދަތު 2023 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ހަމަވެފައި ވުމާއެކު، އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ބަންޑާރަނައިބުގެ އޮފީހުން ދަނީ މަސައްކަތްކުރަމުންނެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްހައި ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު