Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދަތުގެ ޑޮކްޓަރީ ފަރުވާ

ނާޔާއާއި ލައިލާ ބުނެދެނީ ސަނަދުގައި ހިފައިގެން ނުތިބެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަން!

މަތީ ތަޢުލީމު ހާޞިލު ކުރި ދާއިރާ ދޫކޮށް، މިއަދު އެ ޒުވާނުން އަވަދި ނެތި އުޅެމުން ދަނީ އަމިއްލަ ވިޔަފާރިތައް ހިންގުމުގެ މަސައްކަތުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 13 އޯގަސްޓު 2023 | އާދީއްތަ 02:02
ނާޔާ ދަޔޫބު

ނާޔާ ދަޔޫބު

ޑެންޓިސްޓްރީ ނުވަތަ ދަތުގެ ޑޮކްޓަރީ ފަރުވާގެ ރޮނގުން މަތީ ތަޢުލީމު ހާޞިލު ކުރުމުގައި ނާޔާ ދަޔޫބު ވަނީ އޭނާގެ ޒުވާން ޙަޔާތުން 5 އަހަރު ހޭދަ ކޮށްފައެވެ. ނަމަވެސް، ދަތުގެ ޑޮކްޓަރީ ފަރުވާގެ ރޮނގުން ދަސްވެނިވެވުނު އިރު، އެއީ އޭނާއަށް އެއްވެސް ވަރެއްގެ ކުރިމަގެއް އޮތް މިޞްރާބެއް ނޫންކަން ނާޔާއަށް ފަޙުމްވިއެވެ.

މިއީ ހަމަ އެކަނި ނާޔާގެ ވާހަކައެއް ނޫނެވެ. ސޫރިޔާގެ ޔުނިވަރސިޓީތަކުން ދަސްވެނިވެފައި ވާ އެތައް ޒުވާނެއްގެ ހާލަކީވެސް ހަމަ އެއީއެވެ. އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހާޞިލު ކުރި ސަނަދުގެ ބޭނުމެއް ނެތެވެ. މަތީ ތަޢުލީމު ހާޞިލު ކުރި ދާއިރާ ދޫކޮށް، މިއަދު އެ ޒުވާނުން އަވަދި ނެތި އުޅެމުން ދަނީ އަމިއްލަ ވިޔަފާރިތައް ހިންގުމުގެ މަސައްކަތުގައެވެ.

އިޤްތިޞާދީ ކާރިޘީ ތޫފާނެއްގައި ބެދިފައި އޮތް ސޫރިޔާގެ ފަސްގަނޑުގައި، މިއަދު އެ ޒުވާނުންނަށް އެހެން ގޮތެއް ނެތުނީއެވެ.

ޢުމުރުން 26 އަހަރު ނާޔާގެ މިޞްރާބު ބަދަލު ކޮށްލީ މީރު ވަސްތައް ދުވާ އުއްބައްތިއާއި ސައިބޯނި އުފެއްދުމުގެ މަސައްކަތާ ދިމާއަށެވެ. އެ މަސައްކަތުން ފުދޭ ވަރެއްގެ އާމްދަނީއެއް ލިބެއެވެ. އެކި ބޭނުންތަކަށް ޚަރަދު ކުރަން ޕޮކެޓް މަނީގެ ގޮތުގައި ބައެއް ނެގުމަށް ފަހު، ޕޯސްޓްގްރެޖުއޭޓް ކޯހުގެ ކަންކަމަށް ޚަރުދު ކުރަންވެސް ކޮންމެވެސް ވަރެއްގެ ފައިސާކޮޅެއް ލިބެއެވެ.

ޢުމުރުން 30 އަހަރުގެ ލައިލާ ޚަލޫސީގެ ވާހަކަވެސް ހުރީ ހަމަ އެފަދަ ގޮތަކަށެވެ. އިޤްތިޞާދީ ޢިލްމުގެ ރޮނގުން ލައިލާ ދަސްވެނިވީ 2016 ވަނަ އަހަރުއެވެ. މިއަދު އޭނާއަކީ ޒަމާނުއްސުރެ އޭނާގެ ހިތުގައި ކުރެހުމަށް އޮތް ވަރުގަދަ ލޯތްބާއިއެކު އެ ރޮނގުން ކުޑަ ވިޔަފާރިއެއް ހިންގަމުންދާ ސާބިތު ޒުވާނެކެވެ.

ބޭނުންކޮށްފައި ހުންނަ އަންނައުނުގައި ކުރެހުމަކީ ލައިލާގެ މިއަދުގެ މަސައްކަތެވެ. އަލުން ބޭނުން ކުރަން ބާޒަރަށް ނެރެނީ އޭނާގެ ފަންނުވެރި ފަރުމާތަކުން އިތުރު ފުރިހަމަ ކަމެއް ނުވަތަ ތަފާތު ކަމެއް އެ އަންނައުނުތަކަށް ގެނެސްދިނުމަށް ފަހުގައެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ. ލައިލާ ދަނީ ކުޅޭ އެއްޗެހި އުފައްދާ ކުންފުންޏެއްގައިވެސް މަސައްކަތް ކުރަމުންނެވެ. އެހެން ކަމުން، އޭނާ ބޭނުންވާ މިންވަރަށް، އަމިއްލަ ވިޔަފާރިއަށް ވަޤުތުވެސް އޮންނަނީ ނުދެވިފައެވެ.

ސޫރިޔާގެ ރައީސް ކަމުގެ މަޤާމުގައި އަދިވެސް ހުންނެވި ބައްޝާރު އަލް-އަސަދުގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު އެ ޤައުމުގައި ފެށި ސުލްޙަވެރި މުޒާހަރާތައް ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެގެން ދިޔަ ދިއުމާއެކު، މުޅި ޤައުމު މިހާރު އޮތީ ސުންނާފަތިވެ، ހަފުސްވެފައެވެ. ހުޅަނގުގެ ޤައުމުތަކުން ސޫރިޔާއާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއި، އަވަށްޓެރި ލުބްނާނަށް ބިންދާލަފައި އޮތް މާލީ ކާރިޘާގެ ރާޅާއެކު، ސޫރިޔާއަށްވެސް ވަނީ ފައިސާގެ ދަތިކަން، އޭގެ އެންމެ އިންތިހާއަށް ކުރިމަތިވެފައެވެ. ތެޔޮ އުފެއްދުމަށް ޚާއްޞަ ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުގެ ކޮންޓްރޯލް، އަސަދުގެ މައި ސަރުކާރަށް ގެއްލިފައި އޮތް އޮތުމަކީ، ސޫރިޔާއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ އިޤްތިޞާދީ ހީނަރުކަމުގެ އެންމެ ބޮޑު އެއް ސަބަބެވެ.

ނާޔާ ދަޔޫބު

އިތުރަށް ކިޔާލަން

17 މާރިޗު 2024

ޙާޝިމްގެ ދިރިއުޅުން ބުނެދެނީ، ކަވި މަސައްކަތަކަށް ވަކި ޢުމުރެއް ނެތް ކަން!

17 މާރިޗު 2024
ޙާޝިމްގެ ދިރިއުޅުން ބުނެދެނީ، ކަވި މަސައްކަތަކަށް ވަކި ޢުމުރެއް ނެތް ކަން!
12 ފެބުރުއަރީ 2024

"ޕެރިސް 2024 ގެ މެޑަލިސްޓުން ގެއަށް ދާނީ، އައިފިލް ޓަވަރުން ބައެއް ހިފައިގެން"

12 ފެބުރުއަރީ 2024
"ޕެރިސް 2024 ގެ މެޑަލިސްޓުން ގެއަށް ދާނީ، އައިފިލް ޓަވަރުން ބައެއް ހިފައިގެން"
26 މެއި 2021

"އެޓާނަލްސް"ގެ ފުރަތަމަ ފެނިލުން - ބަލައިލާ ހިތުން ކެތްމަދުވެއްޖެ!

26 މެއި 2021
"އެޓާނަލްސް"ގެ ފުރަތަމަ ފެނިލުން - ބަލައިލާ ހިތުން ކެތްމަދުވެއްޖެ!
01 ނޮވެމްބަރު 2018

ލައިލާގެ ފަށުފުލަށް ނަޝީދުގެ ތަފާތު އިހުސާސްތަކެއް!

01 ނޮވެމްބަރު 2018
ލައިލާގެ ފަށުފުލަށް ނަޝީދުގެ ތަފާތު އިހުސާސްތަކެއް!
27 ނޮވެމްބަރު 2017

އެވޯޑު ހިފައިގެން އައުމުން ރިޝްމީއަށް ހޫނު މަރުހަބާއެއް ކިޔައިފި

27 ނޮވެމްބަރު 2017
އެވޯޑު ހިފައިގެން އައުމުން ރިޝްމީއަށް ހޫނު މަރުހަބާއެއް ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު