Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދަ އިޓާނަލްސްގެ ޓީޒަރ ދައްކާލުން

"އެޓާނަލްސް"ގެ ފުރަތަމަ ފެނިލުން - ބަލައިލާ ހިތުން ކެތްމަދުވެއްޖެ!

އެމްސީޔޫ ދުނިޔެއަށް ގެންނަ އައު ސުޕަ ހީރޯސް ބަލަން ގިނަ ބަޔަކު ވަނީ ކެތްމަދުވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 26 މެއި 2021 | ބުދަ 07:59
އެޓާނަލްސްއަކީ އެމްސީޔޫ ޔިވަރސްއަށް ތަޢާރަފުކުރާ އައު ސުޕަ ހީރޯ ކްލޭންއެއް

އެޓާނަލްސްއަކީ އެމްސީޔޫ ޔިވަރސްއަށް ތަޢާރަފުކުރާ އައު ސުޕަ ހީރޯ ކްލޭންއެއް

މާވެލް ސްޓޫޑިއޯސް އާއި ޑިޒްނީ ގުޅިގެން ގެނެސްދޭން ނިންމާފައިވާ ސުޕަރ ހީރޯ ފިލްމު "ދި އެޓާނަލްސް"ގެ ފުރަތަމަ ފެނިލުން މިވަނީ އާންމުކޮށްފައެވެ.

2 މިނެޓް 8 ސިކުންތުގެ ދިގު މި ޓީޒާގައި "ދި އެޓާނަލްސް" ފިލްމުގެ ޝާނާއި ޝައުކަތު ދައްކާދެއެވެ. މެއިން ލީޑުން ވެސް އެންޖެލީނާ ޖޮލީ، ސަލްމާ ހަޔޭކް، ރިޗަޑް މެޑެމް، ބްރަޔަން ޓައިރީ ހެންރީ، ކުމައިލް ނަންޖާނީ، ލޯރެން ރިޑްލޮފް، ލިއާ މެހިއު އަދި ޑޮން ލީ ފަދަ މަޝްހޫރު ތަރިން ފެންނިގެންދާނެއެވެ. މި ފްރެންޗައިޒްއަކީ އާންމުންގެ މެދުގައި މިހާރުވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ކެޕްޓަން އެމެރިކާ، އަޔަން މޭން، ހަލްކް، ތޯރ، ބްލެކް ވިޑޯ، ސްކާލެޓް ވިޗް، އަދި ގާޑިއަންސް އޮފް ދަ ގެލެކްސީގެ ސުޕަރ ހީރޯ ހިމެނޭ މާވެލް ސިނަމެޓިކް ޔުނިވަރސްއަށް ތަޢާރަފްކުރެވޭ މުޅިން އައު ސުޕަރ ހީރޯތަކެކެވެ. އެމްސީޔޫއިން މީގެ ކުރީގައި ފެނިގެން ދިޔަ ސުޕަރ ހީރޯތަކާ އަޅައިބަލާއިރު ފެންނަ ފެނުމަށް ވެސް ބޮޑެތި ތަފާތުތަކެއް ހުރި މި ސުޕަރ ހީރޯތަކަށް ލިބިފައިވާ އާދަޔާ ޚިލާފު ބާރު ބޭނުންކުރާ ގޮތްވެސް މި ޓީޒާއިން ކޮންމެސް ވަރަކަށް ދައްކުވައިދެއެވެ.

ޓީޒަރ ފެށެނީ 10 މެމްބަރުން ހިމެނޭ އެޓާނަލްގެ ޓީމް ދުނިޔެއަށް އައިސް އިންސާނުންނަށް އެމީހުންނަށް ލިބިފައިވާ އާދަޔާ ޚިލާފު ބާރުގެ އެހީގައި ދިރިއުޅުން އާރާސްތުކުރަން އެހީވާތަން ދައްކުވާދެމުންނެވެ. މި މަސައްކަތުގައި އެޓާނަލްސްގެ ޓީމް އާދައިގެ ބޭރު ފުށުން އާދައިގެ އިންސާނުންގެ ގޮތުގައި އެތައް ހާސް އަހަރެއް ހޭދަކުރެއެވެ. އެހެނަސް ދިމާވާ ކޮންމެވެސް ބޮޑުކަމަކާ ގުޅިގެން އެޓާނަލްސްގެ އަސްލަށް އެނބުރިއައުމަށް މަޖުބޫރުކުރުވައެވެ. މަޖުބޫރުކުރުވާ މިކަމަކީ އެޓާނަލްސްގެ ފުރަތަމަ ފިލްމްގެ ޕްލޮޓަށްވާއިރު، ޕްލޮޓްގެ ކުދި ކުދި މަންޒަރުތައް އަތުރާލާފައިވާގޮތުން ބެލުންތެރިން މި ފިލްމު ބަލަން ކެތްމަދުވާނެއޭ ދަންނަވަން ޖެހެއެވެ. އަދި ވަކިން ޚާއްސަކޮށް އެމްސީޔޫގެ ފޭނުންނަށް މިއީ ހަމަ "މަސްޓް ވޮޗް" އެއްކަމުގައި ދަންނަވަންޖެހެއެވެ.

މިހާ ހިސާބުން މި ފިލްމްގެ ލީޑުންގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ބައެއް ކެރެކްޓާސްތަކަށް ބަލައިލާނަމެވެ.

ކެޕްޓަން މާވެލް، އަދި ކްރޭޒީ ރިޗް އޭޝިއަންސް ފަދަ މަޝްހޫރު ފިލްމްތަކުން އާންމުންގެ މަޤުބޫލުކަން ހޯދާފައިވާ ގެމާ ޗެން ކުޅޭ ސަރސީގެ ކެރެކްޓާއަކީ އެޓާނަލްސްގެ އެންމެ އިސް މެމްބަރެވެ. ސަރސީއަށް އިންސާނުން ޖަނަވާރުންނަށް ބަދަލުކޮށްލުމުގެ ބާރު ލިބިފައިވާއިރު، މީހުންގެ ސިކުނޑިއާ ކުޅެލުމުގެ ބާރު ލިބިފައިވެއެވެ. ސަރސީގެ ކެރެކްޓަރ އެޓާނަލްސްގެ އިތުރު މެމްބަރެއްކަމުގައިވާ އިކަރިސްގެ ކެރެކްޓާއާ ލޯބީގެގޮތުން ގުޅޭކަން ޓީޒާއިން ދައްކާދެއެވެ. ގޯލްޑަން ގްލޯބް ކާމިޔާބުކޮށްފައިވާ ރިޗަޑް މެޑެންގެ ކެރެކްޓާއާ ގުޅޭ މާބޮޑު ތަފްސީލެއް ޓީޒައިން އެނގިގެނެއް ނުދެއެވެ.

އެޓާނަލްސްއަށް ގިނަ ބަޔަކު އިންތިޒާރުކުރި އެއް ސަބަބަކީ މި ފްރެންޗައިޒްގެ ލީޑުން އެންޖެލީނާ ޖޮލީ ފެނިގެން ދިއުމެވެ. ތީނާގެ ކެރެކްޓާއަކީ އެޓާނަލްސްގެ ފްރެންޗައިޒްގެ އެންމެ މުހިންމު ކެރެކްޓާއަށް ވާނެކަން މި ކުރު ޓީޒާއިން ވެސް ހާމަވެއެވެ. އެގޮތުން އެ ކެރެކްޓާއަކަށް އެންމެ ގިނަ ސްކްރީން ޓައިމް ދިން ކެރެކްޓާއަށް އެންޖެލީނާ ޖޮލީގެ ކެރެކްޓާވާއިރު، މާވެލް ޔުނިވަރސްގެ ޑރ. ސްޓްރޭންޖް ފަދައިން ތީނާ ވެސް "ކޮޒްމިކް ޕަވަރ" ބޭނުންކޮށްގެން އެކި ހަތިޔާރާއެކު ހަނގުރާމަކުރާ ސީންތައް ވަނީ ފެނިގެންގޮސްފައެވެ. ފިލްމްގެ ޑިރެކްޓަރ ބުނާގޮތުން ޓީޒާއިން ދައްކުވައިދެނީ އެންޖެލީނާ ޖޮލީގެ ކެރެކްޓަރއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން ވަރަށް ކުޑަ މިންވަރެއްކަމަށެވެ. ތީނާއަކީ އެހެން އިޓާނަލްސްއިން އެމީހުންގެ ހިޔާވަހިކަމުން ބޭރުކޮށްލާފައިވާ އެކަނިވެރި ކެރެކްޓާއެއްގެ ގޮތުގައި ދައްކައިދޭއިރު، މިކަމުގެ ސިއްރު ވެސް މި ފިލްމުން އެނގިގެންދާނެއެވެ.

ޕާކިސްތާނަށް އުފަން ކޮމީޑިއަން ކުމައިލް ނަންޖިއާނީ ފެނިގެންދާ ކިންގޯގެ ކެރެކްޓާ ޚާއްސަ ވަނީ މި ކެރެކްޓާއަކީ މާވެލްގެ ދުނިޔެއިން ދެކުނު އޭޝިއާގެ ކެރެކްޓާއެއް މެއިން ލީޑުން ފެންނަ ފުރަތަމަ ފަހަރުކަމުގައި ވުމުންނެވެ. އޭނާގެ ޓީމް މެމްބަރުންނާ ޚިލާފަށް ކިންގޯއަކީ އާންމުންގެ ސަމާލުކަން ހޯދަން އުޅޭ އަދި އޭނާގެ ޚިޔާލީ ދުނިޔޭގައި "ބޮލީވުޑް" ތަރިއެއްކަމަށް ސިފަކުރާ ތަފާތު ކެރެކްޓާއެކެވެ. މި ޓީމްގެ ހެއްވާ މަޖާ ސީންތަކުން ބެލުންތެރިންގެ މަޤުބޫލުކަން ހޯދާނެކަމަށް ބެލެވޭ މި ކެރެކްޓާއަކީ ވެސް ތަފާތު ބާރުތަކެއް ލިބިގެންވާ ކެރެކްޓާއެކެވެ.

މި ކެރެކްޓާއަކީ އެޓާނަލްސް ސީރީޒްގެ އެންމެ ތަފާތު ކެރެކްޓާއެވެ. މަޝްހޫރު ޓީވީ ސީރީޒް ގޭމް އޮފް ތްރޯންސްގެ ޖޯން ސްނޯގެ ކެރެކްޓާއިން ބެލުންތެރިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދި ކިޓް ހެރިންގްޓަންގެ ކެރެކްޓާއަށް ލިބިފައިވާ ހަމައެކަނި ބާރަކީ އޭނާ ބޭނުންކުރާ ޖާދުވީ ކަނޑި އެކަންޏެވެ. ބްލެކް ނައިޓްގެ މި ކެރެކްޓާއާއި ސަރސީގެ ކެރެކްޓާއާ ދެމެދުވެސް ލޯބީގެ މަންޒަރުތަކެއް ފެނިގެންގޮސްފައިވާއިރު، މިކަމުގެ ސަަބަބުން ހެރިންގްޓަންގެ ކެރެކްޓާއާއި ރިޗަޑް މެޑެންގެ ކެރެކްޓާއާ ދެމެދު ކުރިމަތިލުންތަކެއް ހިނގާނެކަމަށް ބެލެވެއެވެ.

މި ކެރެކްޓާތަކުގެ އިތުރުން މި ފްރެންޗައިޒްގައި އާދަޔާ ޚިލާފު ބާރު މިނުގައި ދުވެވޭ މާކަރީގެ ކެރެކްޓާއިން ލައުރެން ރިޑްލޯފް، ކުޅަދާނަ އުފެއްދުންތެރި އެޓާނަލްގެ ގޮތުގައި ފަސްޓޮސްގެ ކެރެކްޓާއިން ޓައިރީ ހެންރީ، ބުއްދިވެރި އެޓާނަލްއެއްގެ އަޖަކްގެ ރޯލުން ސަލްމާ ހަޔެކް، އަބަދުވެސް ޒުވާންކޮށް ހުންނަ އެހެންނަމަވެސް މުސްކުޅި ރޫޙެއްގެ ވެރި އެޓާންއެއްގެ ގޮތުގައި ސްޕްރައިޓްގެ ރޯލުން މެކް ހަގް އެންމެ ބާރުގަދަ އެޓާނަލް ގިލްގަމޭޝްގެ ރޯލުން ޑޮންލީ އަދި ޑްރިއުޖްގެ ރޯލުން ބެރީ ކިއޯގަން މެއިން ލީޑުންގެ ގޮތުގައި ފެނިގެންދާނެއެވެ.

އެޓާނަލްއަކީ "އިމޯޓަލްސް" ނުވަތަ ދުވަހަކުވެސް މަރު ނުވާނެފަދަ ބައެއްގެ ގޮތުގައި މި ފްރެންޗައިޒްގައި ދައްކުވާދީފައިވާއިރު، ޓީޒަރ ނިންމާލާފައިވަނީ އެމްސީޔޫގެ އެންމެ ފަހުން ނެރުނު ފިލްމް، އެވެންޖާޒްސް ފޭސް ތްރީގެ އެންމެ ފަހު ފިލްމްކަމުގައިވާ އެންޑް ގޭމްގައި އެޓީމްގެ އެންމެ މުހިންމު ދެމެމްބަރުންތައް ކަމަށްވާ އަޔަން މޭންއާއި ބްލެކް ވިޑޯ މަރުވެ ކެޕްޓަން އެމެރިކާ ވެސް ރިޓަޔަރ ވެފައިވުމާ ގުޅިގެން ދެން އެވެންޖާސްގެ ހެޑްއަކަށް ވާނީ ކާކުތޯ ކުރާ ސުވާލަކުންނެވެ. މި ސުވާލަކީ މިއަދު އެމްސީޔޫގެ ހުރިހާ ފޭނުން ވެސް ކުރަމުންދާ ސުވާލަކަށް ވާއިރު، މި ޓީޒަރގައި މި ސުވާލުކުރުމުން އެޓާނަލްސްއާއި މިހާރުގެ ސުޕަރ ހީރޯޒްސް އެއް ޓައިމް ފްރޭމްއެއްގައި ދިރިއުޅޭކަން ހާމަވެއެވެ. އަދި އެވެންޖާޒްސްގެ 4 ވަނަ ފޭސްގެ ކޮންމެވެސް ހިސާބަކުން އެކުގައި ފެނިގެންދިއުން އެކަށީގެންވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މެތިއު އަދި ރަޔަން ފިރްޕޯގެ ސްކްރީން ޕްލޭއަކަށް ބިނާކޮށް ހަދާ މި ފިލްމް ޑައިރެކްޓް ކުރަނީ ޗައިނާއަށް ނިސްބަތްވާ ކޮލީ ޒާއޯއެވެ. ދި އެޓާނަލްސް ބޮޑު ސްކްރީންގައި އަޅުވާނީ ނޮވެމްބަރު 5 ގައެވެ.

ދަ އިޓާނަލްސް

ކޮމެންޓް

އިތުރަށް ކިޔާލަން

"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު

"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު

22 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު