Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އޮލިމްޕިކްސް ކުޅިވަރު މުބާރާތް

"ޕެރިސް 2024 ގެ މެޑަލިސްޓުން ގެއަށް ދާނީ، އައިފިލް ޓަވަރުން ބައެއް ހިފައިގެން"

1880 އިން 1930 އާ ހިސާބަށް، ދުނިޔޭގެ އެންމެ އުސް ބިނާގެ ރެކޯޑް ދެމެހެއްޓި އައިފިލް ޓަވަރަކީ މިއަދު ފަރަންސޭސީންގެ ޘަޤާފީ ރަމްޒެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2024 | ހޯމަ 18:24
ތިޔެޣީ ޣުބޫލް؛ "ޕެރިސް 2024"ގެ ކްރިއޭޓިވް ޑައިރެކްޓަރ

ތިޔެޣީ ޣުބޫލް؛ "ޕެރިސް 2024"ގެ ކްރިއޭޓިވް ޑައިރެކްޓަރ

ކުޅިވަރުގެ މައިދާނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ ޢަދަދެއްގެ އެތުލީޓުންނާއި ކުޅުންތެރިން ފެނިގެންދާ އެއް ހަރާކަތަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތެވެ. މި ދުވަސްވަރަކީ، ކުރިއަށް އޮތް ޕެރިސް އޮލިމްޕިކްސްއަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާ ދުވަސްވަރެވެ. މުބާރާތް ބާއްވާ ޤައުމުން ކުރާ މަސައްކަތް ވަކިން އިތުރުވެއެވެ. ސަބަބަކީ ކުރީ އަހަރުތަކުގެ ހޮސްޓުންނަށް ވުރެ ފުރިހަމައަށް ހުރިހާ ކަމެއްވެސް ގެންދިއުމެވެ. އެގޮތުން ފަރަންސޭސިވިލާތުންވެސް ދަނީ ކުރިއަށް އޮތް އޮލިމްޕިކްސް މުބާރާތަކީ، އެހެން އަހަރުތަކާ ތަފާތު މުބާރާތަކަށް ހެދުމަށް އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ.

މުބާރާތެއްގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާނެ އެއް ވަގުތަކީ ނަތީޖާ އިޢުލާން ކުރާ ވަގުތެވެ. ވަނަވަނައަށް ދާ އެތުލީޓުންނާއި ކުޅުންތެރިންނަށް ސަމާލުކަން ހުއްޓޭ މިންވަރަށް، އެ އެތުލީޓުންނާއި ކުޅުންތެރިންނަށް ދޭ މެޑަލްއާއި އިނާމުތަކަށްވެސް ސަމާލުކަން ލިބެއެވެ. ޕެރިސް އޮލިމްޕިކްސްގައިވެސް އިސްތިސްނާއެއް ނެތެވެ. ފަރަންސޭސިވިލާތުގައި މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކުން ބުރާސްފަތި ދުވަހު ހާމަ ކުރި ގޮތުގައި، ޕެރިސް އޮލިމްޕިކްސްގައި ރަން، ރިހި އަދި ލޯ މެޑަލް ހޯދާ އެތުލީޓުންނަށް، އައިފެލް ޓަވަރުން ބައެއް ހަދިޔާ ކުރަން ވަނީ ނިންމާފައެވެ.

1880 އިން 1930 އާ ހިސާބަށް، ދުނިޔޭގެ އެންމެ އުސް ބިނާގެ ރެކޯޑް ދެމެހެއްޓި އައިފިލް ޓަވަރަކީ މިއަދު ފަރަންސޭސީންގެ ޘަޤާފީ ރަމްޒެވެ. އެންމެ އަގުބޮޑު ތަރިކައެވެ. އެއީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި އދއިންވެސް ހިމަނާފައިވާ ބިނާއެކެވެ. ފަރަންސޭސިވިލާތަށް ދަތުރެއް ކޮށްފިނަމަ، އައިފިލް ޓަވަރު ފެންނަ ގޮތަށް ފޮޓޯއެއް ނުނެގުނިއްޔާ ދަތުރު ފުރިހަމަ ނުވާ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

ޕެރިސް އޮލިމްޕިކްސްގައި އެންމެ ފާހަގަ ކޮށްލެވޭ އެތުލީޓުންނާއި ކުޅުންތެރިންނަށް އައިފިލް ޓަވަރުން ބައެއް ދެނީ، މެޑަލްގެ ގޮތުގައެވެ. މެޑަލްގެ މެދުގައި ހެކްސަގަން ނުވަތަ 6 ކަން ބައްޓަމަށް ފަރުމާކޮށްފައިވާ ދަގަނޑު ފޮއްޗަކީ، އައިފިލް ޓަވަރުން ނަގާ ބައު ދަގަނޑުން ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

"ޕެރިސް 2024"ގެ ކްރިއޭޓިވް ޑައިރެކްޓަރ، ތިޔެޣީ ޣުބޫލް ކިޔައިދިން ގޮތުގައި، އައިފިލް ޓަވަރުގެ ބައު ދަގަނޑުން މެޑަލް ތައްޔާރު ކުރަން ނިންމީ، ފަރަންސޭސީންގެ ރަމްޒާ މެޑަލްތައް ގުޅުވާލުމުގެ ގޮތުން ކަމަށެވެ.

ފަރަންސޭސިވިލާތުގެ ބައްޓަމަށް، 18 ގުރާމްގެ ހެކްސަގަން ޓޯކަންތައް ފަރުމާކޮށްފައި ވަނީ ފަރަންސޭސިވިލާތުގައި ލަގްޜަރީ ފެންވަރުގެ ގަހާނާއާއި ގަޑި އުފެއްދަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ޝޮމޭއިންނެވެ. މެޑަލްތައް ތައްޔާރު ކުރަން ބޭނުން ކުރި ބައު ދަގަނޑަކީ، އައިފިލް ޓަވަރު މަރާމަތުކޮށް، އާބާތުރަފިލުވުމަށް އެކި ފަހަރު މަތިން ހިންގި މަޝްރޫޢުތަކުގެ ތެރޭގައި އެއްކޮށްފައި ހުރި ދަގަނޑެވެ. އެ ދަގަނޑުތައް ރައްކާ ކޮށްފައި ހުންނަތާ އެތައް އަހަރެއް ވެފައި ވާ އިރު، އެ ގުދަން ހުންނަނީ ކޮންތާކުކަން ހާމައެއް ނުކުރެއެވެ. އެ މަޢުލުމާތު އޮންނަނީ ސިއްރު ކޮށްފައެވެ.

މެޑަލްގެ މެދުގައި ވާ މިދެންނެވި 6-ކަން ބައްޓަމުގެ ޓޯކަން އިން ބޭރަށް ވާ ގޮތަށް ކެނޑުންތަކެއްވެސް ހުރެއެވެ. އެ ކެނޑުންތައް ރަމްޒުކޮށްދެނީ އަލި ދޯދިތަކެވެ. އެއީ ޝޯމޭގެ އަރުޝީފުގައި އޮތް ތާޖެއްގެ ފަރުމާއިން ނެގި ޚިޔާލެކެވެ. މެޑަލްގެ ނުފުށުގައިވެސް އައިފިލް ޓަވަރުގެ ތަސްވީރެއް ހިމަނާފައިވެއެވެ.

ޕެރަލިމްޕިކްސް ނުވަތަ ނުކުޅެދޭ މީހުންގެ އެންމެ ވަރުގަދަ ކުޅިވަރު މުބާރާތުގެ މެޑަލިސްޓުންނަށްވެސް ޚާއްޞަ މެޑަލްތަކެއް ވަނީ ފަރުމާކޮށްފައެވެ. މެޑަލްގައި ކަނޑާ ނަގާފައި ވަނީ ބްރެއިލްއިންނެވެ. އެއީ ލޯފާން މީހުންނަށް ޚާއްޞަކޮށްގެން ކަމަށް ވާއިރު، ޕެރަލިމްޕިކްސްގެ މެޑަލްތަކުގައި އައިފިލް ޓަވަރުގެ ތަސްވީރު ހިމަނާފައި ވަނީ، ޓަވަރުގެ ދަށުގައި ހުންނައިރު، ބޯމަތިން ޓަވަރު ފެންނަ ފަދަ މަންޒަރެއް ސިފަވާ ގޮތަށެވެ. އެއީ ޓަވަރު އީޖާދު ކުރި ފަރަންސެސި ޝަޚްސުގެ ހަނދާނުގައެވެ.

ކުރިއަށް އޮތް ފޯރިގަދަ އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް ޚާއްޞަކޮށްގެން، ފަރަންސޭސިވިލާތުން 5084 މެޑަލްއެއް ތައްޔާރު ކުރާ ކަމަށް މަޢުލޫމާތު ލިބެއެވެ. ޕެރިން 2024 އޮލިމްޕިކް ގޭމްސް ކުރިއަށް ދާނީ ޖުލައި 26 އިން އޯގަސްޓް 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުއިދާގާ ވެގެންދާނީ ވަރަށް ތަފާތު ބޮޑު ފިލްމަކަށް: ވަރުން ދާވަން

ސުއިދާގާ ވެގެންދާނީ ވަރަށް ތަފާތު ބޮޑު ފިލްމަކަށް: ވަރުން ދާވަން

03 ޖެނުއަރީ 2018
ޕެރިސް ހިލްޓަންގެ އެންގޭޖްމަންޓް އަނގޮޓީގެ އަގަކީ ދެ މިލިއަން ޑޮލަރު

ޕެރިސް ހިލްޓަންގެ އެންގޭޖްމަންޓް އަނގޮޓީގެ އަގަކީ ދެ މިލިއަން ޑޮލަރު

03 ޖެނުއަރީ 2018
އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން

އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން

28 ޑިސެމްބަރު 2017
އަޖޭގެ ފިލްމުގައި ކާޖޮލް ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުން

އަޖޭގެ ފިލްމުގައި ކާޖޮލް ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުން

25 ޑިސެމްބަރު 2017
ޝާހުރުކް ޚާންއާއެކު "ޑޯން 3" އިން ފެނިގެންދާނީ ދިޕިކާތަ؟ ނޫނީ ޕްރިޔާންކާތަ؟

ޝާހުރުކް ޚާންއާއެކު "ޑޯން 3" އިން ފެނިގެންދާނީ ދިޕިކާތަ؟ ނޫނީ ޕްރިޔާންކާތަ؟

14 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު