Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ގާ ކޮޅުތައް ގަހަނާ އަށް ބަދަލުކުރުން

ޙާޝިމްގެ ދިރިއުޅުން ބުނެދެނީ، ކަވި މަސައްކަތަކަށް ވަކި ޢުމުރެއް ނެތް ކަން!

އެ ހުނަރަކީ އޭނާ "ރަސްމީކޮށް" ދަސްކުރި ހުނަރެއް ނޫން، ހުނަރުގެ އުކުޅުތަކަކީ، އިންޑޮނޭޝިއާގެ ތަޖުރިބާކާރުން އުފައްދާފައިވާ ޔޫޓިއުބް ކޮންޓެންޓް ބަލައިގެން ދަސްކުރި ހުނަރު ތަކެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 17 މާރިޗު 2024 | އާދީއްތަ 08:27
ޙާޝިމް ޞައާން؛ ޢިރާގު ރައްޔިތެއް

ޙާޝިމް ޞައާން؛ ޢިރާގު ރައްޔިތެއް

ކަވި، ހުނަރުވެރި ފަންނަކީ ވަކި ޢުމުރެއްގެ، ވަކި ނަސްލެއްގެ ނުވަތަ ވަކި ޖިންސެއްގެ މީހަކަށް ޚާއްޞަ ކަމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އެކި ހުނަރުތައް ލިބިފައި ވާ އިރު، ބައެއް މީހުންނަކީ އެ ހުނަރުތައް ދެނެގަނެ، އެ ހުނަރުތަކުގެ އެހީގައި ދިރިއުޅުން އާރާސްތު ކުރަމުންދާ މީހުންނެވެ. ޢިރާޤަށް އުފަން ޙާޝިމް ޞައާންއަކީވެސް ހަމަ އެފަދަ މީހެކެވެ. އޭނާގެ އަސްލާއި، ނަސްލާއި، ޢުމުރަކީ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އޮތް ހުރަހެއް ކަމުގައި ފަހަރެއްގައިވެސް ނުހަދައެވެ.

ދުވަހުގެ ތާވާލު ރާވާފައި އޮންނަ ގޮތުން، ދުވާލުގެ ވަގުތުތަކަކީ ތިގްރީސް ކޯރުގެ އައްސޭރިފަށުގެ ސަރަޙައްދުގައި ޙާޝިމް ހޭދަ ކުރާ ވަގުތުތަކެކެވެ. އައްސޭރިފަށުގައި، މަޑު ހިނގުމެއްގައި ހިނގަމުން އެ ދަނީ ވަކި މަޤްޞަދެއް އޮވެގެންނެވެ. ހުރިހާވެސް ބޭނުމަކީ އެ ސަރަޙައްދަށް ލައްގާފައި ވާ އެކި ކަހަލަ ހިލަޔާއި ގައު ކޮޅުކޮޅު އެއްކުރުމެވެ. އަތްފުނާ އަޅަމުން ދަނީ ފިސާރި ފަރުވާތެރިކަމާ އެކުގައެވެ. އުންމީދަކީ، އަގުހުރި ޖަވާހިރުކޮޅެއް ފެނުމެވެ.

އެއް އަތުން ސްޕްރޭ ފުޅިއަކާއި އަނެއް އަތުން ކުޑަވަރެއްގެ ޓޯޗެއް ހިފައިގެން ޙާޝިމް ކުރަމުން ދާ މަސައްކަތަކީ އޭނާގެ ސަމާލުކަން ދަމައިގަންނަ ހިލަޔާއި ގައު ކޮޅުކޮޅު ފުނޑުކުރުމެވެ. ކޮންމެކޮންމެ ހިލަކޮޅަކަށް ނޫނީ ގައު ކޮޅަކަށް އެހެނެއް ނުހަދައެވެ. އެކަން ކުރަނީ އަނގޮޓި ނުވަތަ ގަހަނާގެ އެ ނޫންވެސް ބާވަތެއް އުފައްދަން ބޭނުން ކުރެވިދާނެ ކަމަށް އޭނާއަށް ޤަބޫލު ކުރެވޭ ހިލަޔާއި ގައު ކޮޅުކޮޅަށް އެކަންޏެވެ.

ޢުމުރުން 58 އަހަރުގެ ޙާޝިމް ކިޔައި ދިން ގޮތުގައި އެ ހުނަރަކީ ފަހަރެއްގައިވެސް އޭނާ "ރަސްމީކޮށް" ދަސްކުރި ހުނަރެއް ނޫނެވެ. ނަމަވެސް އެ ހުނަރުގެ އުކުޅުތަކަކީ، އިންޑޮނޭޝިއާގެ ތަޖުރިބާކާރުން އުފައްދާފައިވާ ޔޫޓިއުބް ކޮންޓެންޓް ބަލައިގެން ދަސްކުރި ހުނަރު ތަކެއް ކަމަށް ޙާޝިމް ބުނެއެވެ.

ގޮނޑުދޮށުގައި ހިނގާލައިގެން ޙާޝިމް އެއްކުރާ ހިލަޔާއި ގައުކޮޅުކޮޅު ގަހަނާއަށް ބަދަލު ކުރަނީވެސް ހަމަ އޭނާ އަމިއްލައަށެވެ. އޭނާގެ އަމިއްލަ އަތުން ތައްޔާރު ކުރާ ގަހަނާތައް ވިއްކަނީ ޢިރާޤުގެ މޫސަލްގައެވެ. ގަހަނާގެ ބާވަތަށް ބަލާ، ބައެއް އުފެއްދުންތައް 20 ޑޮލަރަށް ވިއްކާއިރު އަނެއް ބައި އުފެއްދުންތައް 40 ޑޮލަރަށްވެސް ވިއްކާލައެވެ.

ގަހަނާގައު

ކޮމެންޓް

އިތުރަށް ކިޔާލަން

ގަހެއް ހެދި ބޮޑު ވަނީ ވަރަށް ދުވަހުން، ދިރިއުޅުން އާރާސްތު ކުރުންވެސް އޮތީ ހަމަ އެހެން!

ގަހެއް ހެދި ބޮޑު ވަނީ ވަރަށް ދުވަހުން، ދިރިއުޅުން އާރާސްތު ކުރުންވެސް އޮތީ ހަމަ އެހެން!

15 ޑިސެމްބަރު 2023
ނާޔާއާއި ލައިލާ ބުނެދެނީ ސަނަދުގައި ހިފައިގެން ނުތިބެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަން!

ނާޔާއާއި ލައިލާ ބުނެދެނީ ސަނަދުގައި ހިފައިގެން ނުތިބެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަން!

13 އޯގަސްޓު 2023
ކުލި އަގުބޮޑުކަމުން މި ޒުވާނާގެ ދިރިއުޅުން ބަދަލު ކުރީ ކުނިގޮނޑަށް!

ކުލި އަގުބޮޑުކަމުން މި ޒުވާނާގެ ދިރިއުޅުން ބަދަލު ކުރީ ކުނިގޮނޑަށް!

08 މާރިޗު 2023
"ބަޚޫރް"ގެ ހިތްގައިމު ވަހުން، 6 ދަރިންގެ ހުވަފަތް މަންމަ، ދިރިއުޅުން ކޮޅަށް ޖަހައިފި

"ބަޚޫރް"ގެ ހިތްގައިމު ވަހުން، 6 ދަރިންގެ ހުވަފަތް މަންމަ، ދިރިއުޅުން ކޮޅަށް ޖަހައިފި

08 ފެބުރުއަރީ 2023
އަމިއްލަ ދިރިއުޅުން ވީޑިއޯ ގޭމަކަށް ބަދަލުކޮށްލި ޒުވާނާ ބުނަނީ ކީކޭ؟

އަމިއްލަ ދިރިއުޅުން ވީޑިއޯ ގޭމަކަށް ބަދަލުކޮށްލި ޒުވާނާ ބުނަނީ ކީކޭ؟

09 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު