Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ބަޔާންގެ ޑިފެންޑަރު ޕަވާޑް ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަނީ

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާގެ އެއްބަސްވުން ހަމަވާއިރު، ޕަވާޑް މިހާރު ބޭނުންވަނީ ބަޔާން ދޫކޮށްލުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2023 | އާދީއްތަ 02:00
ބަޔާނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް

ބަޔާނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް

ޖަރުމަނުގެ ބަޔާނަށް މިއުނިކަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ޑިފެންޑަރު ބަޔާނާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާގެ އެއްބަސްވުން ހަމަވާއިރު، ޕަވާޑް މިހާރު ބޭނުންވަނީ ބަޔާން ދޫކޮށްލުމަށެވެ. އެހެންކަމުން ބަޔާނުން އޭނާގެ އެއްބަސްވުން އައު ކުރުމަަށް ބޭނުންވި ނަމަވެސް، އެކަމާ ޕަވާޑް ދެކޮޅު ހަދަ އެވެ. ޕަވާޑް ބޭނުންވަނީ ބަޔާން ދޫކޮށްލުމަށްފަހު، އެހެން ފުރުސަތެއް ތަޖުރިބާ ކުރުމަށެވެ. ޕަވާޑް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް، ޔުނައިޓެޑުން ބަޔާނާ މަޝްވަރާކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. އެހެން ނަމަވެސް، އެކަމުގައި މިހާތަނަށް ބަޔާންގެ ފަރާތުން އެއްވެސް ކަހަލަ ފެހި ސިގްނަލެއް ޔުނައިޓެޑަށް ނުލިބޭ ކަމަށް ވެސް މީޑިއާ ތަކުން ބުނެ އެވެ. ޕަވާޑް ހޯދުމަށް ޔުނައިޓެޑުން ބޭނުންވަނީ ޓީމުގެ ޑިފެންސް ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. އޭނާ އަކީ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ގަޔާވާ ކުޅުންތެރިޔެއް ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ސްޓަޓްގާޓް ދޫކޮށް ޕަވާޑް ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ޕަވާޑް ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 162 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ. 2019 ވަނަ އަހަރު ބަޔާނުން އޭނާ ހޯދީ، އޭގެ ކުރިން 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕްގައި ޕަވާޑުގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުންނެވެ. ބަޔާނާއެކު މިހާތަނަށް އޭނާ ވަނީ 11 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ފްރާންސް ޤައުމީ ޓީމުން ޕަވާޑަށް ޖާގަ ލިބުނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 49 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ.

ބަޔާން މިއުނިކްޕަވާޑްމެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު