Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ބާސެލޯނާ ދޫކޮށް ޑެމްބެލޭ ޕީއެސްޖީ އަށް ސޮއި ކޮށްފި

ޕީއެސްޖީ އާއެކު އޭނާ ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އޯގަސްޓު 2023 | ހޮނިހިރު 08:50
ޕީއެސްޖީ އަށް ސޮއި ކުރުމަށް ފަހު ޑެމްބެލޭ

ޕީއެސްޖީ އަށް ސޮއި ކުރުމަށް ފަހު ޑެމްބެލޭ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އައި ފްރާންސްގެ އޮސްމާން ޑެމްބެލޭ އެކުލަބު ދޫކޮށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ސޮއި ކޮށްފި އެވެ.

ޑެމްބެލޭ ޕީއެސްޖީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެ ކުލަބުން މިހާރު ވަނީ ރަސްމީކޮށް އެކަން ހާމަކޮށްފަ އެވެ. ޕީއެސްޖީ އާއެކު އޭނާ ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށް ޑެމްބެލޭ އެ ކުލަބުގައި މަޑު ކުރާނެ އެވެ. ޕީއެސްޖީގައި ޑެމްބެލޭ ބޭނުންކުރާނީ 28 ނަންބަރު ޖާޒީ އެވެ. ޑެމްބެލޭ ބާސެލޯނާ ދޫކޮށްލީ އެ ކުލަބުން އޭނާ ބަހައްޓަން މަސައްކަތް ވެސް ކޮށްފައި ވަނިކޮށެވެ. އޭނާ އަކީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އެ ޓީމުގައި ބަހައްޓަން ބޭނުންވި ކުޅުންތެރިޔެކެވެ. އެހެން ނަމަވެސް، ޑެމްބެލޭ ފަހު ވަގުތު ނިންމީ ޕީއެސްޖީ އަށް ބަދަލުވުމަށެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށް ޑެމްބެލޭ ބާސެލޯނާ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޭނާ ވަނީ އެކުލަބުގެ އެއްބަސްވުން އައު ކޮށްފަ އެވެ. ބާސެލޯނާ ދޫކޮށްލަން އޭނާ ނިންމީ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވަ އެވެ. ޑެމްބެލޭ ވަނީ ބާސެލޯނާ އަށް ކުޅެދިން 185 މެޗުގައި 40 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އުމުރުން 26 އަހަރުގެ ޑެމްބެލޭ އަކީ ފްރާންސް ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ. ޤައުމީ ޓީމަށް އޭނާ ވަނީ 37 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހައިފަ އެވެ. ފްރާންސް އާއެކު އޭނާ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަދި މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައި ވެސް އޭނާ ވަނީ ކުޅެފަ އެވެ.

ބާސެލޯނާޕީއެސްޖީއޮސްމާނޭ ޑެމްބެލޭ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް
17 ޑިސެމްބަރު 2025

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

17 ޑިސެމްބަރު 2025
ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި
17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު