Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަނީޕޫރު ކޯޅުންގަނޑު

މަނީޕޫރު ކޯޅުންގަނޑު: މޯދީ ސަރުކާރުގެ ޚުދުމުޚުތާރުކަމުގެ ހެއްކެއް

މެއި 3 ވަނަ ދުވަހު ކޯޅުންގަނޑު ފެށިފަހުން ޖުލައި މަހުގެ ފަހުކޮޅަށް އައި އިރު، އެ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު 130 އަށް ވަނީ އަރާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 އޯގަސްޓު 2023 | ހުކުރު 15:47
މަނީޕޫރު ކޯޅުންގަނޑު: މޯދީ ސަރުކާރުގެ ޚުދުމުޚުތާރުކަމުގެ ހެއްކެއް

މަނީޕޫރު ކޯޅުންގަނޑު: މޯދީ ސަރުކާރުގެ ޚުދުމުޚުތާރުކަމުގެ ހެއްކެއް

ޓެކްނޮލޮޖީއާއި އެނޫންވެސް ގޮތް ގޮތުން ކުރިއަރާފައި ވާ އަދުގެ ދުނިޔޭގައި އަދިވެސް ޙައްލު ނުލިބި އޮތް  އެންމެ ބޮޑު އެއް މައްސަލައަކީ ނަސްލީ ކޯޅުންތަކާއި ތަޅާފޮޅުންތަކެވެ. އެންމެ ކުރިއަރާފައިވާ ޤައުމުތަކާއި، ބިޔަ ޑިމޮކްރަސީ ކަމަށް ވަކާލާތު ކުރާ ޤައުމުތަކުގެ ހާލަތަކީވެސް ހަމަ އެއީއެވެ. ނަސްލީ ކޯޅުންތަކާއި ތަޅާފޮޅުންތަކުގެ ވާހަކަ ދައްކާއިރު، ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާ އެއް ޤައުމަކީ އަވަށްޓެރި އިންޑިއާއެވެ. އިންޑިއާގެ އެކި ހިސާބުތަކަށް ބެހިފައި ވާ ނަސްލީ ގުރޫޕުތަކުގެ ޢަދަދު 2000 އިން މައްޗަށް އަރައެވެ. މި ފަހަކަށް އައިސް ބައިނަލްއަޤުވާމީ މީޑިއާގެ ފަލަ ސުރުޚީތަކުން ފެންނަ އެއް ޚަބަރަކަށް ވެފައި ވަނީ، އިންޑިއާގެ މަނީޕޫރުގައި ހިންގަމުންދާ ނަސްލީ ހަމަނުޖެހުންތަކުގެ ވާހަކައެވެ.

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށް ވާ މަނީޕޫރު އޮންނަނީ ބަންގްލަދޭޝްގެ އިރުންނެވެ. ބޯޑަރު ހިއްސާ ކުރަނީ މިޔަންމާއާއެވެ. އާބާދީއަކީ ގާތްގަނޑަކަށް 3.3 މިލިއަން މީހުންނެވެ. އާބާދީގެ 2 ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ މެއިތީންނެވެ. ގާތްގަނޑަކަށް 43 ޕަސެންޓް ހިއްސާ ކުރަނީ ކޫކީންނާއި ނާގާސްއިންނެވެ.

މަނީޕޫރަކީ މާ ސިންގާ އިންޑިއާގެ ކުޑަކުޑަ ސްޓޭޓްއެކެވެ. އެ ސްޓޭޓްގައި ހިންގަމުންދާ ނަސްލީ ކޯޅުންގަނޑަކީ، މިއަދު ބައެއް މީހުން ސިފަ ކުރާ ގޮތުގައި ސްޓޭޓް ފެންވަރުގައި ކުރާ ދާޚިލީ ހަނގުރާމައެކެވެ. ކޯޅުންގަނޑު ހިންގަމުން ދަނީ އެންމެ ބޮޑު 2 ގުރޫޕުގެ މެދުގައެވެ. އަޣުލަބިއްޔަތު ބޮޑު މެއިތީ ނަސްލާއި މައިނޯރިޓީންގެ ގޮތުގައި އޮތް ކޫކީ ނަސްލާ ދެމެދުގައެވެ. މެއި މަހު ހޫނު ވާން ފެށި ދެބަސްވުންތަކާއި ތަޅާފޮޅުންތަކުގެ އަސްލަކަށް ވެފައި ވަނީ ބިމުގެ މައްސަލައެވެ. ބާރާއި ނުފޫޒުގެ މައްސަލައެވެ.

މެއި 3 ވަނަ ދުވަހު ކޯޅުންގަނޑު ފެށިފަހުން ޖުލައި މަހުގެ ފަހުކޮޅަށް އައި އިރު، އެ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު 130 އަށް ވަނީ އަރާފައެވެ. ޒަޚަމްވީ މީހުންގެ ޢަދަދު 400 އަށް އަރައެވެ. ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ހުއްޓުވުމުގެ މަސައްކަތުގައި އަސްކަރިއްޔާއާއި، ޕެރާމިލިޓްރީ ބާރުތަކާއި ފުލުހުން އުޅެމުން ދިޔަ ނަމަވެސް، ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައި ވާ މީހުންގެ ޢަދަދު 60000 އަށް ވުރެ މައްޗަށް އަރައެވެ.

ފުލުހުންގެ އަސްކަރީ އުޅަނދުތައް ވަނީ ލޫޓުވާފައެވެ. އެކި ދީންތަކުގެ މީހުން އަޅުކަން ކުރަން ދާ އެތައް ސަތޭކަ ފައްޅިއަކާއި މަންދިރެއް ވަނީ ހަލާކުކޮށްފައެވެ. އެތައް އަވަށެއް ވަނީ ސުންނާފަތި ކޮށްފައެވެ.

ހަމަނުޖެހުންތައް ހޫނުވެ، މަސްރަހު ގޯހުން ގޯހަށް ދާން ފެށީ މެއިތީންގެ ޑިމާންޑްތަކާއި ދެކޮޅަށް ކޫކީން މުޒާހަރާ ކުރަން ފެށި ހިސާބުންނެވެ. މެއިތީންގެ ޑިމާންޑަކަށް ވީ އެމީހުންނަށް ރަސްމީ ސިފައެއްގައި ޤަބީލާއެއްގެ ދަރަޖަ ދިނުމެވެ. ނަމަވެސް ކޫކީން ވަކާލާތު ކުރާ ގޮތުގައި، އެކަން އެގޮތަށް ކޮށްފިނަމަ، މިހާރުވެސް ސަރުކާރާއި މުޖުތަމަޢުގެ މައްޗަށް މެއިތީންގެ އަތުގައި އޮތް ބާރާއި ނުފޫޒު އިތުރަށް ގަދަ ވެގެން ދާނެއެވެ. އޭގެ ނަތީޖާއަކަށް ވާނީ، މީގެ ކުރިން ކޫކީން ވަޒަންވެރިވެފައިވާ ބިންތައް ގަނެ، އެ ސަރަޙައްދުތަކުގައި މެއިތީން ވަޒަންވެރިވުން ކަމަށް ކޫކީން ބުނެއެވެ.

ކަން މިހެން އޮތް ނަމަވެސް، ކޯޅުންގަނޑުގެ ފަހަތުގައި ފޮރުވިފައި ވާ އެތައް މައްސަލައެއް އެބަ އޮތެވެ. ކޫކީން ބުނާ ގޮތުގައި، މެއިތީންގެ ކޮންޓްރޯލް އޮތް ސަރުކާރުން ޚަރަދު ކޮށްގެން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ، ކޫކީންގެ އާބާދުތައް މުލުން ލުހެމުމަށް ޖެހި 'އިސްކިރީނެކެވެ'. ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔައީ ޣައިރު ޤާނޫނީ ގޮތެއްގައި މިޔަންމާއިން އެތެރެވާ ހިޖުރަވެރިން ގިނަ ވާން ފެށުމުންނެވެ. އާބާދީ އިތުރު ވަމުން ދިޔަ ވަރަކަށް، ބިމުގެ ބޭނުންތަކަށް އޮތް ޕްރެޝަރުވެސް ބޮޑު ވާން ފެށިއެވެ. ވަޒީފާ ނެތް މީހުންގެ ޢަދަދު އިތުރުވެ، ހަނގުރާމަވެރި ޖަމާޢަތްތަކާ ދިމާއަށް ޒުވާނުންގެ މިޞްރާބު ކަސިޔާރު ވާން ފެށިއެވެ.

އަމިއްލަ ބިމުގެ މިލްކުވެރިކަމާއި ދީނީ ޚިޔާލު ތަފާތުވުންތަކާ ހެދި މެއިތީންނާއި، ކޫކީން އަދި ނާގާގެ ހަނގުރާމަވެރި ގުރޫޕުތަކުން ކުރިމަތިލުންތައް ހިންގާތާ އެތައް އަހަރެއްވެއްޖެއެވެ. ހުރިހާ ކޮޅަކުންވެސް، އިންޑިއާގެ ސަލާމަތީ ބާރުތަކާވެސް ވަނީ ކުރިމަތިލާފައެވެ. ނަމަވެސް، މިފަހުން ފެށިގެން އުޅޭ ކޯޅުންގަނޑުގެ އެންމެ ކުރީ ސަފުގައި އޮތީ މެއިތީންނާއި ކޫކީންނެވެ. މި ކޯޅުންގަނޑަކީ ދީނީ ކޯޅުމެއް ނޫންކަމަށާއި، ނަމަވެސް ކޯޅުންގަނޑު މޫލާފައި ވަނީ ނަސްލީ ތަފާތުތަކާ ކަމަށް ބުނެވެއެވެ.

މެއިތީންގެ ނަސްލު، މަނީޕޫރާއި މިޔަންމާއާއި ދެންވެސް ވަށައިގެން އޮތް ސަރަޙައްދުތަކަށް ފެތުރިފައިވެއެވެ. ގިނަ މީހުން ތަބާވަނީ ހިންދޫ ދީނަށެވެ. ކޫކީންގެ ތެރޭގައި ގިނައީ ނަޞާރާއިންނެވެ. ކޫކީންގެ އާބާދުތައް ފެތުރިފައި ވަނީ އިންޑިއާގެ އިރުއުތުރުގެ ސަރަޙައްދުތަކަށެވެ. މަނީޕޫރާއި މިޔަންމާގައިވެސްމެއެވެ. މެއިތީން މައިގަނޑު ގޮތެއްގައި ދިރިއުޅެމުން ދަނީ އިމްފާލް ވާދީގައި ކަމަށް ވާއިރު، ކޫކީން ދިރިއުޅެނީ ވަށައިގެން އޮތް ފަރުބަދަމަތީ ސަރަޙައްދުތަކުގައެވެ.

މަނީޕޫރުގައި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ދާދި ފަހަކާ ޖެހެންދެން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ހަނު ހުންނެވީއެވެ. ނަމަވެސް މެއި 4 ވަނަ ދުވަހު އަންހެނުންތަކަކަށް ލާއިންސާނީ އަނިޔާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއް މި ހަފުތާގައި އާންމުވި ހިސާބުން މޯދީ ވަނީ، އެ ޢަމަލަކީ އިންޑިއާ ލަދުގަންނަވާލި އަމަލެއް ކަމަށް ވިދާޅުވެފައެވެ. ޒިންމާ އުފުލަންޖެހޭ އެއްވެސް މީހަކަށް ދޫ ނުދެއްވާނެ ކަމަށާ، މަނީޕޫރުގެ އަންހެން ދަރިންނަށް ލިބުނު އަނިޔާއަށް މަޢާފުދެވެން ނޯންނާނެ ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް ނަމަވެސް، މަނީޕޫރުގެ މައްސަލާގައި މޯދީގެ ފަރާތުން މާ ބޮޑު އަޑެއް އިވެމުން ނުދާ ކަމުގެ ޝަކުވާއަކީ އިންޑިއާގެ ގިނަ ބަޔަކު މިއަދުވެސް ކުރަމުންދާ ޝަކުވާއެކެވެ. މި މައްސަލާގައި އެއްޗެއް ވިދާޅު ނުވެ މޯދީ އެހާ ލަސްކުރެއްވީ ކީއްވެތޯވެސް އެތައް ބަޔަކު ސުވާލު އުފައްދައެވެ.

އިންޑިއާގެ މައި ސަރުކާރުން ވަނީ ހަމަނުޖެހުންތައް ހޫނުވެފައިވާ ސަރަޙައްދުތަކުގައި 40000 އެއްހާ ސިފައިންނާއި، ޕެރާމިލިޓްރީ ފައުޖުތަކުގެ އިތުރުން ފުލުހުން ރުކުރުވާލާފައެވެ. ނަމަވެސް، ސީދާ ވެރިކަން ހިންގުމަށް ޤަބީލާ ލީޑަރުން ގޮވާލި ގޮވާލުމަށް އިޖާބަދީފައެއް ނުވެއެވެ.

މަނީޕޫރު ސްޓޭޓްގެ ސަރުކާރު ހިންގަނީވެސް މޯދީގެ ބާރްތިޔާ ޖަނާތާ ޕާޓީއިންނެވެ. އިސްކޮށް ހުންނަވަނީ އެން ބިރެން ސިންހްއެވެ. އެއީ މެއިތީއެކެވެ. މަނީޕޫރުގެ ސަރަޙައްދީ ޕާލަމަންޓަށް ބަލާއިރު، 60 ގޮނޑީގެ ތެރެއިން 40 ގޮނޑި ކޮންޓްރޯލް ކުރަނީ މެއިތީންނެވެ.  

މަނީޕޫރުގައި ހިންގަމުންދާ ނަސްލީ ތަޅާފޮޅުންތަކާ ދެކޮޅަށް، އިންޑިއާގެ ޔޫތު ކޮންގްރެސްއިން ވަނީ އޯގަސްޓް 8 ވަނަ ދުވަހު، ވެރިރަށް ނިއުދިއްލީގައި މުޒާހަރާ ކޮށްފައެވެ. މުޒާހަރާގެ ބައިވެރިންނާއި އިންޑިއާގެ ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވެސް ވަނީ ހިންގާފައެވެ.

އިދިކޮޅު ޕާޓިގެ ޒުވާނުން ވަނީ އިންޑިއާގެ ސަރުކާރާއި މޯދީއާ ދެކޮޅަށް އަޑު އުފުލާފައެވެ. ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިގެން ދިއުމާއި، ވަޒީފާ ނުލިބުމުގެ މައްސަލައާ ގުޅިގެންވެސް ކަންބޮޑުވުން ފާޅު ކޮށްފައިވެއެވެ.

ނިއުދިއްލީގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައި ވާ ކަމަށްވެސް ޚަބަރު ލިބެއެވެ.

އިންޑިއާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު