Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ކޯޓުއާގެ ކަކޫ ހަލާކުވެ ރެއާލް ހާސްކަމުގެ ތެރެއަށް

އަނިޔާގެ ސަބަބުން ސީޒަނުގެ ބޮޑުބައެއްގައި އޭނާ އަށް ނުކުޅެވޭނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 11 އޯގަސްޓު 2023 | ހުކުރު 06:34
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ

ގޯލްކީޕަރު ތިބައޫ ކޯޓުއާ އަށް އަނިޔާވެ، ސްޕޭނުގެ ރެއާލް މެޑްރިޑް ވަރަށް ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

އައު ފުޓްބޯޅަ ސީޒަން ފަށަން ދެތިން ދުވަހަށްވެފައިވަނިކޮށް ކޯޓުއާގެ ކަކުލަށް އަނިޔާވީ ޕްރެކްޓިހުގަ އެވެ. އަދި މި އަނިޔާގެ ސަބަބުން ސީޒަނުގެ ބޮޑުބައެއްގައި އޭނާ އަށް ނުކުޅެވޭނެކަން ރެއާލް މެޑްރިޑުން ވަނީ ޔަގީންކޮށްދީފަ އެވެ. ސަބަބަކީ އަނިޔާ މުޅިން ރަނގަޅު ކުރެވޭނީ ކަކޫ އޮޕަރޭޝަން ކޮށްގެން ކަމަށްވާތީ އެވެ.

2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ވެސް ހޯދި ކޯޓުއާގެ އަކީ ދުނިޔޭގައި މިވަގުތުހުރި އެންމެ މޮޅު އެއް ކީޕަރެވެ. ރެއާލް މެޑްރިޑުން އެންމެ ކަންބޮޑުވަނީ އޭނާ ފަދަ ދެ ވަނަ ކީޕަރަކު ނެތުމުންނެވެ. އަދި ސީޒަން ފަށަން ކުޑަތަންވުމުންނާއެކު މިވަގުތު ފަސޭހަ އަގެއްގައި މޮޅު ކީޕަރަކު ގަނެވެން ނެތުމުންނެވެ.

އެތްލެޓިކޯ މެޑްރިޑާއި ޗެލްސީ އަށް ކުޅުމަށްފަހު 2018 ވަނަ އަހަރު ރެއާލް އަށް ބަދަލުވުމަށްފަހު ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ ފާއިތުވެދިޔަ ފަސް ސީޒަނުގައި ރެއާލްގައި މޮޅަށް ކުޅެފަ އެވެ. މިހާތަނަށް އޭނާ ވަނީ 230 މެޗު ކުޅެދީފަ އެވެ.

ތިބައޫ ކޯޓުއާރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު