Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ކޯޓުއާ އަށް އަނިޔާވެ ކުޅުމާ ދުރަށް، ރެއާލުން ކީޕަރެއް ހޯދަނީ

މެޑިކަލް ޓެސްޓުތަކުން ފެންނަ ގޮތުގައި އޭނާގެ ވާއަތު ކަކުލުގެ ލިގަމެންޓް ވަނީ ފަޅައިގެން ގޮސްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2023 | ހުކުރު 06:24
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ

ސްޕެއިންގެ ރެއާލް މެޑްރިޑުގެ އެއް ނަންބަރު ގޯލް ކީޕަރު، ބެލްޖިއަމްގެ ތިބައޫ ކޯޓުއާ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އެކަން ހާމަކޮށްފައި ވަނީ ރެއާލުން ނެރުނު ބަޔާނެއްގަ އެވެ. ރެއާލުން ބުނީ މެޑިކަލް ޓީމުން ކުރިއަށް ގެންދިޔަ ކޯޓުއާގެ މެޑިކަލް ޓެސްޓުތަކުން ފެންނަ ގޮތުގައި އޭނާގެ ވާއަތު ކަކުލުގެ ލިގަމެންޓް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޭނާ ސާޖަރީއެއް ހަދާނެ ކަމަށް ވެސް ކުލަބުން ވަނީ ހާމަކޮށްފަ އެވެ. ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކޯޓުއާ އަށް އަނިޔާވީ، އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލުން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިންނެވެ. އައު ސީޒަން ފެށެން މަދު ދުވަސްކޮޅަކަށްވެފައިވާއިރު، ކޯޓުއާ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމަކީ ރެއާލަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ. އެހެންކަމުން ރެއާލުން މިހާރު އަންނަނީ އައު ގޯލް ކީޕަރެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

ޗެލްސީ ދޫކޮށް ކޯޓުއާ ރެއާލަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. ރެއާލުން އޭނާ ހޯދީ އެ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުގައި ކޯޓުއާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ވެސް ކޯޓުއާ އެވެ. ރެއާލަށް ބަދަލުވި ފަހުން އޭނާ ވަނީ 230 މެޗުގައި ރެއާލްގެ ގޯލު ބަލަހައްޓައިފަ އެވެ. ރެއާލާއެކު ކޯޓުއާ ވަނީ އަށް ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ރެއާލަށް ބަދަލުވި ފަހުން ވެސް ކޯޓުއާ އަންނަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރެއާލް މެޑްރިޑްތިބައޫ ކޯޓުއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު