Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުސައިން ރިޒާގެ ވަޒީފާގެ މައްސަލަ

ރިޒާގެ ފަރާތުން ގުރައިދޫ ބައިލެކްޝަންގައި ވާދަކުރީ، ޖުޑީޝަރީގެ ވަޒީފާއާގުޅޭ މައްސަލަ ކޯޓު މަރުޙަލާގައި އޮއްވައި

މައްސަލަ ހިނގަމުންދަނިކޮށް އޭނާ ބޮޑު ސިޔާސީ ޙަރަކާތެއްގައި އަމަލީ ގޮތުން ޙަރަކާތްތެރިވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 އޯގަސްޓު 2023 | ބުރާސްފަތި 08:08
ކ.ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރެއްވި ހުސައިން ރިޒާ

ކ.ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރެއްވި ހުސައިން ރިޒާ

ކ.ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރެއްވި ހުސައިން ރިޒާ އެ މަޤާމަށް ވާދަކުރައްވައި ކެމްޕޭން ކުރެއްވީ އޭނާގެ ޝަރުއީ ދާއިރާގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއާ ގުޅޭ މައްސަލަ ކޯޓު މަރުޙަލާގައި ކުރިއަށް ދަނިކޮށްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުޙައްމަދު އިބްރާހިމް، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.

މިއީ ޖޭއެސްސީން 10 ފަރާތެއްގެ މައްޗަށް ރައްދުވާގޮތަށް އިސްތިއުނާފުކޮށްފައިވާ މައްސަލައެކެވެ.

އޭގެ ތެރޭގައި ހިމެނެނީ އަބްދުﷲ ޝާކިރު، މުޙައްމަދު ހަމީދު، އިބްރާހިމް އުމަރު، މުނާ މުޙައްމަދު، ހުސައިން ޝިޔާމް، އިބްރާހިމް ޝަރީފް، އަބްދުލް މާޖިދު އާދަމް، އިބްރާހިމް ތައުފީޤު މޫނިސް، މުޙައްމަދު ފަރްޒާދު އަލީ ހުސައިން އަދި ރިޒާ އާދަމްއެވެ.

އެ އެންމެންނަކީވެސް އެކި ކޯޓުތަކުގައި ކޯޓު އެޑްމިނިސްޓްރޭޓަރ އަދި ސީނިއަރ ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކެކެވެ.

އެމީހުން ވަޒީފާއިން ވަކިކުރީ 31 އޮކްޓޯބަރު 2020 ގައެވެ.

އެމީހުންނަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު ދެވަނަ އިސްލާޙާއެކު ކޯޓުތަކުގެ އޮނިގަނޑަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގެނައި ބަދަލުތަކަކާއި ގުޅިގެން މަޤާމުތައް އުވިފައިވާ ފަރާތްތަކެކެވެ.

އޭގެ ކުރިން އެމީހުންނަށް އައު އޮނިގަނޑުގެ ތެރެއިން މަޤާމެއް ހަމަޖެއްސޭތޯ ޑީޖޭއޭއިން މަސައްކަތްތަކެއް ކޮށްފައިވާކަމަށް ޖޭއެސްސީގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލު ވިދާޅުވިއެވެ. ވަކީލު ވިދާޅުވީ، އޭރު ކަން ދިމާކުރިގޮތުން އެކަން ހަމަޖެހިފައިނުވާ ކަމަށެވެ.

ވުމާއެކު، އެމީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި އެކަމާ ގުޅިގެން އެ 10 މީހުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށައަޅައި، އެ ޓްރައިބިއުނަލްއިން ނިންމީ އެމީހުން ތިބި ވަޒީފާ އަނބުރާ ރުޖޫއަކޮށްދިނުމަށެވެ.

ވުމާއެކު، ޖޭއެސްސީން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދާ މި މައްސަލައަކީ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ ޖޭއެސްސީން އިސްތިއުނާފު ކުރުމުން ބަލަމުންދާ މައްސަލައެކެވެ.

ޖޭއެސްސީގެ ވަކީލު ވިދާޅުވީ، މަޤާމު އުވިގެންދަނީ ހަމައެކަނި ވިޔަފާރިއެއްގެ ކުޑަބޮޑުމިނަށް ބަލައިގެން ނޫން ކަމަށާއި، މަޤާމު އަލުން ރުޖޫއަކުރަން ހުރަސްއެޅޭ ކަންކަން ހުރެދާނެ ކަމަށެވެ. ނަމަވެސް މަޤާމު ރުޖޫއަކޮށްދޭން ކަނޑައަޅާފައި އޮތީ އެކަންކަމަށް ރިއާޔަތް ނުކޮށްކަަމަށް ޖޭއެސްސީގެ ވަކީލު ވިދާޅުވިއެވެ.

ޖޭއެސްސީން ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށްދީ، އެމީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ ދަށުން ވަޒީފާއިން ދޫކޮށްލެވިގެންކަމަށް ކަނޑައަޅުއްވައި، އަލުން އެ ވަޒީފާތައް ރުޖޫއަކޮށްދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

މި މައްސަލައިގައި ވަގުތީ އަމުރަކަށް ހުސައިން ރިޒާ ވަނީ އެދިވަޑައިގަންނަވާފައެވެ. އެއީ ކްރިމިނަލް ކޯޓަށް ދާއިމީ ޗީފް އެޑްމިނިސްޓްރޭޓަރެއް ހޯދުމަށް އިއުލާނުކޮށްފައިވާތީ، އެކަމާ ގުޅިގެންނެވެ.

އެކަމާ ގުޅޭގޮތުން ޖޭއެސްސީން ބުނީ، ހައިކޯޓުގައި މައްސަލަ ނިމުނުފަހުން ހުސައިން ރިޒާއަށް ޑީޖޭއޭއިން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެ ސިޓީގައި ބަޔާންކޮށްފައިވަނީ ވަޒީފާއަށް އަލުން ނުކުތުމާމެދު ނިންމާ ގޮތެއް ޑީޖޭއޭއަށް އަންގައިދިނުމަށް ކަމަށެވެ. ނަމަވެސް އެ ސިޓީއަށް އޭނާ ޖަވާބު ދީފައިނުވާތީ، މިހާރު އެ ފުރުސަތު ގެއްލިފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

އަދި މި މައްސަލަ ހިނގަމުންދަނިކޮށް އޭނާ ބޮޑު ސިޔާސީ ޙަރަކާތެއްގައި އަމަލީ ގޮތުން ޙަރަކާތްތެރިވެފައިވާކަން އެނގިފައިވާ ކަމަށާއި، އެގޮތުން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އޭނާ ވާދަ ކޮށްފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

ރިޒާއަކީ ޕީޕިއެމްގެ ޓިކެޓުގައި އެ ގޮނޑިއަށް ވާދަކުރެއްވި ކެނޑިޑޭޓެވެ. އަދި އޭނާއަކީ ޕީޕީއެމްގެ އާންމު މެމްބަރެކެވެ.

ވަކީލު ވިދާޅުވީ، މިއީ ޖުޑީޝަރީގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު ކަމެއް ކަމަށެވެ.

އަދި އިންތިޚާބު ކުރެވޭ އެއްވެސް ސިޔާސީ މަޤާމަކަށް ކުރިމަތިލުމަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަނާކަމެއްކަމަށްވެސް ވަކީލު ވިދާޅުވިއެވެ. ޤަވާއިދުގެ މި މާއްދާ ބާތިލުކޮށް، ކޯޑް އޮފް ކޮންޑަކްޓުގައި އިތުރަށް ތަފްސީލުކޮށްފައިވަނީ އޭގެ ފަހުންކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ރިޒާގެ ފަރާތުން އެދުނު ގޮތަށް، އެ މަޤާމަށް މީހަކު ނުނެގުމަށް ވަގުތީ އަމުރެއް ނެރެފިނަމަ ކްރިމިނަލް ކޯޓަށް ލިބޭނެ ގެއްލުން ބޮޑުކަން ފާހަގަ ކުރައްވައި ވަކީލު ވަނީ އެ ކޯޓުގެ މުހިއްމު މަޤާމެއް ހުސްކޮށް ހުރުމުން ކޯޓަށް ކުރިމަތިވާނެ ދަތިތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެ ނުކުތާތަކަށް ޖަވާބުދެއްވަމުން ރިޒާގެ ވަކީލު ވިދާޅުވީ، ވަޒީފާއަށް އަލުން ނުކުތުމަށް ފޮނުވި ސިޓީ ލިބިފައިނުވާ ކަމަށާއި، ހުރިހާ އެންމެންގެ ތެރެއިން އޭނާގެ ވަޒީފާ ކުއްލިއަކަށް އިއާދަ ކުރެއްވި ސަބަބާމެދުވެސް އެ ފަރާތުން ސުވާލު އުފެދޭ ކަމަށެވެ.

އޭނާގެ ފަރާތުން ބުނެފައިވަނީ، ވަޒީފާ އިއާދަކުރިކަމުގެ ލިއުން ފޮނުވާފައިވަނީ ކެމްޕޭނުގައި އުޅުނު ދުވަސްވަރު ކަމަށާއި، ވުމާއެކު އެ ސިޓީ އޭނާއަށް ލިބިފައިނުވާ ކަމަށެވެ.

ޖޭއެސްސީގެ ވަކީލު ވިދާޅުވީ، އޭނާ ސިޔާސީ ޙަރަކާތުގައި އުޅުނީ ޖުޑީޝަރީގެ މަޤާމުން ދުރުކޮށްފައި ހުއްޓައި ކަމުގައިވީނަމަވެސް، އޭރުވެސް އެ މަޤާމު އިޔާދަކޮށްދިނުން އެދި އޭނާގެ ފަރާތުން ހުށައެޅި މައްސަލަ ކޯޓު މަރުޙަލާގައި އޮތް ކަމަށެވެ. ވީއިރު، ވަޒީފާ އަނބުރާ އިއާދަކޮށްދޭން ބަލާއިރު، އެ ކަންކަމަށް ބަލަންޖެހޭނެކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

އެއަށްފަހު ދެން ކުރިއަށްދިޔައީ ދެން ތިބި 9 ފަރާތުގެ ވަކީލުގެ ފަރާތުން ވާހަކަދެއްކުމެވެ.

ފަނޑިޔާރުން ވިދާޅުވީ، ވަގުތީ އަމުރާމެދު ނިންމަވާ ގޮތެއް އިސްތިއުނާފު ކުރާ ފަަރާތާއި، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށްވެސް ފަހުން އަންގަވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުޖުޑީޝަލް ސަރވިސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު

26 ނޮވެމްބަރު 2025
ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް

ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު