Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްވިމިން އެސޯސިއޭޝަން

އެޗްޕީއޭގެ އެންގުމަކަށް މާލޭ ސިވިމިން ޓްރެކް ބަންދު ކޮށްފި

ބަންދު ކުރުމަށް ނިންމީ މޫސުމީ ބަދަލުތަކާއެކު މާލޭ ސްވިމިން ޓްރެކް ލޮނުގަނޑުގައި ނަޖިހުގެ އަސަރު އިތުރުވެފައިވާތީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޯގަސްޓު 2023 | ބުރާސްފަތި 05:27
މާލޭ ސްވިމިން ޓްރެކް ސަރަހައްދު

މާލޭ ސްވިމިން ޓްރެކް ސަރަހައްދު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަކަށް މާލޭ ސްވިމިން ޓްރެކް ބަންދު ކުރުމަށް ސިވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.

ސްވިމިން އެސޯސިއޭޝަނުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މޫސުމީ ބަދަލުތަކާއެކު މާލޭ ސްވިމިން ޓްރެކް ލޮނުގަނޑުގައި ނަޖިހުގެ އަސަރު އިތުރުވެފައިވާކަމަށް ސްވިމިން ޓްރެކު ސަރަޙައްދުން ލޮނު ނަގައި އެންމެ ފަހުން ހެދި ޓެސްޓުތަކުގެ ނަތީޖާއިން ދައްކާފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު އެސަރަޙައްދަށް މޫދަށް އެރި އުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެޗްޕީއޭ އިން އަންގަވާފައިވާތީ، ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ސްވިމިން ޓްރެކަށް މޫދަށް އެރިއުޅުން މަނާކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެސަރަޙައްދު މޫދު ލޮނުގަނޑު ކަމާބެހޭ ފަރާތްތަކުން ދުވަހުން ދުވަހަށް ޓެސްޓުކޮށް، ނަތީޖާ ބަލަމުންދާތީ މޫދަށް އެރިއުޅުމަށް ރައްކާތެރިކަން ލިބުމާއެކު ޓްރެކް ހުޅުވާލާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ސްވިމިން ޓްރެކް ބަންދު ކުރުމުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދިމާވާނެ ދަތިތަކަށް ވެސް ސްވިމިން އެސޯސިއޭޝަނުން ވަނީ މައާފަށް އެދިފަ އެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްހެލްތު ޕްރޮޓެކްޝަން އެޖެންސީފަތާ ޓްރެކް

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި
02 ޖުލައި 2025

ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި

02 ޖުލައި 2025
ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި
07 ޖޫން 2025

ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ

07 ޖޫން 2025
ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
07 އޮކްޓޯބަރު 2024

ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި

07 އޮކްޓޯބަރު 2024
ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު