Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު

އާރަށު މައްސަލާގައި ޔާމީނުގެ މައްޗަށް ވަނީ 11 އަަހަރުގެ ޖަލު ހުކުމެއް އިއްވާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2023 | އަންގާރަ 12:30
ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ޔާމީން ލޯންޗުން ފައިބާވަޑައިގަންނަވަނީ

ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ޔާމީން ލޯންޗުން ފައިބާވަޑައިގަންނަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުމަށް އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

ވ. އާރަށު ހިޔާނާތުގެ މައްސަލާގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރައްވާފައިވާތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެގޮތުން މި މައްސަލާގައި އެ ކޯޓުން ވަނީ ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއެކު 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމުގެ ހުކުމެއްވެސް ކޮށްފައެވެ.

މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް ތާވަލު ކޮށްފައިވާއިރު 14 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅުއްވައި ޔާމީނުގެ ފަރާތްޕުޅުން ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ބާތިލު ހުކުމެއްކަން ކަނޑައަޅުއްވައިދިނުމަށް އެދިފައެވެ. އެ މައްސަލަ ހައި ކޯޓުގައި ނިމެންދެން ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށްވެސް އާދީއްތަ ދުވަހުގެ ރޭ ޔާމީންގެ ފަރާތުން ވަނީ އެދިފައެވެ.

އަންނަ މަހު ބާއްވާ ކުރީގެ ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި ސަބަބުތަކުގެ ތެރޭގައިވެސް 11 އަހަރުގެ ޖަލު ހުކުމާއި، އެ ހުކުމާއެކު ދައްކަންޖެހޭ 5 މިލިއަން ޑޮލަރުގެ ސާބިތު ދަރަނި އޮތުން ހިމެނެއެވެ. 5 މިލިއަން ޑޮލަރުގެ ފައިސާ 6 މަހުގެ ތެރޭގައި ދައްކަންޖެހޭއިރު، އެ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފައިނުވާތީ، އެއީ ސާބިތު ދަރަންޏެއްކަމަށް ފަނޑިޔާރުން ނިންމެވިއެވެ.

ހުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއްކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ. އަދި އިސްތިއުނާފުކޮށްފައި އޮތުމަކީ ކޯޓުގެ ނިންމުމަކަށް ތަބާވާން ނުޖެހޭ ސަބަބެއް ނޫންކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ. ހުކުމުގައިވާގޮތަށް 6 މަހުގެ ތެރޭގައި އެ ފައިސާ ނުދެއްކުމުން، 3 ޖުލައި 2023ގައި އެ ފައިސާ ދެއްކުމަށް ޔާމީނަށް މީރާއިން އަންގާފައިވާކަން ލިޔެކިއުންތަކުން އެނގޭކަމަށްވެސް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ. އެ ލިއުމުގައި ޔާމީނު ސޮއިކުރައްވައި އިނގިލީގެ ނިޝާންވެސް ޖައްސަވާފައިވެއެވެ.

ޖޫރިމަނާގެ ފައިސާ ނުދައްކައި އޮތުމުން، އެ ފައިސާ ހޯދުމަށް ބަންޑާރަނައިބުގެ އޮފީހުންވެސް ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފް މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޒު ހަސަން ޝަފީއުއާއި ފަނޑިޔާރު އަލްއުސްތާޒާ ހުޒައިފާ މުހައްމަދު، އަދި އަލްއުސްތާޒު މުހައްމަދު ސަލީމެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއެމްއެމްޕީއާރްސީ ޚިޔާނާތްހައި ކޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު