Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީޕީއެމް

އަމިއްލަ އަށް ހެދި ދަންތުރައެއްގައި ޖެހި ހަފުސްވެ، ޔާމީނަށް ޕީޕީއެމް ގެއްލެނީ؟

ރައީސް މައުމޫން އަތުން ޕީޕީއެމް އަތުލީ ބާރުގެ ބޭނުން ކޮށްގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2023 | ހޯމަ 06:03
ކުރީގެ ރައީސް ޔާމީން އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު

ކުރީގެ ރައީސް ޔާމީން އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ތެރޭގައި ޖެހުނު މައްސަލަ ހައްލު ނުވެ، އެންމެ ފަހުން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްޔުލް ޤައްޔޫމަށް ޖެހިވަޑައިގެންނެވީ އެހެން ސިޔާސީ ޕާޓީއެއް އުފައްދަވާށެވެ. އެއީ އޭރު ސިޔާސީ ގޮތުން ރައީސް މައުމޫން ޤަބޫލު ކުރައްވާ ބޭފުޅުންނަށް ކޮންމެ ވެސް ޕްލެޓްފޯމެއް އޮންނަން ޖެހޭނެ ކަމަށް ޤަބޫލު ކުރައްވައިގެންނެވެ. އެ ވިސްނުމުގެ ތެރެއިން ފެށި މަސައްކަތުގެ ތެރެއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރަސްމީކޮށް އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީ ކުރެވުނީ 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އޭގެ ފަހުން ރައީސް މައުމޫނު އަނެއްކާ ވެސް ސިޔާސީ މައިދާނުގައި "ފައި ހަރުކޮށްލި" އެވެ.

އޭގެ ދެ އަހަރު ފަހުން 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ނިކުތެވެ. ޕާޓީގެ ޕްރައިމަރީ ކާމިޔާބުކޮށް އެ ޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކަށްވީ ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު ޢަބްދުﷲ ޔާމީން ޢަަބްދުލް ޤައްޔޫމް އެވެ. ރައްޔިތުންގެ ތެރޭގައި އެއްވެސް މަޤުބޫލު ކަމެއް ނެތް ޔާމީންގެ އަތުގައި ހިފައިގެން ނިކުންނެވީ ވެސް ރައީސް މައުމޫނެވެ. ރައްޔިތުންގެ މާ ބޮޑު ތާއީދެއް ނެތް ޔާމީންގެ ކެމްޕެއިންގައި ބޭނުންކުރެއްވީ މުޅިންހެން އެބޭފުޅާއާ ގުޅޭ ގޮތުން ރައީސް މައުމޫން ވިދާޅުވެފައި ހުރި ބަސްފުޅުތަކެވެ. ޔާމީނާއި އޭނާގެ އިންތިޚާބީ ބައިވެރިޔާ، ޑރ. މުޙައްމަދު ޖަމީލް އަޙަދުމުގެ ދެމެދަށް ވާ ގޮތަށް ފޮޓޯ ތަކުގައި ހުންނެވީ ރައީސް މައުމޫން އެވެ. ހަގީގަތުގައި އެ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފުރަތަމަ ބުރުގައި ޔާމީނަށް ލިބުނު ވޯޓުގެ ބޮޑު އަދަދަކީ ރައީސް މަައުމޫނުގެ ފަލްސަފާ ޤަބޫލު ކުރާ މީހުންގެ ވޯޓެވެ. ދެ ވަނަ ބުރުގައި ޔާމީނަށް ކުރި ލިބުނީ، އިދިކޮޅު ޕާޓީ ތަކުން ޔާމީންގެ ފަހަތަށް އެރުމުންނެވެ. އެކަމަށް ވެސް ސިޔާސީ މީހުންގެ ގާތަށް ދިޔައީ ޚުދު ރައީސް މައުމޫނެވެ. އެމީހުން ތާއީދު ކުރީ ރައީސް މައުމޫންގެ އެދުމުގެ މަތިން އެކަމަށެވެ. ކޮންމެހެން ޔާމީންގެ މޮޅު ކަމަކުން ނުވަތަ، މަޝްހޫރު ކަމަކުން ނޫނެވެ.

ރައީސް ޔާމީނަށް ވެރިކަން ލިބުމާއެކު ދެން ފެށުނީ ސިޔާސީ މަސްރަހުގައި ހޫނު ދުވަސް ކޮޅެކެވެ. ވެރިކަމަށް އަންނަން ހެދި ބިޔަ ބޮޑު ކޯލިޝަން އުވާލަން ޖެހުނީ ދެ ތިން މަސް ދުވަހުގެ ތެރޭގަ އެވެ. އެއަށްފަހު ޔާމީންގެ ވެރިކަމުގައި މުޅިން ވެސް ދެން ހިނގީ "ދަތްކުޑި" ވިކާލައިގެން ތިބެން ޖެހޭ ކަންކަމެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ޙުކުމެއް އިއްވި އެވެ. އެއާ ވިދިގެން ދެން ވެސް ތިއްބެވި ސިޔާސީ ބޭބޭފުޅުން ޖަލަށްލި އެވެ. ކުރު ގޮތަކަށް ދަންނަވާނަމަ، ޤައުމުގައި އޭރު ނަން ހިނގާ ސިޔާސީ އެންމެން ތިބީ ޖަލުގަ އެވެ. ރަނގަޅަށް ފިޔަ ދިގުވެ، އުދުއްސައި ނުގަނެވިގެން އުޅެނިކޮށް ޔާމީން ދެން ކުރެއްވީ މާ ހުތުރު ކަމެކެވެ. ރައީސް މައުމޫންގެ އަތުން ޕީޕީއެމް ޖަހައިގަތީ އެވެ. އަމިއްލަ ބޭބޭފުޅުގެ ކަރަށް ފައިން އަރަން ކެރުނު މީހަކު، ރައްޔިތުންނަށް ހެވެއް ނޭދޭނެ ކަމަށް އޭރު ވެސް އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ. އޭރު ޔާމީންގެ ބާރު އޮތަތީވެ، ޝަރުއީ ދާއިރާ މެދުވެރިކޮށް ޕީޕީއެމް ޖަހައިގަތީ ވަރަށް ހުތުރު ކޮށެވެ.

އެވަރުން ވެސް ޔާމީނަށް "ހަމަނޭވާއެއް" ނުލެވުނެވެ. މުސްކުޅިވެ، ގައިބާރު ދެރަވި ދުވަހު ރައީސް މައުމޫން ގެންގޮސްލީ ޖަލަށެވެ. ޔާމީންގެ ވެރިކަމަކީ ސިޔާސީ ލީޑަރުންނަށް ބޮޑު ބިރުވެރި ފަސް އަހަރެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން، ޖަލުތަކާއި ޕެރޯލްއާ ބެހޭ ޤާނޫނަށް އިސްލާޙު ގެންނެވި އެވެ. އެ ޤާނޫނުގައި ވާ ގޮތުން ސިޔާސީ ޕާޓީ އާއި ޖަމުއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށް ޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށެވެ. މިއީ ކުރީގެ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރު ބަންދު ކުރުމަށް ޔާމީން ހެދި ދަންތުރަ އެކެވެ.

ގޮއްމުށުގެ ބާރުން ވެރިކަން ކުރައްވަން އުޅުއްވައިގެން، 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބޮޑު ތަނުން ޔާމީނަށް ބުނީ "ނޫނެކޭ" އެވެ. ވެރިކަން ގެއްލި މިއަދު ޔާމީން އެ ގެންދަވަނީ އަމިއްލައަށް ޖެއްސެވި ދަންތުރައިގައި ޖެހި ހަފުސްވަމުންނެވެ. މިއަދު ސިޔާސީ މައިދާނުގައި ޔާމީނަކީ ވަރަށް ނިކަމެތި ބޭފުޅެކެވެ. ޔާމީން ހުންނެވީ ޝަރީއަތް ކުރެވި ޖަލު ޙުކުމެއް ތަންފީޒު ކުރެއްވުމަގަ އެވެ. އޭރު ރައީސް ނަޝީދަށް އަމާޒުކޮށް ޔާމީން އިސްލާހު ކުރުވި ޖަލުތަކާއި ޕެރޯލްގެ ޤާނޫނު މިހާރު ހިނގަނީ ޔާމީންގެ މައްޗަށެވެ. ދިވެހި ހަރުބަހެއްގައި ބުނެ އުޅެ އެވެ. "ތިމާ ފޭހުނު އިލޮށި ގަނޑު ހެރޭނީ ތިމާގެ ލޮލަށެވެ." އެކަން ސީދާ މިވީ ޔާމީން އަށެވެ.

ދެން އޮތީ ރައީސް މައުމޫނު އަތުން ޕީޕީއެމް އަތުލި ހަނދާނެވެ. އޭގެ އަހަރުތަކެއް ފަހުން މިއަދު ޔާމީން އެ ގެންދަވަނީ އޭނާ އަތުން ޕީޕީއެމް ގެއްލުނަ ނުދިނުމަށް، ހަނގުރާމަ ކުރައްވަމުންނެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ޙުކުމް ކުރެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މީގެ ކުރިން 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކުރަން ނިންމުމާއެކު، ޔަމީންގެ އިސް ވަކީލު ޑރ.ޖަމީލްގެ ތައުރީފު ފަނޑިޔާރުންނަށް އޮއްސާލި އެވެ. ޝަރުއީ ދާއިރާގެ ތެރެއިން ސުޕްރީމް ކޯޓު މިނިވަންކަމުގެ ވާހަކަ އަހަރެއް ވަންދެން ދެއްކެވި އެވެ. އެކަމަކު، ޔާމީންގެ ކެންޑިޑެންސީ މައްސަލަ އޭނާއާ ދެކޮޅަށް ނިމުމުން، އެއްކަލަ ސުޕްރީމް ކޯޓު ވެސް ގޯސްވެއްޖެ އެވެ. މިހާރު ޖަމީލަށް މުޅިން ގޮވެނީ ކޮހެވެ.

ސުޕްރީމް ކޯޓުގެ ޙުކުމާއެކު ޔާމީން ޕީޕީއެމްގެ ލީޑާޝިޕަށް އެންގެވީ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމާމެދު ގޮތެއް ނިންމައި ދިނުމަށެވެ. ސަބަބަކީ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭތީ އެވެ. އެއާއެކު ޕީޕީއެމް ތެރޭގައި "ހުޅުރޯވި" އެވެ. ޔާމީނަށް ވާދަ ނުކުރެވޭނެ ހާލަތުގައި ވާދަކުރުމަަށް ބެކަޕް ކެންޑިޑޭޓަކަށް ޑރ.މުޙައްމަދު މުއިއްޒު ކަނޑައަޅާފައި ވަނިކޮށް، ޔާމީން އެހެން އެންގެވުމުން މުއިއްޒުގެ ސަޕޯޓަރުން ދިޔައީ "ލުއްސައިގެން"ނެވެ. އެއާއެކު ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ސެނެޓް ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުން ވެސް ހޫނުވި އެވެ. އެކަކު އަނެކަކު ގަޔަށް އަތްލާ ހިސާބަށް ދިޔަ އެވެ. އެހެން ނަމަވެސް، ސެނެޓުން ވެސް ނިންމީ ޔާމީނާ ދެކޮޅަށެވެ. އިންތިޚާބު ބޮައިކަޓް ކުރަން ފާހެއް ނުވި އެވެ. ނިންމެވީ އެކަމުގައި ޔާމީނަށް ލަފާ އެރުވުމަށެވެ.

ސެނެޓުން ގޮތެއް ނިންމައިގެން ތިއްބާ ދެންވެސް ޔާމީން ވައްޓާލީ "ބޮމެކެވެ" . ސެނެޓުގެ ނިންމުން ބަލައި ނުގަންނަ ކަމަށް އެންގެވީ އަނބިކަނބަލުން މެދުވެރިކޮށެވެ. ޔާމީންގެ ރޫހު ހުރީ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ. އެއާއެކު އާދީއްތަ ދުވަހުގެ ރޭ އަނެއްކާ ވެސް އިދިކޮޅު ލީޑާޝިޕުން ބައްދަލު ކުރި އެވެ. ދެކޮޅަށް ތަޅުވަ، ތަޅުވާފައި މިފަހަރު ވެސް ނިންމީ ޔާމީނާ ދެކޮޅަށެވެ. ބޮއިކޮޓް ކުރުމަށް ހަމަހިލާ އެމީހުން ޤަބޫލެއް ނުވި އެވެ. އެކަމަކު އެ ބައްދަލުވުން ވެސް ވަރަށް ހޫނުވި އެވެ. މުއިއްޒުގެ ފޯމުގައި ސްޓޭމްޕް ޖެހިޔަ ނުދިނުމަށްޓަކައި، ޕީއެންސީގެ ސްޓޭމްޕް ފޮރުވި ވާހަކަ ވެސް އަޑުއިވުނެވެ. އެކަމަކު އޭގެ ކުރިން މުއިއްޒުގެ ފޯމުގައި ސްޓޭމްޕް ޖެހި ކަމަށް ވެސް ވާހަކަ ދެކެވުނެވެ. އެންމެ ފަހުން އެ ބައްދަލުވުން ނިމުނީ ލީޑާޝިޕުން މުއިއްޒު އަށް ތާއީދު ކުރުމަށް ނިންމައިގެންނެވެ. ހަމަ ސީދާ ޔާމީނާ ދެކޮޅަށް ނިންމި ނިންމުމެކެވެ. ސިޔާސީ ގޮތުން ޔާމީންގެ ވަރަ ކޮށާލަން ނިންމީ އެވެ. މުއިއްޒު ވަނީ ޔާމީންގެ ނިންމުން އެހެން އޮއްވާ، އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅުއްވައިފަ އެވެ.

މިއީ ވެސް ދުނިޔޭގައި ތިބި ބަޔަކަށް އިބުރަތަކަށް ފުދޭނެ އެވެ. އެހެން ސިޔާސީ ލީޑަރުންގެ މުސްތަޤުބަލު ދުއްވާލުމަށް ޔާމީން ހެއްދެވި ދަންތުރަ ތަކުގަައި މިއަދު ޖެހެމުން އެ ދަނީ ޔާމީން އެވެ. ރައީސް މައުމޫން އަތުން ޔާމީން އަތުލައިގަން ޕީޕީއެމް މިއަދު ޔާމީން އަތުން އެ އަތުލަނީ އެއްކަލަ މަޑުމަޑުން ހުންނެވި މުއިއްޒު އެވެ. އަމިއްލަ އަށް ހެދި ދަންތުރަތަކުގައި ޔާމީން ޖެހެމުންދާއިރު، މުއިއްޒު އެ ގެންދަވަނީ މަޑު މަޑުން ހުންނަވާ އެކަމުގައި ފައިދާ އެންމެ ގަދަޔަށް ނަންގަވަމުންނެވެ.

ޕީޕީއެމްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު