Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ހިލާލް

ޔާއޯ ފެލިކްސް ހޯދުމަށް އަލް ހިލާލުން މަސައްކަތް ކުރަނީ

އަލް ހިލާލް އިން އޮތީ ލޯނު އެއްބަސްވުމެއްގެ ދަށުން ނަމަވެސް، ފެލިކްސް ހޯދުމަށް ތައްޔާރަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 އޯގަސްޓު 2023 | ހޯމަ 03:16
އެތުލެޓިކޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ފެލިކްސް

އެތުލެޓިކޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ފެލިކްސް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ފެލިކްސް ހޯދުމުގެ މަސައްކަތް ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ފަށައިފި އެވެ.

ބޭރުގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް އަލް ހިލާލް އިން ޝައުޤުވެރިވެ އެވެ. އެގޮތުން އަލް ހިލާލް އިން އޮތީ ލޯނު އެއްބަސްވުމެއްގެ ދަށުން ނަމަވެސް، ފެލިކްސް ހޯދުމަށް ތައްޔާރަށް ކަމަށް ވަނީ ބުނެފަ އެވެ. ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ގޮތަކަށް ވެސް އެ ކުލަބުން ތައްޔާރު ކަމަށް މީޑިއާ ތަކުން ބުނެ އެވެ. ނަމަވެސް ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ދޫކޮށްލަން މިހާތަނަށް އެތުލެޓިކޯ އިން ބޭނުން ނުވާނެ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. އަލް ހިލާލް އިން ފެލިކްސް ހޯދަން ބޭނުންވާކަން ކުޅުންތެރިޔާ އަށް ވެސް އިނގޭ ކަމަަށާއި، އެ ކުލަބުން މަޑު ކުރަނީ ފެލިކްސް ނިންމާ ގޮތެއް ބެލުމަށް ކަމަށް ވަނީ ބުނެފަ އެވެ.

ފެލިކްސް ގެނައުމަށް އެންމެ ބޮޑަށް ބޭނުން ވަނީ އަލް ހިލާލްގެ ކޯޗަކަށް މަސައްކަތް ކުރަމުން އަންނަ ޕޯޗުގަލްގެ ޖޯޖް ޖީސަސް އެވެ. އެކަމުގައި އޭނާ ވަނީ އެތައް ފަހަރަކު ފެލިކްސްއާ ވާހަކަ ދައްކާފައި ކަމަށާއި، މިހާތަނަށް ފެލިކްސް ވަކި ގޮތެެއް ނުނިންމާ ކަމަށް ވެސް މީޑިއާ ތަކުން ބުނެ އެވެ. ސައުދީ ލީގަށް ބަދަލުނުވެ، ފެލިކްސްގެ ވިސްނުން ހުރީ ޔޫރަޕުގައި ކުޅެން ކަމަށް ބުނެފައިވެ އެވެ. ޚާއްސަކޮށް އޭނާގެ ޝައުޤުވެރިކަން ސްޕެއިންގެ ބާސެލޯނާ އަށް އޮންނަ ކަމަށް މީޑިއާ ތަކުން ބުނެ އެވެ. މިހާތަނަށް އައިއިރު ޔަގީންވާ ކަމަކީ، އެތުލެޓިކޯގައި ހުންނަން ފެލިކްސް ބޭނުންނުވާ ކަމެވެ.

ފެލިކްސް އެންމެ ފަހުން ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށެވެ. ނަމަވެސް ޗެލްސީގެ އައު ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ލިސްޓުގައި ފެލިކްސް ނުހިމެނޭތީ، އެ ކުލަބުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އެހެންކަމުން ފެލިކްސް ވަނީ އަނބުރާ އެތުލެޓިކޯ މެޑްރިޑަށް ގޮސްފަ އެވެ. އެތުލެޓިކޯ އަށް މިހާތަނަށް ކުޅެދިން 131 މެޗުގައި ފެލިކްސް ވަނީ 34 ލަނޑު ޖަހައިފަ އެވެ. 2019 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ޕޯޗުގަލް ޤައުމީ ޓީމުގައި ވެސް ހިމެނިގެން ކުޅެމުންނެވެ.

އަލް ހިލާލްޔާއޯ ފެލިކްސް

އިތުރަށް ކިޔާލަން

06 އޯގަސްޓު 2025

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

06 އޯގަސްޓު 2025
ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
01 ޖުލައި 2025

އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

01 ޖުލައި 2025
އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި
28 ޖެނުއަރީ 2025

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

28 ޖެނުއަރީ 2025
އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި
28 ޖެނުއަރީ 2025

ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ

28 ޖެނުއަރީ 2025
ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ
02 ނޮވެމްބަރު 2024

އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު

02 ނޮވެމްބަރު 2024
އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު
22 އޮކްޓޯބަރު 2024

އަލް ޙިލާލް މޮޅުވީއިރު، ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް

22 އޮކްޓޯބަރު 2024
އަލް ޙިލާލް މޮޅުވީއިރު، ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް
28 އޯގަސްޓު 2024

ކަންސޭލޯ، އަލް ޙިލާލަށް ބަދަލުވެއްޖެ

28 އޯގަސްޓު 2024
ކަންސޭލޯ، އަލް ޙިލާލަށް ބަދަލުވެއްޖެ
27 އޯގަސްޓު 2024

ނޭމާ ބާސެލޯނާ އަށް ދާން އުޅޭ ވާހަކަ އަކީ ދޮގެއް!

27 އޯގަސްޓު 2024
ނޭމާ ބާސެލޯނާ އަށް ދާން އުޅޭ ވާހަކަ އަކީ ދޮގެއް!
27 އޯގަސްޓު 2024

އަލް ޙިލާލަށް ކަންސޭލޯ ދޫކޮށްލަން ސިޓީން އެއްބަސްވެއްޖެ

27 އޯގަސްޓު 2024
އަލް ޙިލާލަށް ކަންސޭލޯ ދޫކޮށްލަން ސިޓީން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު