Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހި ފުޓްބޯޅަ

އިންޑިޔާއިން ގެނައި ބަދަލު ރަނގަޅު، ރާއްޖެ ވިސްނާލަންޖެހޭ ކަމެއް

ރާއްޖޭގައި ބިދޭސީ ހަ ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 7 އޯގަސްޓު 2023 | ހޯމަ 04:18
އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖޭގެ ފުޓްބޯޅައިގައި އެކި ފަހަރު ގެންގުޅެނީ އެކި ބަދަލުތަކެވެ. ގިނަ ފަހަރު ގެންނަ ބަދަލެއްގެ ސަބަބުން މާ އެދެވޭ ފައިދާއެއް ކުރާތަނެއް ވެސް ނުފެނެ އެވެ.

މި ފަހަކަށް އައިސް އެފްއޭއެމުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ބިދޭސީ ހަ ކުޅުންތެރިންނަށް ކުޅެވޭ ގޮތް ހެދުމެވެ. އޭޝިޔާގެ އެއް ކުޅުންތެރިއަކާއެކު ޖުމުލަ ހަ ކުޅުންތެރިންނެވެ. މިއީ ފަހަރުގައި އޭއެފްސީ ކަޕް ކުޅޭ ޓީމަށް ފައިދާއެއް ނުވަތަ ފައިދާތަކެއް ހޯދިދާނެ ބަދަލެކެވެ. އެނޫން ގޮތަކަށް މި ބަދަލުގެ ފައިދާ އަށްވުރެ ގެއްލުން ބޮޑުކަމަށް ފެނެ އެވެ. ސަބަބަކީ ދިވެހި ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ގެއްލޭނެތީ އެވެ.

ހަ ކުޅުންތެރިންނަށް ކުޅެވޭ އުސޫލަކީ ފަހަރުގައި "ކަންނެތް"ކޮށް ހިންގާ ކުލަބުތަކުގެ މެނޭޖްމަންޓަށް އެއްގޮތަކުން ލުޔެކެވެ. ސަބަބަކީ ސްރީލަންކާ އާއި ބޫޓާނާއި ނޭޕާލް ފަދަ ގައުމުތަކުގެ ކުޅުންތެރިން ދިވެހިންނަށްވުރެ އަގުހެޔޮކޮށް ކުޅެދޭތީ އެވެ. ބިދޭސީ ހަ ކުޅުންތެރިންނާއި 10ވަރަކަށް ދިވެހިން ހޯދުމުން ޓީމެއް ހަމަވީ އެވެ. ފުޓްސަލް އާއި އެނޫން މުބާރާތްތަކުގައި ކުޅެންދާ ކުޅުންތެރިންނަށް ބަރޯސާނުވެ ޓީމެއް ދަނޑުމައްޗަށް ނެރެވިދާނެ އެވެ.

އެކަމަކު ދާދި ފަހުން އިންޑިޔާއިން ގެނައި ބަދަލަކީ މިފަދަ އުސޫލުތައް ހަދާއިރު ރާއްޖެ ވިސްނާލަންޖެހޭ ކަމެކެވެ. އިންޑިޔާގައި ދިމާވީ އެ ގައުމުގެ ކުރިއަށް ކުޅޭނެ މޮޅު ކުޅުންތެރިން މަދުވުމުގެ މައްސަލަ އެވެ. ފުޓްބޯޅަ ޓީމެއްގެ އެންމެ މުހިންމު އެއް މަގާމަކީ ފޯވަޑުންނެވެ. އެ މަގާމަށް ކުޅޭނެ މޮޅު ކުޅުންތެރިން ނެތި އިންޑިޔާގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ކަންބޮޑުން ފާޅުކުރަން ފެށީ އެވެ.

މިއާއެކު އޯލް އިންޑިޔާ ފުޓްބޯޅަ ފެޑަރޭޝަނުން ގެނައީ މުހިންމު ބަދަލެކެވެ. އިންޑިޔާގެ ފުޓްބޯޅަ މުބާރާތްތަކުގެ އޮނިގަނޑު ރާވާފައިވަނީ ފަސް ހަރުފަތަކަށެވެ. އެންމެ މަތީގައިވަނީ އިންޑިއަން ސުޕަލީގެވެ. އޭގެ ފަހުން އައި ލީގެވެ. އެއަށްފަހު އައިލީގުގެ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނެވެ. އެންމެ ފަހުން ސްޓޭޓް ލީގުތަކެވެ.

ފޯވަޑެއްގެ މައްސަލަ ހައްލުކުރަން އިންޑިޔާއިން ކުރި ކަމަކީ ސުޕަލީގުގެ ދެ ވަނަ ޑިވިޝަނުގައި ދުވަސްކޮޅެއް ވަންދެން ބިދޭސީ ފޯވަޑަކަށް ނުކުޅެވޭގޮތް ހެދުމެވެ. މި ގަވާއިދާއެކު އެ ލީގުގައި ފޯވަޑުންނަށް މުޅިންވެސް ކުޅެންޖެހުނީ އިންޑިޔާގެ ކުޅުންތެރިންނަށެވެ. މީގެ ހެޔޮ ނަތީޖާ ފެނިގެންދާނީ އަހަރެއް ނުވަތަ ދެ އަހަރުން ކަމަށް އިންޑިޔާގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ. އައި ލީގުގެ ދެ ވަނަ ޑިވިޝަނުގައި ބިދޭސީ ފޯވަޑުންނަށް ނުކުޅެވޭގޮތް ހަދަން އިންޑިޔާއިން ވިސްނި ދެވަނަ ސަބަބެއްވެސްވެ އެވެ. އެއީ އެލީގަށް ނައިޖީރިއާއިން ގެނައި މާ އިސްކޮޅުން ދިގު، ޖާނު ވަރުގަދަ ފޯވަޑަކ، އާދަޔާ ހިލާފަށް ގިނަ ގޯލުތަކެއް ޖަހަން ފެށުމެވެ. އައިލީގުގެ ކޯޗަކު އެކަން ސިފަކުރީ އިންޑިޔާގެ ފުޓްބޯޅަ އަށް ހުރި ނުރައްކަލެއްގެ ގޮތުގަ އެވެ. އޯލް އިންޑިޔާ ފުޓްބޯޅަ ފެޑަރޭޝަނުން މިކަމާމެދު ވިސްނައި ގަވާއިދު ބަދަލުކުރަން އަވަސްވެގަތީ އެ ކޯޗުގެ ކަންބޮޑުވުމާވެސްއެކުގަ އެވެ.

ސާކް ސަރަހއްދުގެ ތަށި 9 ފަހަރު ހޯދާފައިވާ، އިންޑިޔާގެ ފެޑަރޭޝަނުން 2023/2024ގެ ސީޒަނަށް ގެނެސްފައިވާ ބަދަލުތަކާމެދު ވެސް ވިސްނާލާށެވެ. އައިލީގުގައި ގިނަވެގެން ބިދޭސީ ރަޖިސްޓްރީ ކުރެވޭނީ ފަސް ކުޅުންތެރިންނެވެ. އެއް ފަހަރާ ކުޅެވޭނީ ތިން ކުޅުންތެރިންނަށެވެ. އަދި 22 އަހަރުން ދަށުގެ ފަސް ކުޅުންތެރިން ކޮންމެ ޓީމެއްގައި ވެސް ހިމަނަން ޖެހޭނެ އެވެ. މީގެ ކުރިން އައިލީގު 2 އަދި 3 ވަނަ ޑިވިޝަނުގައި ބިދޭސީ ކުޅުންތެރިން ގެނައުމުގެ ފުރުސަތު އަލުން ވަނީ ދީފަ އެވެ. ނަމަވެސް ސްޓޭޓް ލީގުތަކާއި އަންހެން މުބާރާތްތަކުގައި ބިދޭސީ ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. މި ބަދަލުތަކަކީ އިންޑިޔާގެ ގައުމީ ޓީމު ވަރުގަދަ ކުރުމަށް ކޯޗު އިއަގޯ ސްޓިމަކްގެ ލަފާގެ މަތިންނާއި ފެޑަރޭޝަނުގެ ސިލެކްޝަން ކޮމިޓީގެ ރިޕޯޓަށް ބަލާފައި ގެނެސްފައިވާ ބަދަލުތަކެކެވެ.

ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތައް މައިގަނޑުގޮތެއްގައި ރާވާފައިވަނީ ހަތަރު ހަރުފަތަކަށެވެ. އެންމެ މަތީގައި ދިވެހި ޕްރެމިއާ ލީގެކެވެ. އޭގެ ފަހުން ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން އަދި އަތޮޅު މުބާރާތްތަކެވެ. ދިވެހި ޕްރެމިއާ ލީގުގައި ބިދޭސީ ހަ ކުޅުންތެރިންނަށް ކުޅެވޭއިރު ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނާއި އަތޮޅު އަދި ޒޯން ލީގުތަކާއި އަންހެން މުބާރާތްތަކުގައި ވެސް ބިދޭސީ ހަތަރު ކުޅުންތެރިންނަށް މިހާތަނަށް ކުޅެވެ އެވެ. ބޭނުން ހިސާބަކުން ބޭނުން ފެންވަރެއްގެ ކުޅުންތެރިން ގެނެސް ކުޅުވާތާ އަހަރުތަކެއްވެއްޖެ އެވެ. އެކަމަކު ދަށް ޑިވިޝަނުގެ ޓީމަކުން ފުރޭނިގެން ފުރަތަމަ ޑިވިޝަނަށް އައި މޮޅު ކުޅުންތެރިއަކު މަދެވެ. ނެތޭ ވެސް ބުނެވިދާނެ އެވެ. ހަގީގަތުގައި ދަށް ޑިވިޝަންތައް ވާންވާނީ ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުގެ މައްސަލަތަކުގެ ފަރުވާގެ ބަޔަކަށެވެ.

އެކަމަކު ރާއްޖޭގައި ހަދާ ގަވާއިދުތައް ވަރަށް އަވަސް އަވަހަށް ބަދަލުވެ އެވެ. މިސާލަކަށް ބިދޭސީ ކީޕަރުންގެ ގަވާއިދެވެ. ދިވެހި ކީޕަރުންނަށް ޖެހެން ފެށުމުން ދެ އަހަރު ފަހުން ރާއްޖޭގައި ބިދޭސީ ކީޕަރަކަށް ނުކުޅެވޭނެކަމަށް މީގެ ފަސް އަހަރު ކުރިން އެފްއޭއެމުން ގަވާއިދެއް ހެދި އެވެ. އެކަމަކު އެއްވެސް ޓީމަކުން ބިދޭސީ ކީޕަރުން ނެތި ކުޅުވަން ތައްޔާރުނުވުމުންނާއި އެކަމަށް ގައުމީ ފުޓްބޯޅަ އިދާރާއިން ވެސް ބާރު ނޭޅުމުގެ ނަތީޖާއަކަށްވީ އެންމެ ފަހުން އެ ގަވާއިދު އުވާލައި ކުރިއެކޭ ވެސް އެއްގޮތަށް ބިދޭސީ ކީޕަރުންނަށް ބައިތިއްބަން ޖެހުމެވެ. މިހާ ދޯދިޔާ ނުވަމާ ހިނގާށެވެ. ގައުމީ ޓީމުގެ ނަތީޖާދަށްވުމާއި ފުޓްބޯޅަ ފޯރި ރާސްލާފައި ވެއްޓެމުންދަނީ ވަރަށް ގިނަ ސަބަބުތަކެއްގެ އެކުލެވިގެންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު