Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

ރީ ރަޖިސްޓްރޭޝަން މުއްދަތު އިތުރުނުކުރާނެ: އީސީ

4 އޯގަސްޓު 2023 | ހުކުރު 08:27

ރީ ރަޖިސްޓްރޭޝަން މުއްދަތު ހަމަވާނީ މާދަމާ ހަވީރު 4:00 އަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 އޯގަސްޓު 2023 | ހުކުރު 08:27
ދިއްދޫ ބައި އިލެކްޝަން ވޯޓުލުމުގެ ތެރެއިން

ދިއްދޫ ބައި އިލެކްޝަން ވޯޓުލުމުގެ ތެރެއިން

އަންނަ މަހު ބާއްވަ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި މުއްދަތު އިތުރުނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރީ ރަޖިސްޓްރީ ކުރުމަށް އީސީން ހުޅުވާލި މުއްދަތު ހޮނިހިރު ދުވަހުގެ ހަވީރު 4:00 އަށް ހަމަވާނެއެވެ. މި ފުރުސަތު 16 ޖުލައިގައި ހުޅުވާލިއިރު 31 ޖުލައިގެ ނިޔަލަށް އޮންލައިންކޮށް ރީ ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއެވެ. އެ މުއްދަތު 2 އޮގަސްޓާ ހަމައަށް އިތުރުކުރިއިރު އެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. ދެން ރީ ރަޖިސްޓްރީކުރެވޭނީ ފޯމު ހުށަހަޅައިގެން އެކަންޏެވެ.

Advertisement - newsAdvertisement

އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ހުކުރު ދުވަހު ވިދާޅުވީ ހޮނިހިރު ދުވަހުގެ ނިޔަލަށް ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާއިރު ދެން އެ މުއްދަތު އިތުރުނުކުރާނެ ކަމަށެވެ. އަދި ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކޮންމެ މީހަކުވެސް 1414 އަށް ގުޅައިގެން ނުވަތަ VR space ID ޖެހުމަށްފަހު 1414 އަށް މެސެޖުކޮށްގެން އެ މީހަކު މިހާރު ރަޖިސްޓަރީވެފައިވާ ތަން ޗެކުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ހަބީބު ވަނީ މިހާރު ރަޖިސްޓަރީ ވެފައިވަނީ، ވޯޓުލާ ދުވަހު ހުންނަ ރަށުގައި ނޫންކަމަށްވާނަމަ، ވޯޓުލާން ބޭނުންވާ ތަނަކަށް، އަވަހަށް ރީ-ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކުރައްފައެވެ. އަދި ދެވަނަ ފުރުސަތެއް ނުލިބޭނެ ކަމަށް ބެލުމަށް ވެސް އޭނާ ވިދާޅުވިއެވެ. ރީ-ރަޖިސްޓްރޭޝަނަށް، އިތުރު މުއްދަތު ދެވެން ނެތީ އިންތިޚާބުގެ މަސައްކަތްތަކުގެ އިންތިޒާމުތަކަށް، ބުރޫއަރާނެތީ ކަމަށް ވެސް ވިދާޅުވިއެވެ.

ރީ ރަޖިސްޓްރޭޝަނަށް އިތުރު މުއްދަތެއް ނުދިން ނަމަވެސް މިހާރު ރަޖިސްޓްރީކޮށްފައިވާ ތަނުގައި ވޯޓުފޮށްޓެއް ނުބެހެއްޓޭ ހާލަތުގައި، އެތަންތަނުގައި ރަޖިސްޓްރީ ކުރި މީހުންނަށް ދެވަނަ ފުރުސަތެއް ލިބޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ. މިގޮތަށް ދިމާވާނީ، އެހެން ޤައުމުތަކާއި ރިސޯޓުތަކަށް ރީ ރަޖިސްޓްރީ ކުރާ މީހުންނަށެވެ.

ހަބީބު ވަނީ އެންމެ ފަހުވަގުތަށް މަޑުނުކޮށް، ރީ ރަޖިސްޓްރީގެ ކަންތައްތައް ނިންމުމަށް ހުރިހާ ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށާއި އާއްމުންނަށް އިލްތިމާސްކުރައްވާފައެވެ.

ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވާއިރު މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި އެހެން ރަށްތަކުގެ މީހުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި އޮންނާނީ މާލޭގައެވެ. އެހެންކަމުން މި އިންތިޚާބުގައި ވެސް މާލެއަށް ވޯޓުލާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެއެވެ. ނަމަވެސް މާލެ ނޫން އެހެން ރަށަކަށް މިފަހަރު ވޯޓުލާނަމަ އެ ފަރާތްތަކުން ވެސް އަލުން ރަޖިސްޓްރީވާން ޖެހޭނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ނޫން އެހެން ރަށްތަކުގައި ރަޖިސްޓްރީވެފައިވާ މީހުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައި އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެހުގައެވެ.

ރީ ރަޖިސްޓްރޭޝަން ފޯމުތައް މާލޭ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުން ބަލައިގަންނާނީ އެރަށެއްގެ ކައުންސިލް އިދާރާއަށް އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއަށެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު ކަމަށްވާ ދަރުބާރުގެ އިން ފޯމުތައް ބަލައިގަންނާނެއެވެ. ރީ ރަޖިސްޓަރީވުމަށް އެދޭ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ރީ ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅަން ޖެހޭނީ އެ ޤައުމުތަކުގައި ހުންނަ ދިވެހި އެމްބަސީ އާއި ހައިކޮމިޝަން އަދި ކޮންސުލޭޓް މެދުވެރިކޮށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 282،672 މީހަކަށް ލިބޭއިރު މިހާތަނަށް ރީ ރަޖިސްޓްރީ ކުރުމަށް އެދިފައިވަނީ 29،951 މީހެއް ކަމަށް އީސީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް