Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ފުރަތަމަ ބުރު ނިމޭއިރު ސަސްގެ އަމާޒަކީ ތިން ވަނަ ނުވަތަ ހަތަރު ވަނައިގައި އޮތުން

ލީގު ތާވަލްގެ ތިން ވަނައިގައި އޮތް ސަސް އާއި ހަތަރު ވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބަށް ލިބެނީ 12 ޕޮއިންޓް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2023 | ބުރާސްފަތި 03:32
ޕްރެޒިޑެންޓްސް ކަޕް ޕްރީ މެޗު ޕްރެސް ކޮންފަރެސްގައި ސަސްގެ ކޯޗު އިންމަ

ޕްރެޒިޑެންޓްސް ކަޕް ޕްރީ މެޗު ޕްރެސް ކޮންފަރެސްގައި ސަސްގެ ކޯޗު އިންމަ

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިމޭއިރު، ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް)ގެ އަމާޒަކީ ލީގު ތާވަލްގެ ތިން ވަނަ ނުވަތަ ހަތަރު ވަނައިގައި އޮތުން ކަމަށް އެ ކުލަބުގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

ލީގު ތާވަލްގެ ތިން ވަނައިގައި އޮތް ސަސް އާއި ހަތަރު ވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބަށް ލިބެނީ 12 ޕޮއިންޓެވެ. ނަމަވެސް ފައިދާ ލަނޑުން ކުރި ހޯދައިގެން ސަސް އޮތީ ތިން ވަނައިގަ އެވެ. ލީގުގައި ސަސް ދެން ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ތިން ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.

ބުރު މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އިންމަ ބުނީ، ސީޒަނަށް ކުރިމަތިލީ ސީޒަންގެ ރަނގަޅު ހިސާބެއްގައި ސަސް ބާއްވަން ކަމަށެވެ. އެގޮތުގެ މަތިން ފުރަތަމަ ބުރު ނިމޭއިރު ސަސްގެ އަމާޒަކީ ތިން ވަނަ ނުވަތަ ހަތަރު ވަނައިގައި އޮތުން ކަމަށް ވެސް އިންމަ ބުންޏެވެ. އެ ހިސާބުގައި ސަސް އަށް އޮވެވިއްޖެ ނަމަ، ފުރަތަމަ ބުރުގެ އަލީގައި ރަނގަޅު ހިސާބެއްގައި ސީޒަން ނިންމާލެވޭނެ ކަމަށް އިންމަ ދެކެ އެވެ. މީގެ އިތުރުން އިންމަ ދެކޭ ގޮތުގައި އެކަމުގެ ސަބަބުން ސަސް އަށް އިތުރު ހިތްވަރެއް ވެސް ލިބޭނެ އެވެ. އެހެންކަމުން ޓީމުގެ އަމާޒަށް ވާސިލްވެވޭނެ ކަމަށް އިންމަ ވަނީ ބުނެފަ އެވެ.

ސަސްގައި ހިމެނޭ ބައެއް ކުޅުންތެރިން ފުޓްސަލް ކުޅުމާ ގުޅޭ ގޮތުން އިންމަ ބުނީ، ސީޒަންގެ ތެރޭގައި ކުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެހެން ނަމަވެސް، ކުޅުންތެރިންގެ ވަޒީފާގެ ކަންކަން ހުންނަ ގޮތުން އެކަން ހުއްޓުވޭނެ ކަމަށް އިންމަ ޤަބޫލެއް ވެސް ނުކުރެ އެވެ. އަދި އެކަމަށް ހުރަސް އަޅާފައި ނުވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ސީޒަންގެ ތެރޭގައި ފުޓްސަލް ކުޅެން ޖެހުމުން ދިމާވާ ބައެއް ދަތިތަކުގެ ވާހަކަ ވެސް އިންމަ ވަނީ ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ބައެއް ކުޅުންތެރިން ގެންނަން ޖެހެނީ މެޗު ފެށެން ފަސް ވަރަކަށް މިނެޓަށްވެފައި ވަނިކޮށް ކަމަށެވެ.

އެގޮތަށް މެޗު ކުޅެން ޖެހުމުން ބައެއް ފަހަރު އަނިޔާގެ މައްސަލަ ދިމާވާ ހާލަތް އަންނަ ކަމަށް ވެސް އިންމަ ވަނީ ބުނެފަ އެވެ. އެގޮތަށް ދިމާވާ ހާލާތްތަކުގައި މުޅި ދުވަސް ހޭދަކުރަން ޖެހެނީ ކުޅުންތެރިންގެ ރިކަވަރީ އަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް އިންމަ ދެކޭ ގޮތުގައި ފުޓްސަލް އަކީ ޓެކްނިކަލީ ގޮތުން ފުޓުބޯޅަ ކުޅުންތެރިންނަށް ވަރަށް މުހިންމު އެއްޗެކެވެ. ނަމަވެސް ސީޒަންގެ ތެރެއިން އެކަމާ ދިމާވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޕްރިމިއާ ލީގުގައި ސަސް އިން ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު