Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ފަހަތުން އަރައި ބަޔާނުން ލިވަޕޫލް ބަލިކޮށްފި

ބަޔާނުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 4-3 ގެ ނަތީޖާއަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އޯގަސްޓު 2023 | ބުރާސްފަތި 02:55
މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގަައި ޖަރުމަނުގެ ބަޔާން މިއުނިކުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފި އެވެ.

ބަޔާނުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ލިވަޕޫލަށް ކުރި ހޯދައިދިނީ ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ އެވެ. އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ އައު ކެޕްޓަން ވާޖިލް ވެން ޑައިކް އެވެ. ދެ ލަނޑުގެ ލީޑެއްގައި ލިވަޕޫލް އޮތް ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ބަޔާންގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ޖެހީ ސާޖް ގްނަބްރީ އެވެ. އޭގެ ފަހުން 42 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖެހީ ލެރޯއީ ސާނޭ އެވެ.

ދެ ވަނަ ހާފަށް ނުކުމެ ލިވަޕޫލުން އިތުރު ލަނޑެއް ޖަހައި ދެ ވަނަ ފަހަރަށް މެޗުގައި ލީޑު ވެސް ނެގި އެވެ. އެއީ 66 ވަނަ މިނެޓުގައި ލުއިޒް ޑިއާޒް ޖެހި ލަނޑުންނެވެ. ނަމަވެސް މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ބަޔާނުން ވަނީ ދެ ލަނޑު ޖަހައިގެން މެޗު ކާމިޔާބުކޮށްފަ އެވެ. މެޗުގެ ނަތީޖާ ބަޔާނަށް ހަމަހަމަ ކޮށްދިން ލަނޑު 80 ވަނަ މިނެޓުގައި ޖެހީ ޖޮސިޕް ސްޓެނިސިކް އެވެ. ބަޔާން މޮޅު ކޮށްދިން ލަނޑު ފްރޭންސް ކްރެޓްޒިގް ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ.

މިއީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލިވަޕޫލުން ކުޅުނު ހަތަރު ވަނަ މެޗެވެ. މީގެ ތެރެއިން އެ ޓީމު ވަނީ ދެ މެޗުން މޮޅުވެ، އެއް މެޗު އެއްވަރުވެ، އެއް މެޗުން ބަލިވެފަ އެވެ. ސީޒަން ފެށުމުގެ ކުރިން ލިވަޕޫލުން ބާކީ އެއް މެޗު ކުޅޭނެ އެވެ. ބަޔާނުން ތިން މެޗު ކުޅުނުއިރު، ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އެއް މެޗުން ވަނީ ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު