Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގުމަތީގެ ރައްކާތެރިކަން

މަގުމަތީގެ އެކްސިޑެންޓްތަކުގައި މިއަހަރު 5 މަރު

3 އޯގަސްޓު 2023 | ބުރާސްފަތި 02:47

މިއަހަރުގެ ޖޫން މަހާ ހަމައަށް މަގުމަތީގައި 1063 އެކްސިޑެންޓް ހިނގާފައިވާއިރު މިދިޔަ އަހަރުގެ އެމުއްދަތުގެ ތެރޭގައި ހިނގާފައިވަނީ 818 އެކްސިޑެންޓް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 އޯގަސްޓު 2023 | ބުރާސްފަތި 02:47
މާލޭގައި ހިނގާފައިވާ ނުރައްކާތެރި ބައެއް އެކްސިޑެންޓްތައް

މާލޭގައި ހިނގާފައިވާ ނުރައްކާތެރި ބައެއް އެކްސިޑެންޓްތައް

މަގުމައްޗަކީ ހުރިހާ އެންމެންނަށް އަމާން ރައްކާތެރި ތަނަކަށް ވާންޖެހެއެވެ. ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެހި ދުއްވާ މީހުންނަށްވެސް ސަލާމަތްތެރިކަމާއި އަމާންކަމާއެކު ބޭނުންކުރެވޭ ތަނަކަށް މަގުމަތިވާންޖެހެއެވެ. ނަމަވެސް އެއް ދުވަހުން އަނެއް ކާރުބާރު ބޮޑުވަމުން އަންނަ ރާއްޖޭގެ މަގުމަތިތަކަށް ނަޒަރު ހިންގާލާއިރު ފެންނަމުންދަނީ މަގުމަތީގައި އެކި ކަހަލަ އެކްސިޑެންޓްތައް ހިނގާ މީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރު އިތުރުވަމުންދާތަނެވެ. ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ވަމުންދާތަނެވެ. ކަމާބެހޭ ފަރާތްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ނަންބަރުތައް ފެންނަނީ މަތިވަމުން އަންނަތަނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މަގުމަތީގެ އެކްސިޑެންޓްތަކުގައި 5 މީހަކު ވަނީ ނިޔާވެފައެވެ. މިއަހަރުގެ މިހާތަނަށް މަގުމަތީގެ އެކްސިޑެންޓްތަކުގައި 125 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ވެފައެވެ. މަގުމަތީގައި 1063 އެކްސިޑެންޓް ހިނގައިގެން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. މިއަދަދުތައް ދެން އޭގެކުރީ އަހަރު ކަމަށްވާ 2022 ވަނަ އަހަރާ އަޅާކިޔާލަމާއެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަގުމަތީގެ އެކްސިޑެންޓްތަކުގައި އެއްވެސް މީހަކު ނިޔާވެފައެއްނުވެއެވެ. ނަމަވެސް 149 މީހަކަށް ތަފާތު އެކި އަނިޔާވެގެން ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަގުމަތީގައި 818 އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

އަދަދުތައް އަޅާކިޔާލާއިރު ފެންނަނީ އަހަރުން އަހަރަށް ނަންބަރުތައް މައްޗަށްދާތަނެވެ. މިއަހަރުގެ ޖޫން މަހާ ހަމައަށް މަގުމަތީގައި 1063 އެކްސިޑެންޓް ހިނގާފައިވާއިރު މިދިޔަ އަހަރުގެ އެމުއްދަތުގެ ތެރޭގައި ހިނގާފައިވަނީ 818 އެކްސިޑެންޓެވެ.

އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގަނީ އެންމެ މީހުން ބައިބޯ މާލޭގައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މާލޭގައި އެކްސިޑެންޓް ހިނގާ މިންވަރުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 2022 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު މާލޭގައި 781 އެކްސިޑެންޓް ހިނގާފައިވާއިރު 2023 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު އެއަދަދު ހުރީ 1014 ގައެވެ.

މާލެ ފިޔަވައި ދެން ހުރި ސިޓީތަކުގައިވެސް އެކްސިޑެންޓްތައް ހިނގާމިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އައްޑޫ ސިޓީއަށް ބަލާއިރު 2022 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 11 އެކްސިޑެންޓް ހިނގާފައިވާއިރު މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު އައްޑޫ ސިޓީގައި 14 އެކްސިޑެންޓެއް ހިނގާފައިވެއެވެ. ފުވައްމުލައް ސިޓީއަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 6 އެކްސިޑެންޓެއް ހިނގާފައިވާއިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ފުވައްމުލައް ސިޓީގައި 12 އެކްސިޑެންޓެއް ހިނގާފައިވެއެވެ. ކުޅުދުއްފުށި ސިޓީއަށް ބަލާއިރު މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 6 އެކްސިޑެންޓެއް ހިނގާފައިވާއިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުޅުދުއްފުށީގައި 6 އެކްސިޑެންޓެއް ހިނގާފައިވެއެވެ. އަތޮޅުތަކަށް ބަލާއިރު 2022 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު 14 އެކްސިޑެންޓް ހިނގާފައިވާއިރު މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު 17 އެކްސިޑެންޓެއް އަތޮޅު ތެރޭގައި ހިނގައިފައިވެއެވެ.

މަގުމައްޗަކީ ހުރިހާ އެންމެންވެސް ބޭނުންކުރަން އޮންނަތަނެއް ކަމަށް ދަނެ ތިމާގެ ފަރިތަކަމަށްވުރެ އަނެކާގެ ނުފަރިތަކަމާމެދު ސަމާލުވުން މުހިންމެވެ. ނޫންނަމަ މަގުމަތީގައި ހިނގާ އެކްސިޑެންޓެއްގައި ގެއްލުންލިބޭ މީހަކީ ތިމާކަމުގައިވެސް ވެދާނެއެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެހި ދުއްވާ މީހުން މަގުމަތީގެ ގަވާއިދުތަކަށް ސަމާލުކަން ދޭންޖެހެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 ޖުލައި 2017

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!
16 ޖޫން 2017

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟
06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
02 ޖޫން 2017

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް
26 އެޕްރީލު 2017

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017
"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"
26 އެޕްރީލު 2017

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!
05 އެޕްރީލު 2017

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

05 އެޕްރީލު 2017
ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް