Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޞާލިޙު

ބާރަށުން ތުއްތު މިޝްޔާގެ ޝުކުރުގެ ސިޓީއެއް ރައީސަށް، އުންމީދަކީ ގްރޭޑު ދޭކުން ވެސް ނާސްތާ ޕްރޮގްރާމް ލިބުން!

ސްކޫލަށް ތައުލީމު ހާސިލްކުރުމަށް ކޮންމެ ދުވަހަކު ދާއިރު، ކިރު ޕެކެޓު ބޯ ވާހަކަ މިޝްޔާ ހިއްސާކުރީ ނުހަނު ހިނިތުންވުމާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2023 | ބުދަ 06:56
ބާރަށުން މިޝްޔާ ރައީސް ޞާލިޙަށް ސިޓީ ކިޔައިދެނީ

ބާރަށުން މިޝްޔާ ރައީސް ޞާލިޙަށް ސިޓީ ކިޔައިދެނީ

މީގެ ފަސް ވަރަކަށް އަހަރު ކުރިން، 17 ނޮވެމްބަރު 2018 ގައި ވުޖޫދުވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމެވެ. ސަރުކާރު ވުޖޫދުވެ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ސްކޫލް ތަކުގައި ރަސްމީކޮށް އެ ޕްރޮގްރާމް ފެށި އެވެ. މިއީ ސްކޫލްތަކުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ސަރުކާރުން ފެށި ވަރަށް ބޭނުންތެރިކަމެއް ކަމަށް ގިނަ ބެލެނިވެރިން ދެކެ އެވެ.

ފަސް އަހަރުގެ ދައުރު ހަމަވާން ކައިރިވެފައިވާއިރު، ރައީސް ޞާލިޙު މިހާރު ގެންދަވަނީ ކުރިއަށް އޮތް އިންތިޚާބަށް ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން މިހާރު އެމަނިކުފާނު ގެންދަވަނީ ބޮޑުތިލަދުންމައްޗަށް ދަތުރު ކުރައްވަމުންނެވެ. ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ބުދަ ދުވަހު އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ބާރަށެވެ. އެރަށުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ގިނަ ރައްޔިތުން ނުކުމެތިބިއިރު، އެތަނުން އެންމެ ފާހަގަކޮށްލެވުނީ އައިޝަތު މިޝްޔާ އެވެ. ރަތް ލިބާހެއްގައި ހުރި ތުއްތު މިޝްޔާގެ އަތުގައި އޮތީ ރީނދޫ ކުލައިގެ ގަނޑެކެވެ. އެ ގަނޑުގައި ރަތް ކުލައިން ލިޔެފައި ވަނީ "އިބޫ ރައީސް" މިފަދައިންނެވެ.

ސަލާމް ކުރުމުގެ ތެރެއިން ރައީސް ޞާލިޙު މިޝްޔާއާ އަރާ ހަމަވުމާއެކު، މިޝްޔާ ރައީސަށް އެ ސިޓީ ކިޔައިދިނެވެ. އެ ސިޓީ މެދުވެރިކޮށް މިޝްޔާ ރައީސް ޝުކުރު އަދާކުރީ ނާސްތާ ޕްރޮގްރާމާ ގުޅޭ ގޮތުންނެވެ. މިޝްޔާގެ ސިޓީގައި ބުނީ، ނާސްްތާ ޕްރޮގްރާމް ފޯރުކޮށްދޭތީ ވަރަށް އުފާވާ ކަމަށެވެ. ސްކޫލަށް ތައުލީމު ހާސިލްކުރުމަށް ކޮންމެ ދުވަހަކު ދާއިރު، ކިރު ޕެކެޓު ބޯ ވާހަކަ މިޝްޔާ ހިއްސާކުރީ ނުހަނު ހިނިތުންވުމާއެކު އެވެ. އެއަށްފަހު މިޝްޔާ ބުނީ ކިރު ޕެކެޓު ވަރަށް މީރު ކަމަށާއި، ރައީސަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އެއަށްފަހު މިޝްޔާ ރައީސަށް ކުރީ ސުވާލެކެވެ. އެއީ މިޝްޔާ ގްރޭޑު ދޭކަށް ދިޔުމުން ވެސް ނާސްތާ ޕްރިގްރާމް ލިބޭނެތޯއެވެ؟ އެއަށްފަހު މިޝްޔާ ބުނީ، އެ ނާސްތާ ލިބެން ވަރަށް ބޭނުންވާ ކަމަށެވެ. މިޝްޔާ ސިޓީ ކިޔަމުންދިޔައިރު، ރައީސް ޞާލިޙު ހުންނެވީ އަޑުއައްސަވާށެވެ. ސިޓީ ކިޔައި ނިމުމަށްފަހު މިޝްޔާ ވަނީ ރައީސަށް ސިޓީ އަރުވައިފަ އެވެ.

ރައީސް ޞާލިހުގެ މި ފަސް އަހަރުގައި ނާސްތާ ޕްރޮގްރާމް ހިމެނެހޭން ތައުލީމީ ދާއިރާ އަށް ވަނީ ބޮޑު ބަދަލެއް ގެންނަވައިފަ އެވެ. ނާސްތާ ޕްރޮގްރާމްގެ އިތުރުން މުދައްރިސުންގެ މުސާރަ ވެސް ރައީސް ޞާލިހުގެ މި ފަސް އަހަރުގައި ވަނީ ބޮޑު ކޮށްދެއްވައިފަ އެވެ. މިހާރު ރައީސް ޞާލިޙު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ވެސް އަންނަނީ ތައުލީމީ ދާއިރާގެ އިތުރުން ހުރިހާ ދާއިރާ އަކަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތުއްތުކުދިންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެނީ ތެލިތަށި ހިފައިގެން ކިޔާ ލަވަތަކުން!

ތުއްތުކުދިންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެނީ ތެލިތަށި ހިފައިގެން ކިޔާ ލަވަތަކުން!

22 މާރިޗު 2020
ހުރިހާ ވަގުތެއް ހޭދަކުރަނީ އެކުގައި، މިއަދު ދުނިޔޭގައި ނެތަސް ލޯބިވާ ތުއްތު ކަމަނަގެ ހަނދާން ފަނޑުވުމެއް ނެތް!

ހުރިހާ ވަގުތެއް ހޭދަކުރަނީ އެކުގައި، މިއަދު ދުނިޔޭގައި ނެތަސް ލޯބިވާ ތުއްތު ކަމަނަގެ ހަނދާން ފަނޑުވުމެއް ނެތް!

20 ފެބުރުއަރީ 2020
ސިޓީއެއްގެ ދަރަޖައާއެކު، ފުރިހަމަ ހިދުމަތް ވެސް ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންވޭ!

ސިޓީއެއްގެ ދަރަޖައާއެކު، ފުރިހަމަ ހިދުމަތް ވެސް ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންވޭ!

16 ޖެނުއަރީ 2020
ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

04 ސެޕްޓެމްބަރު 2019
ތުއްތު ކޭބާން އާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތުގެ ހިތްދަތި ވާހަކަ

ތުއްތު ކޭބާން އާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތުގެ ހިތްދަތި ވާހަކަ

11 އޯގަސްޓު 2019

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު