Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އިންޑިޔާ ލޮޓަރީ

އިންޑިޔާގައި ކުނި ނެގުމުގެ މަސައްކަތް ކުރާ 11 އަންހެނަކަށް ނަސީބު ލޮޓަރީ ދިމާވެއްޖެ

ލޮޓަރީ ދިމާވިނަމަވެސް އެ މަސައްކަތް ދޫކޮށްނުލުމަށް އެންމެންވެސް އެއްބަސްވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 1 އޯގަސްޓު 2023 | އަންގާރަ 14:55
އިންޑިޔާގައި ލޮޓަރީ ދިމާވި ގްރޫޕްގެ ބައެއް މީހުން

އިންޑިޔާގައި ލޮޓަރީ ދިމާވި ގްރޫޕްގެ ބައެއް މީހުން

އިންޑިޔާގެ ކެރަލާ ސްތޭޓްގައި ލާރި އެއްކޮށްގެން ނަސީބު ލޮޓަރީ ޓިކެޓެއް ގަތް 11 އަންހެނުންނަށް ނަސީބު ދިމާވެއްޖެއެވެ. ސަތޭކަ މިލިއަން ރުޕީސް ލިބުނު މި މީހުންނަކީ ގޭގެއިން ކުނި ނެގުމުގެ މަސައްކަތުގައި އުޅޭ ބައެއް ކަމަށް ވެއެވެ. މި މަސައްކަތުން އެމީހުންނަށް ލިބެނީ ދުވާލަކު 250 ރުޕީސްވަރު ކަމަށް ވެއެވެ. މިއަދަދަކީ އެކަކުގެވެސް އާއިލާގެ ޚަރަދުތަކަށް ފުދޭ މިންވަރެއް ނޫނެވެ.  

ޖޫން 11 ވަނަ ދުވަހު މި މީހުން ގުޅިގެން ގަނެފައިވަނީ 250 ރުޕީސްއަށް ދޭ ލޮޓަރީ ޓިކެޓެކެވެ. މިކަމުގައި އިސްކޮށް އުޅުނު ރާދާ، މީހެއްގެ އަތުން 25 ރުޕީސް ނަގަމުން ހިނގިއިރު، އެކަމުގައި ބައިވެރިވާހިތުން އިން އެކަކު އަތުގައި ލާރިނެތިގެން އެވާހަކަ ބުނިކަމަށް ވެއެވެ. އެއާއެކު އެހެން މީހަކު އަތުގައި އޮތް 25 ރުޕީސް އޭނާއާ "ޝެއަރ" ކުރި ކަމަށް ވެއެވެ. 12.5 ރުޕީސް ފަހުން ދޭގޮތަށެވެ. އަދި ލޮޓަރީ ލިބިއްޖެނަމަ ދެ މީހުންނަށް ބައި އަޅާގޮތަށްވެސް އެއްބަސްވިއެވެ. އެއީ އެ ދެމީހުންގެ މައްޗަށް އެބައި ބަހާ ގޮތަށެވެ.

ލޮޓަރީ ދިމާވެއްޖެކަން މި މީހުންނަށް އެނގުނީވެސް އެކަން އިއުލާންކުރި ދުވަހުގެ ފަހު ދުވަހުއެވެ. އެއީ އޭގެ ތެރެއިން އެކަކުގެ ފިރިމީހާ ގާތުގައި ބުނެގެން ބެލި ބެލުމުންނެވެ.

ނަސީބު ދިމާވި އެންމެންނަކީވެސް އިންތިހާ ދަރަޖައިގެ ފަގީރުކަމުގައި އުޅެމުންދާ މީހުންނެވެ. އެކަކުގެ ފިރިމީހާ ވަނީ ކިޑްނީ ފެއިލްވުމުގެ ސަބަބުން މިދިޔަ އަހަރު ނިޔާވެފައެވެ. އޭނަބުނިގޮތުގައި ޑަޔަލަސިސް ހެދުމަށް އެއްކުރާ ފައިސާއިންވެސް ފިރިމީހާ ނަސީބު ލޮޓަރީ ގަނެއެވެ. ދެމަފިރިން އަޅަން މަސައްކަތްފެށި ގެވެސް ހުރީ ނުނިންމިފައި ކަމަށް އޭނާ ބުންޏެވެ.

އެކަކުގެ ގެ މޫސުމީ ވިއްސާރާގައި މުޅިން ފަނާވެފައިވާއިރު، އޭނާހުރީ އައު ހިޔާވައްސެއް އެޅޭނެ ފަދަވެސް ނެތި، މަގުމަތިވެފައެވެ.

އެހާލުގައިވެސް ގިނަ މީހުން ވަނީ ކުދިންނަށް ކިޔަވައިދިނުމަށްޓަކައި، ނުވަތަ ދިމާވާ ބޮޑެތި ކަންކަމާ ގުޅިގެން ލޯނުވެސް ނަގާފައެވެ.

ނަސީބު ލޮޓަރީ ދިމާވުމަށްފަހު އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. ޓެކްސްއަށް ކެނޑުމަށްފަހު ގްރޫޕަށް 63 މިލިއަން ރުޕީސް ލިބެއެވެ. އެއީ ޓިކެޓް ލާރި ޝެއަރކުރި ދެމީހުން ފިޔަވައި ކޮންމެ މީހަކަށް 6.3 މިލިއަން ރުޕީސްއެވެ.

ފައިސާ ލިބުނުކަން އެނގުނު ދުވަހުގެ ފަހު ދުވަހުވެސް އެމީހުން މަސައްކަތު ނިކުތް ކަމަށް ވެއެވެ. އެމީހުން ބުނިގޮތުގައި އެފަދަ ނަސީބު އެމީހުންނަށް ލިބުނީ އެމަސައްކަތުގެ ތެރެއިންނެވެ. އެހެންކަމުން އެ މަސައްކަތް ދޫކޮށްނުލުމަށް އެންމެންވެސް އެއްބަސްވެފައިވާކަމަށް ރާދާ ބުނެފައިވެއެވެ.          

ކޮމެންޓް

އިތުރަށް ކިޔާލަން

"ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތް ފަށައިފި

"ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތް ފަށައިފި

29 ޖޫން 2017
"ވީރޭ ދި ވެޑިން" ގެ މަސައްކަތް އޮގަސްޓަށް ލަސްކޮށްފި

"ވީރޭ ދި ވެޑިން" ގެ މަސައްކަތް އޮގަސްޓަށް ލަސްކޮށްފި

19 މެއި 2017
"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި

"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި

09 މެއި 2017
ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި

ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި

03 އެޕްރީލު 2017
އަކްޝޭއާ އެކު ފިލްމްގައި މަސައްކަތް ކުރަން ތައްޔާރު: ސަލްމާން

އަކްޝޭއާ އެކު ފިލްމްގައި މަސައްކަތް ކުރަން ތައްޔާރު: ސަލްމާން

15 މާރިޗު 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު