Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާ

ނައިބުރައީސް ފައިސަލް ރައީސަށް: ގަދަ ކަނޑެއްގައި ދަތުރުކުރައްވަން ޖެހުނަސް އިހްލާސްތެރިކަމާއެކު ހުންނާނަން

ރައީސް ސާލިހަކީ "ޕްރޫވަން" ޕްރޮޑަކްޓެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 30 ޖުލައި 2023 | އާދީއްތަ 17:56
ފުވައްމުލަކު ސިޓީގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ނައިބުރައީސް ވާހަކަފުޅު ދައްކަވަނީ

ފުވައްމުލަކު ސިޓީގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ނައިބުރައީސް ވާހަކަފުޅު ދައްކަވަނީ

ގަދަ ކަނޑެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއެކު ދަތުރުފުޅު ކުރައްވަން ޖެހިވަޑައިގަތަސް އިހްލާސްތެރިކަމާއެކު ދެގޮތެއް ނުވެ ހުންނަވާނެ ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ ރައީސް ސާލިހަކީ "ޕްރޫވަން" ޕްރޮޑަކްޓެއް ކަމަށެވެ.  

Advertisement - newsAdvertisement

ރައީސް ސާލިހަކީ ދުވަހަކުވެސް މިޤައުމު ނުދެކޭފަދަ ވެރިޔެއް ކަމަށާއި އެމަނިކުފާނަކީ ކެތްތެރި ބޭފުޅެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. ދުނިޔޭގައި ކުރިއެރި ކޮންމެ ޤައުމެއް ކުރި އެރީ ޒުވާން ޖީލަކާއެކު ކަމަށާއި އެ އަމާޒަށް ރައީސް ސާލިހު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މުޅި ދުނިޔެ ކޮވިޑުގެ ހާލަތުގައި އޮތްއިރު ގިނަ ޤައުމުތަކުގެ އިޤްތިސާދު ހުއްޓުނުކަމަށްވިދާާޅުވިއެވެ. އެހެންނަ.މަވެސް ރައީސް ސާލިހު ހިކުމަތްތެރިކަމާ ވިސްނުމާއެކު މަސައްކަތްޕުޅު ކުރެއްވުން، ރާއްޖެ އިޤްތިސާދީ އަނދަވަޅަކަށް ނުވެއްޓުނު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ތެރޭގައި ހުރިހާ ރައްޔިތުން ވެސް ތަޖުރިބާ ކުރި ކަންތައްތައް ޚިޔާލަށް ގެންނަންވާނެ ކަމަށާއި އޭރު ހުރިހާ ރައްޔިތުން ތިބީ ބިރުވެރިކަމާއި ނުތަވަނަސް ކަމުގެ ތެރޭގައި ކަމަށް ފައިސަލް ވިދާޅުވިއެވެ. ނައިބުރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރައްޔިތުންގެ ނިންމުން ވަރަށް ރަނގަޅު ކަމަށެވެ.

ކުރީގެ ސަރުކާރުން ހަމައެކަނި ފުވައްމުލަކުގައި ކުރިއަށް ގެންދެވުނު މަޝްރޫއަކީ ފެނާއި ނަރުދަމާ ނިޒާމު ކަމަށް ވިދާޅުވިއެވެ. ރައްޔިތުން ވެރިއަކު އައްޔަން ކުރަނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންގޮސް އަމާންކަން ޤާއިމުކުރުމަށް ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ގިނަ ރަށްތަކުގައި އެންމެ އަސާސީ ޙިދުމަތްތައް ވެސް ލިބެން ނެތް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ކޮންމެ ރަށަކަށް ބަލާލިޔަސް ތަރައްޤީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. ފައިސަލް ވިދާޅުވީ ކޮންމެ ޚިޔާލަކާއި ފިކުރެއްގެ މީހަކަށް ވިޔަސް ސަރުކާރުން އެ ރަށަކަށް ކޮށްދޭ މަޝްރޫއުތައް ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި އެކަންތައްތައް ޤަބޫލު ކުރަން ޖެހޭ ކަމަށެވެ.

ފުވައްމުލަކުގައި ސީޓީ ސްކޭންގެ ހިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ކުރިއަށް އޮތް ދައުރުގައި ފުވައްމުލަކު ސިޓީގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ނައިބުރައީސް ވިދާޅުވިއެވެ. އަދި އެވައުދު ވެވެވަޑައިގަންނަވަނީ އެމަނިކުފާނު ކަމަށާއި އެކަމުގައި އެއްވެސް ސުވާލެއް އޮވެގެންނުވާނެ ކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތީ ރަން ޒަމާނެއް ކަމަށް ވެސް ނައިބުރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު