Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯޑް ޝޯވ

އިންޑިއާގެ ލަކްނައު، ޖައިޕޫރ އަދި ޗަންދިގަރ ގައި ރޯޑްޝޯތަކެއް ބާއްވައިފި

28 ޖުލައި 2023 | ހުކުރު 11:28

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަޝްހޫރު 22 ކުންފުންޏަކުން މި ރޯޑްޝޯގައި ބައިވެރިވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޖުލައި 2023 | ހުކުރު 11:28
އެމްއެމްޕީއާރުސީން ބޭއްވި ރޯޑްޝޯގެ ތެރެއިން

އެމްއެމްޕީއާރުސީން ބޭއްވި ރޯޑްޝޯގެ ތެރެއިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންޑިއާގެ ލަކްނައު، ޖައިޕޫރ އަދި ޗަންދިގަރ ގައި ކާމިޔާބު ސިލްސިލާ ރޯޑްޝޯތަކެއް ބާއްވައިފިއެވެ.

މި ސިލްސިލާ ރޯޑްޝޯތަކުގެ މައިގަނޑު އަމާޒަކީ އިންޑިއާ މާކެޓުގެ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންނާ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން، ރާއްޖޭގެ ޓޮޕް ސޯސް މާކެޓްގެ ގޮތުގައި އިންޑިއާ ދެމެހެއްޓުމެވެ. އަދި އިންޑިއާ މާކެޓަށް އެމްއެމްޕީއާރުސީން ގެންގުޅޭ ސްޓްރެޓެޖީތަކާ އެއްގޮތްވާގޮތުގެ މަތިން، ރާއްޖޭގެ ވަކިވަކި އުފެއްދުންތަކާއި ތަޖުރިބާތައް ކުރިއެރުވުން ވެސް މި ސިލްސިލާ ރޯޑްޝޯތަކުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. މި ސިލްސިލާގެ ފުރަތަމަ ރޯޑްޝޯ ބޭއްވީ 17 ޖުލައި ގައި ލަކްނައުގައެވެ. ދެވަނަ ރޯޑްޝޯ ޖައިޕޫރުގައި 19 ޖުލައި 2023 ގައި ބޭއްވިއިރު، ތިންވަނަ ރޯޑްޝޯ ބާއްވާފައިވަނީ 20 ޖުލައި 2023ގައި ޗަންދީގަރުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަޝްހޫރު 22 ކުންފުންޏަކުން މި ރޯޑްޝޯގައި ބައިވެރިވިއެވެ. އެ ކުންފުނިތަކުގެ ތަފާތު އުފެއްދުންތަކާއި ހިދުމަތްތައް މި ރޯޑްޝޯގައި އިންޑިއާ މާކެޓަށް ހުށައެޅިއެވެ. މި ރޯޑްޝޯގައި ބައިވެރިވި ކުންފުނިތަކާއި ރިސޯޓްތަކުގެ ތެރޭގައި އައިލެންޑް ލައިފް ޓްރެވަލް ޕްރައިވެޓް ލިމިޓެޑެ. މެދުފުށި އައިލެންޑް ރިސޯޓ،ް ޓާޓާބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އަދާރަން ރިސޯޓްސް، ހެރިޓެންސް އާރަށް، ފުރަވަރި މޯލްޑިވްސް، އެމަރަލްޑް ކަލެކްޝަން، އަންގްސަނާ ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް - ވެލާވަރު، ޔޯކަރ ޑީއެމްސީ ޕްރައިވެޓް ލިމިޓެޑް، ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސް ރިސޯޓް، ސެންޓާރާ ގްރޭންޑް ރިސޯޓް، ލަކްސް ސައުތު އަރި އަތޮޅު، ރޮބިންސަން ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް، ޔޫއައި މޯލްޑިވްސް، އަޔާޑާ މޯލްޑިވްސް، ވިލާ ރިސޯޓްސް، އައުޓްރިގަރ މޯލްޑިވްސް މާފުށިވަރު، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް، ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް، ކުޑަ ވިލިނގިލި ރިސޯޓް މޯލްޑިވްސް، ވެސްޓިން މޯލްޑިވްސް، އަދި ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސް ހިމެނެއެވެ.

މި ކުންފުނިތަކުން މި ހަރަކާތުގައި ބައިވެރިވުމުން ދައްކައިދެނީ އިންޑިއާގެ މާކެޓް ދެމެހެއްޓުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ބޮޑު އަހައްމިއްޔަތުކަމެއް ދޭކަމެވެ. އެމްއެމްޕީއާރުސީއިން ވަނީ މި ރޯޑްޝޯ ސިލްސިލާގެ ތެރެއިން ރެފަލްތަކެއް ނަގާފައެވެ.މި ގޮތުނ،ް ލަކްނައުއިން ނަސީބުވެރި 01 ފަރާތަކަށް ސިނަމަން ވެލިފުށީގައި 2 ދުވަހުގެ ހިލޭ ޗުއްޓިއެއް ހޭދަކުރުމުގެ ފުރުސަތެއް ވަނީ ހަދިޔާކޮށްފައެވެ. ޖައިޕޫރްގައި ބޭއްވި ރޯޑްޝޯއިން ހޮވުނު ނަސީބުވެރި ފަރާތަށް ޖޭ ޑަބްލިޔު މެރިއަޓް ހިލޭ ޗުއްޓީއެއް ހަދިޔާކުރިއެވެ. އަދި މި ސިލްސިލާގެ އެންމެ ފަހު ރޯޑްޝ،ޯ ޗަންދިގަރގައި ބޭއްވި ރޯޑްޝޯގައި ރޮބިންސަން މޯލްޑިވްސްގެ ހިލޭ ޗުއްޓީއެއް ރެފްލްއަކުން ނަސީބުވެރިއަކަށް ދިނެވެ.

ކޮވިޑް-19ށް ފަހު އިންޑިއާ އަކީ މެދުކެނޑުމެއްނެތި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ އެއް މާކެޓެވެ. 16 ޖުލައި 2023 ގެ ނިޔަލަށް ޖުމްލަ 171،131 ފަތުރުވެރިން އިންޑިއާއިން އައިސްފައިވާއިރ،ު އެއީ މި އަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މާކެޓެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް