Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔޫތު މިނިސްޓަރު

ލިޔެކިޔުންތައް ފުރިހަމަ ނުވާ ޖަމިއްޔާތައް އުވާލަން ކުރި އިއުލާން ބާތިލުކޮށްފި

1989 ޖަމިއްޔާއެއް އުވާލަން ނިންމި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 28 ޖުލައި 2023 | ހުކުރު 03:59
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

ލިޔެކިޔުންތައް ފުރިހަމަނުވާ މަދަނީ ޖަމިއްޔާތައް އުވާލަން ކުރި އިއުލާން، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބާތިލުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން އަންގާރަ ދުވަހު ކުރި އިއުލާނުގައި ވަނީ އެކްޓިވް ނޫން ޖަމިއްޔާތަކުން ލިޔެކިޔުން ފުރިހަމަކުރުމަށްޓަކައި އިތުރު ފުރުސަތެއްދީ އެ ފުރުސަތުގައި ވެސް މައުލޫމާތު ފުރިހަމަ ނުކުރާތީ އުވާލާ ޖަމިއްޔާތަކެއްގެ ލިސްޓެއް އާއްމުކޮށްފައެވެ. މި ލިސްޓް އާންމުކުރިއިރު 1989 ޖަމިއްޔާއެއް އުވާލަން ނިންމިއެވެ.

Advertisement - newsAdvertisement

އުވާލަން ނިންމި ޖަމިއްޔާތަކުގެ ތެރޭގައި ވަރަށް ހަރަކާތްތެރި އަދި ލިޔެކިޔުންތައް ރަނގަޅަށް ފުރިހަމަކޮށްފައިވާ ބައެއް ޖަމިއްޔާތައްވެސް ހިމެނެއެވެ. އެހެންވެ، އެ ޖަމިއްޔާތަކުން ވަނީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

ލިސްޓު އާންމުކުރުމާ އެކު އެތައް ޖަމިއްޔާއެއްގެ ޝަކުވާ ލިބުމާ ގުޅިގެން ލިސްޓް ބާތިލްކުރީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އަންގަވައިގެންނެވެ. މަހުލޫފު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން ފެނުނީ ނޫސްތަކުން ކަމަށާއި އޭގެތެރޭގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭކަމަށެވެ. އަދި ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމިއްޔާތައްވެސް ހިމެނޭ ކަމަށެވެ. މިކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ލިބިވަޑައިގަންނަވާފައިވާ ކަމަށާއި އެކަންކަން ބަލައި ރަނގަޅުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީން އުވާލި އިއުލާނުގައި ބުނެފައިވާ ގޮތުގައި އުވާލުމަށް ނިންމި މަދަނީ ޖަމިއްޔާތަކަކީ މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައިނުވާ ޖަމިއްޔާތަކެވެ. ނުވަތަ އެ ޖަމިއްޔާއެއްގެ ހިންގާ ކޮމިޓީ ރަޖިސްޓްރިކޮށްފައި ނުވާ ޖަމިއްޔާތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު