Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫކްރެއިން-ރަޝިއާ ހަނގުރާމަ

އެމެރިކާއިން ޔޫކްރެއިނަށް 43 އެހީގެ ޕެކޭޖް، ޖުމުލަ އަދަދު 43 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ

27 ޖުލައި 2023 | ބުރާސްފަތި 14:42

އެމެރިކާއިން ޔޫކްރެއިނަށް އެހީ ފޯރުކޮށްދެމުންދަނީ ޕްރެޒިޑެންޝަލް ޑްރޯޑައުން އޮތޯރިޓީގެ ދަށުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 27 ޖުލައި 2023 | ބުރާސްފަތި 14:42
އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށުނު، ޔޫކްރެއިން-ރަޝިއާ ހަނގުރާމާގައި، ޔޫކްރެއިނުން ރަޝިއާއާ ދެކޮޅަށް ކުރާ މަސައްކަތުގައި އެގައުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދަނީ އެމެރިކާއިންނެވެ. ރަޝިއާއާ ދެކޮޅަށް ޔޫކްރެއިނުން ދޭ ހަމަލާތައް ވަރުގަދަކުރުމަށާއި، ރަޝިއާއިން އެގައުމަށްދޭ ހަމަލާތައް ދިފާއުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ އަސްކަރީ ހަތިޔާރާއި އެހެނިހެން ސާމާނު ޔޫކްރެއިނަށް ފޯރުކޮށްދިނުމުގައި، ހަނގުރާމަ ފެށިގެން މިވީ މުއްދަތުގެ ތެރޭގައި އެމެރިކާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގައުމުުން ޔޫކްރެއިނަށް ފޯރުކޮށްދޭ އަސްކަރީ ހަތިޔާރުގެ އިތުރުން، ހުޅަނގުގެ އެހެން ގައުމުތަކުންވެސް ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމަށް އެމެރިކާއިން ދަނީ ހުއްޓުމެއްނެތި ބާރުއަޅަމުންނެވެ.

ހަނގުރާމައަށް 16 މަސްދުވަސް ވެގެން ގޮސްފައިވާއިރު، އެމެރިކާއިން މިވަނީ އެގައުމުން ޔޫކްރެއިނަށް ފޯރުކޮށްދޭ 43 ވަނަ އެހީގެ ޕެކޭޖު އިއުލާނުކޮށްފައެވެ. މި 16 މަސްދުވަހުގެ ތެރޭގައި އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދިން އެހީގެ އަދަދު 43 ބިލިއަނަށްވުރެ މައްޗަށް އަރައެވެ. އެމެރިކާއިން ޔޫކްރެއިނަށް އެހީ ފޯރުކޮށްދެމުންދަނީ ޕްރެޒިޑެންޝަލް ޑްރޯޑައުން އޮތޯރިޓީގެ ދަށުންނެވެ.

އެންމެ ފަހުން އެމެރިކާއިން ޔޫކްރެއިނަށް ދޭން އިއުލާނުކޮށްފައިވަނީ 400 މިލިއަން ޑޮލަރުގެ ޕެކޭޖެކެވެ. މި އެހީގެ ޕެކޭޖުުގައި ޑިފެންސް މިސައިލާއި ހަތިޔާރުއެޅި އުޅަނދާއި ކުދި ޑްރޯން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. މިފަހަރުގެ އެހީގެ ޕެކޭޖުގައި ބްލެކް ހޯނެޓް ސްޕައި ޑްރޯން ހިމެނޭނެ ކަމަށް ރިޕޯޓުކޮށްފައި ވާއިރު، މިއީ އެމެރިކާއިން ޔޫކްރެއިނަށް މީގެ ޑްރޯން ފޯރުކޮށްދޭން ނިންމި ފުރަތަމަ ފަހަރެވެ.

އައު ހަތިޔާރުގެ އިތުރުން، މިޕެކޭޖުގައި ޕެޓްރިއޮޓް އެއަރ ޑިފެންސް ސިސްޓަމްތަކާއި، ނެޝަނަލް އެޑްވާންސްޑް ސަރފޭސް ޓު ސަރފޭސް އެއަރ މިސައިލް ސިސްޓަމްތަކާއި، ސްޓިންގަރ އެންޓި އެއަރ ކްރާފްޓް ސިސްޓަމްގެ އިތުރުން ހައި މޮބިލިޓީ އަރޓިލަރީ ރޮކެޓް ސިސްޓަމްތަކާއި އިތުރު މިސައިލް އަދި ރޮކެޓް ސިސްޓަމްތަކަށް ބޭނުންވާ ވަޒަންވެސް ވަނީ ހިމަނާފައެވެ.

އެމެރިކާއިން މިހާ ބޮޑު އަދަދެއްގެ އެހީއެއް ޔޫކްރެއިނަށް ފޯރުކޮށްދެމުންދާތީ ރަޝިއާއިން ވަނީ އެމެރިކާއިން ޕްރޮކްސީ ހަނގުރާމައެއް ކުރަން މަސައްކަތްކުރާކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން، މިއީ އެމެރިކާއިން ރަޝިއާގެ އިގުތިސާދީ ކުރިއެރުމަށް ހުރަސްއަޅައި، ދުނިޔޭގައި ރަޝިއާގެ ސިޔާސީ ނުފޫޒު ކުޑަކުރުމަށް ކުރާ މަސައްކަތެއްކަމަށް ރަޝިއާއިން ބުނެއެވެ. އެމެރިކާގެ މިއަމަލު ތަކަކީ އެގައުމުގެ "ރޫސޯފޯބިކް" ސިޔާސަތުގެ ދަށުން ހިންގާ އަމަލުތަކެއް ކަމަށްވެސް ރަޝިއާއިން ބުނެއެވެ.

އެމެރިކާއިން އެހީގެ ޕެކޭޖުތައް ފޯރުކޮށްދިނުމުގެ ނަމުގައި ޔޫކްރެއިން އެގައުމަށް ދަރަނިވެރިކުރުވަން އުޅޭކަމަށާއި، އެމެރިކާއިން ފޯރުކޮށްދޭ އެހީގެ ބަދަލުގައި ޔޫކްރެއިންގެ ގްރެއިން ރިޒަރވް ބޭނުންކުރަން އެމެރިކާއިން ބޭނުންވާކަމަށްވެސް ރަޝިއާއިން ތުހުމަތުކޮށްފައިވެއެވެ.

އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭ އެހީގައި އެގައުމުގެ ރެފިއުޖީންނަށް އެހީވުމަށް އެތައް ސަތޭކަ މިލިއަން ޑޮލަރު ހިމަނާފައިވާއިރު، ރަޝިއާގެ އޮލިގާކުންނާއި ރައީސް ލެޑްމިއަރ ޕުޓިންއާ ގުޅުންހުރި މީހުންގެ އެސެޓްތައް ހިފެހެއްޓުމަށް އެހީވުމަށްވެސް އެމެރިކާއިން ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހިމަނާފައެވެ. މިހާތަނަށް އައިއިރު އެމެރިކާއިން ވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2023

ޗައިނާއިން ގައުމުތަކަށް 240 ބިލިއަން ޑޮލަރުގެ ބެއިލް-އައުޓް ޕެކޭޖް

07 އެޕްރީލު 2023
ޗައިނާއިން ގައުމުތަކަށް 240 ބިލިއަން ޑޮލަރުގެ ބެއިލް-އައުޓް ޕެކޭޖް
25 ފެބުރުއަރީ 2023

ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް، ހަނގުރާމައިގެ މަސްރަހު ބަދަލުވާނީ ކިހިނެއް؟

25 ފެބުރުއަރީ 2023
ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް، ހަނގުރާމައިގެ މަސްރަހު ބަދަލުވާނީ ކިހިނެއް؟
24 ޖޫން 2022

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

24 ޖޫން 2022
ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
11 މެއި 2022

އެމެރިކާއިން ޔޫކްރެއިނަށް 40 ބިލިއަން ޑޮލަރުގެ އެހީ، އެމެރިކާއިން ޕްރޮކްސީ ހަނގުރާމައެއް އިއުލާނުކުރިކަމުގެ ތުހުމަތު

11 މެއި 2022
އެމެރިކާއިން ޔޫކްރެއިނަށް 40 ބިލިއަން ޑޮލަރުގެ އެހީ، އެމެރިކާއިން ޕްރޮކްސީ ހަނގުރާމައެއް އިއުލާނުކުރިކަމުގެ ތުހުމަތު
24 ފެބުރުއަރީ 2022

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިނުން: ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕަށް ދިމާވި އެންމެ އަނދިރި ވަގުތު

24 ފެބުރުއަރީ 2022
ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިނުން: ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕަށް ދިމާވި އެންމެ އަނދިރި ވަގުތު
15 ފެބުރުއަރީ 2022

ރަޝިޔާއިން ޔޫކްރެއިނަށް އަރާފާނެތަ؟ ޕޫޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

15 ފެބުރުއަރީ 2022
ރަޝިޔާއިން ޔޫކްރެއިނަށް އަރާފާނެތަ؟ ޕޫޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
29 މެއި 2021

ދިވެހިންގެ އެހީގެ ފުރަތަމަ "ގާފިލާ" ގާޒާއަށް

29 މެއި 2021
ދިވެހިންގެ އެހީގެ ފުރަތަމަ "ގާފިލާ" ގާޒާއަށް
02 މާރިޗު 2021

ސިޔާސީ ކޮންބޯ ޕެކޭޖް، މިއީވެސް ފާޑެއްގެ އެއްޗެއް!

02 މާރިޗު 2021
ސިޔާސީ ކޮންބޯ ޕެކޭޖް، މިއީވެސް ފާޑެއްގެ އެއްޗެއް!
14 މާރިޗު 2020

އިޓަލީ ހާލުގައި ޖެހުނު ވަގުތު އެހީގެ އަތެއް ދިއްކޮށްލީ ޗައިނާއިން އެކަނި!

14 މާރިޗު 2020
އިޓަލީ ހާލުގައި ޖެހުނު ވަގުތު އެހީގެ އަތެއް ދިއްކޮށްލީ ޗައިނާއިން އެކަނި!
09 އޮކްޓޯބަރު 2017

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް