Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޓްރަމްޕާއި ޕުޓިންގެ ބައްދަލުވުމުގެ ކުރިން، ސްޓާމާއާ ބައްދަލު ކުރުމަށް ޒެލެންސްކީ އިނގިރޭސިވިލާތުގައި

ބުރާސްފަތި ދުވަހު ޒެލެންސްކީ އާއި ސްޓާމާ ބައްދަލު ކުރައްވާފައިވާއިރު، ބުދަ ދުވަހު ވަނީ ޒެލެންސްކީ އާއި ސްޓާމާ އަދި ޓްރަމްޕް އޮންލައިންކޮށް ބައްދަލު ކުރައްވައިފަ އެވެ. ރަޝިޔާ-ޔުކްރެެއިން ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕާއި ޕުޓިން ހުކުރު ދުވަހު އެލަސްކާގައި ބައްދަލު ކުރައްވާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޯގަސްޓު 2025 | ބުރާސްފަތި 13:07
ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަދި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ މީގެ ކުރިން ބައްދަލު ކުރައްވަނީ

ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަދި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ މީގެ ކުރިން ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ބައްދަލުވުމުގެ ކުރިން، ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާއާ ބައްދަލު ކުރައްވައިފި އެވެ.

އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަންގައި ބުރާސްފަތި ދުވަހު ޒެލެންސްކީ ވަނީ ބޮޑު ވަޒީރު ސްޓާމާއާ ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލުވުމަކީ ޔުކްރެއިން އާއި ޔޫރަޕުގެ ލީޑަރުން ނުހިމަނައި ކުރިއަށް ގެންދާ އެމެރިކާ-ރަޝިޔާ ސަމިޓުގެ ކުރިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ބުރާސްފަތި ދުވަހު ޒެލެންސްކީ އާއި ސްޓާމާ ބައްދަލު ކުރައްވާފައިވާއިރު، ބުދަ ދުވަހު ވަނީ ޒެލެންސްކީ އާއި ސްޓާމާ އަދި ޓްރަމްޕް އޮންލައިންކޮށް ބައްދަލު ކުރައްވައިފަ އެވެ. ރަޝިޔާ-ޔުކްރެެއިން ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕާއި ޕުޓިން ހުކުރު ދުވަހު އެލަސްކާގައި ބައްދަލު ކުރައްވާނެ އެވެ.

މިއީ މީގެ ތިން އަހަރުު ކުރިން، 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހު ރަޝިޔާ އިން ޔުކްރެއިން އަށް ހަމަލާތައް ދޭން ފަށައި، އަދި ހަނގުރާމަ ފެށި ފަހުން ޕުޓިން ހުޅަނގަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ޓްރަމްޕާއި ޕުޓިންގެ ބައްދަލުވުމުގެ ކުރިން ޒެލެންސްކީ އަދި ޔޫރަޕުގެ ލީޑަރުން ވެސް ވަނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް އަށް ގޮވާލައްވައިފަ އެވެ. 

ޓްރަމްޕާއި ޕުޓިންގެ މުހިންމު ބައްދަލުވުމުގެ ކުރިން ޒެލެންސްކީ ސްޓާމާއާ ބައްދަލު ކުރައްވާފައިވާއިރު، ޒެލެންސްކީ ވަނީ ޔޫރަޕުގެ ލީޑަރުންގެ ތާއީދު ވެސް ހޯއްދަވައިފަ އެވެ. ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތާއި، ސުލްޙަވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި ޒެލެންސްކީގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް ޔޫރަޕުގެ ލީޑަރުން ވަނީ ގޮވާލައްވައިފަ އެވެ. 

މީގެ އިތުރުން ރަޝިޔާ އާއި ޔުކްރެއިންއާ ދެެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތުގައި، ޔުކްރެއިންގެ މަސްލަޙަތު އިސްކުރަން ޖެހޭ ކަމަށް ވެސް ޔޫރަޕުގެ ލީޑަރުން ވަނީ ވިދާޅުވެފަ އެވެ. 

ހުކުރު ދުވަހު އޮންނަ ޓްރަމްޕާއި ޕުޓިންގެ ބައްދަލުވުމުގެ ދައުވަތު ޒެލެންސްކީ އަށް ދީފައި ނުވަނީ ޕުޓިން އެކަމަށް ޤަބޫލު ނުވާތީ އެވެ. ޕުޓިން ބޭނުންފުޅު ވަނީ ޓްރަމްޕާ އެކު ބައްދަލު ކުރެއްވުމަށް ފަހު، ބައެއް އެހެން އިންތިޒާމުތައް ހަމަޖައްސައި، އޭގެ ފަހުގައި ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށެވެ.

އިތުރަށް ކިޔާލަން

24 އޯގަސްޓު 2017

މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ކުރެވިފައިވާ މެލޭޝިއާގެ ބޮޑު ވަޒީރު، ރައީސް ޓްރަމްޕާއި ބައްދަލު ކުރައްވަނީ

24 އޯގަސްޓު 2017
މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ކުރެވިފައިވާ މެލޭޝިއާގެ ބޮޑު ވަޒީރު، ރައީސް ޓްރަމްޕާއި ބައްދަލު ކުރައްވަނީ
11 އޯގަސްޓު 2017

ރައީސް ޓްރަމްޕާއި ބައްދަލު ކުރަން ބޭނުން: ރައީސް މަޑޫރޯ

11 އޯގަސްޓު 2017
ރައީސް ޓްރަމްޕާއި ބައްދަލު ކުރަން ބޭނުން: ރައީސް މަޑޫރޯ
22 ޖުލައި 2017

މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު

22 ޖުލައި 2017
މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު
07 ޖުލައި 2017

ޖީ20 ސަމިޓް: ޓްރަމްޕާއި ޕޫޓިން ބައްދަލުކުރައްވައިފި

07 ޖުލައި 2017
ޖީ20 ސަމިޓް: ޓްރަމްޕާއި ޕޫޓިން ބައްދަލުކުރައްވައިފި
07 ޖުލައި 2017

ޖީ20 ސަމިޓް: ފުރަތަމަ ފަހަރަށް ރައީސް ޓްރަމްޕާއި ޕޫޓިން ބައްދަލު ކުރައްވަނީ

07 ޖުލައި 2017
ޖީ20 ސަމިޓް: ފުރަތަމަ ފަހަރަށް ރައީސް ޓްރަމްޕާއި ޕޫޓިން ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު