Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންޑިއާގައި ޓޮމާޓޯގެ އަގު އުފުލުން

އަގުތައް 500 ޕަސެންޓް މައްޗަށް: އިންޑިއާއިން ގިނަ ބަޔަކު ޓޮމާޓޯ ކެއުން ހުއްޓާލައިފި

27 ޖުލައި 2023 | ބުރާސްފަތި 14:15

މޫސުމީ ނޭދެވޭ ބަދަލުތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރާފައިވާ އަދުގެ ދުނިޔޭގައިވެސް، އެކަށީގެންވާ މިންވަރުގެ ހައްލެއް ހޯދިފައިނުވާ، ސީރިއަސް މައްސަލައެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 27 ޖުލައި 2023 | ބުރާސްފަތި 14:15
އިންޑިއާއިން ގިނަ ބަޔަކު ވަނީ ޓޮމާޓޯ ކެއުން ހުއްޓާލާފައި

އިންޑިއާއިން ގިނަ ބަޔަކު ވަނީ ޓޮމާޓޯ ކެއުން ހުއްޓާލާފައި

މޫސުމީ ނޭދެވޭ ބަދަލުތަކަކީ، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރާފައިވާ އަދުގެ ދުނިޔޭގައިވެސް އެކަށީގެންވާ މިންވަރުގެ ހައްލެއް ހޯދިފައިނުވާ، ސީރިއަސް މައްސަލައެކެވެ. ކުރިއަރާފައިވާ ގައުމުތަކާއި ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ގައުމުތަކާއި ފަގީރު ގައުމުތަކުގައިވެސް މެއެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރާ ސީދާ އަސަރާއި ނުސީދާ އަސަރުތައް ހުންނައިރު، ގަދަ ހޫނުގެ ކޮޅިގަނޑެއް ކަމުގައި ވިއަސް، ނުވަތަ ގަދަ ވިއްސާރައިގެ ކޮޅިގަނޑެއް ކަމުގައި ވިއަސް ނުބެދޭ މީހަކު މަދެވެ. ނެތޭވެސް ދެންނެވިދާނެއެވެ. މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް މަސައްކަތް ކުރަން ޖެހިފައިވަނީ އިންތިހާ ހަލުވި ދުވެލީގައެވެ. ދިރިއުޅުމުގެ ޒަމާންވީ އާދަތަކަށް ބަދަލު ގެންނަން މަޖުބޫރުވަނީ އެކަމަށް ރަނގަޅަށް ތައްޔާރުވެސް ނުވެވި ތިއްބައެވެ.

އަވައްޓެރި އިންޑިއާއަކީވެސް މޫސުމީ ނޭދެވޭ ބަދަލުތަކުގެ އިންތިހާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައި އޮތް ގައުމެކެވެ. ސީދާ އަސަރު ފޯރާ މީހުންނާއި ނުސީދާގޮތުން އެ ތަކުލީފުތައް އުފުލާ މީހުން ގިނަ ގައުމެކެވެ. ޖުލައި 26 ވަނަ ދުވަހު އިންޑިއާއިން މީޑިއާއާ ވާހަކަދެއްކި އެތައް ބައެއްގެ ފަރާތުން އިވުނު އެއް އަޑަކީ އެމީހުން ޓޮމާޓޯ ކެއުން ހުއްޓާލި ވާހަކައެވެ.

ކެއިންބުއިމުގެ ކަންކަމުގައި ތިޔާގި ޖާފަތްތަކާއި ސުފުރާތައް ފަތުރާލާ އިންޑިއާގެ ރެސްޓޯރަންޓުތަކުންވެސް ވަނީ، އެ ތަންތަނުން ތައްޔާރުކުރާ ކޭންތަކުގައި ޓޮމާޓޯ ބޭނުންކުރާ މިންވަރު މަދުކޮށްފައި ވާކަމަށް ބުނެފައެވެ. ވެގެން މިއުޅެނީ ކީއްހެއްޔެވެ؟ މޫސުމީ ނޭދެވޭ ބަދަލާ ޓޮމާޓޯއާ އޮތީ ކޮން ގުޅުމެއްތޯއެވެ؟

އިންޑިއާގެ ގިނަ ބަޔަކު ޓޮމާޓޯއާ ދުރު ނުވާންވީ ސަބަބެއް ނެތެވެ. އިންޑިއާގެ ބާޒާރުތަކުގައި މިއަދު ޓޮމާޓޯގެ އަގުތައް ވަނީ 500 ޕަސެންޓަށްވުރެ މައްޗަށް އުފުލިފައެވެ. އެ ތަރުކާރީއަކާ ނުލަޢި އިންޑިއާ ކޭމެއްގެ ރަހަ އެންމެ ފުރިހަމަނުވާނެ ކަމަށް އެންމެންވެސް އިއްތިފާގުވާނެ އެއް ތަރުކާރީއަކީ ޓޮމާޓޯއެވެ. ނަމަވެސް މިދިޔަ ހަފުތާތަކުގައި، އިންޑިއާގެ ބާޒާރުތަކުގައި ޓޮމާޓޯގެ އަގުތައް ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ. ސަބަބު ގޮސް ގުޅެނީ މޫސުމީ ގަދަ ވިއްސާރައިގެ ކޮޅިގަނޑާއެވެ. އުފެއްދުންތެރިކަން އިންތިހާއަށް ދަށް މޫސުމެއްގައި ކުރުމަތިވި މޫސުމީ ކޮޅިގަނޑާއެކު، އިންޑިއާގެ ބާޒާރުތަކުގައި ޓޮމާޓޯގެ ސަޕްލައި ތަދު އެއްޗަކަށް ވިއެވެ. އަގުތައް ކޮންޓްރޯލް ކުރުމަށް، އިންޑިއާ ސަރުކާރުން ސަބްސިޑައިޒްކޮށްފައިވާ ވޭންތައްވެސް ނެރެން މަޖުބޫރުވިއެވެ.

އިންޑިއާގައި އޮޕަރޭޓްކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ވިޔަފާރިތައް ކަމަށްވާ މެކްޑޮނާލްޑްސްއާއި ސަބްވޭގެ އައުޓްލެޓްތަކުން ވަނީ، ޓޮމާޓޯ އެކުލެވޭ ބާވަތްތައް މެނޫއިންވެސް ނަގާފައެވެ. ޓޮމާޓޯ ބޭނުންކުރާ މިންވަރަށް ބަދަލު ގެނެސްފިނަމަ، އުފެއްދުމުގެ ފެންވަރަށް ނޭދެވޭ ބަދަލެއް އަންނާނެތީއެވެ. ބޭނުންކުރަންޖެހޭ މިންވަރަށް ޓޮމާޓޯ ބޭނުންކުރާނަމަ، ކާބޯތަކެތީގެ އަގުތަކަށް އަންނާނެ ނޭދެވޭ ބަދަލުތަކާ ހެދިއެވެ.

މި ހިނގާ 2022-2023 ވަނަ މާލީ އަހަރު، އިންޑިއާގެ ދައުލަތަށް ލިބޭ އާމްދަނީން މަހެއްގެ މައްޗަށް ބޮލަކަށް ޖެހޭ އެވްރެޖު މިންވަރު ނުވަތަ ޕަރ ކެޕިޓަލް އިންކަމް އުޅެނީ ގާތްގަނޑަކަށް 200 ޑޮލަރުގައެވެ. ކަން މިހެން އޮތްއިރު، ތަރުކާރީއަކީ ސިޔާސީ މައިދާނުގައި ހައްސާސް މައުލޫއެކެވެ. ތަރުކާރީގެ ބާވަތްތަކާއި އިންޑިއާގެ ސިޔާސީ އޮއިވަރާ އޮތް ގުޅުމުގެ މާޒީއަށް ބަލާއިރު، އިންޑިއާގެ ކޭންތަކުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތް ކަމަށްވާ ފިޔާގެ އަގުތައް އުފުލިގެން ދިޔަ ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ސްޓޭޓް ފެންވަރުގެ ސަރުކާރުތަކެއް ވެއްޓިގެން ދިޔަ މަންޒަރު ވަނީ ފެނިފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 މާރިޗު 2018

ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

27 މާރިޗު 2018
ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!
13 މާރިޗު 2018

ރައީސް މައުމޫނުގެ މައްޗަށް ފުލުހުން އެ ހިންގަނީ ތަހްގީގެއް ނޫން، އެ ދަނީ މަހަށް؟!

13 މާރިޗު 2018
ރައީސް މައުމޫނުގެ މައްޗަށް ފުލުހުން އެ ހިންގަނީ ތަހްގީގެއް ނޫން، އެ ދަނީ މަހަށް؟!
19 ޑިސެމްބަރު 2017

ކައިވެނިމައްޗަށް ދިއުން: މައިދައިތަންމެން ފަހަރި ބަލައިދިއުން

19 ޑިސެމްބަރު 2017
ކައިވެނިމައްޗަށް ދިއުން: މައިދައިތަންމެން ފަހަރި ބަލައިދިއުން
01 ޑިސެމްބަރު 2017

ތޫފާން އޮކި: ލަންކާއިން 7 މަރު، އިންޑިއާއިން 8 މަރު

01 ޑިސެމްބަރު 2017
ތޫފާން އޮކި: ލަންކާއިން 7 މަރު، އިންޑިއާއިން 8 މަރު
28 ނޮވެމްބަރު 2017

ބޮޑުތިލަދުން މައްޗަށްވީ އިހުމާލުގެ ހިތި 2018 ގައި ފެންނާނެ!

28 ނޮވެމްބަރު 2017
ބޮޑުތިލަދުން މައްޗަށްވީ އިހުމާލުގެ ހިތި 2018 ގައި ފެންނާނެ!
14 ސެޕްޓެމްބަރު 2017

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް
19 ޖުލައި 2017

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް
07 ޖުލައި 2017

މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟

07 ޖުލައި 2017
މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟
06 ޖޫން 2017

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

06 ޖޫން 2017
މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް