Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީ

އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފާރިސް ފޯމް ހުށަހަޅުއްވައިފި

27 ޖުލައި 2023 | ބުރާސްފަތި 11:05

އެމްއާރްއެމުން ބުނީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ޖުލައި 2023 | ބުރާސްފަތި 11:05
ފާރިސް ފޯމް ހުށަހެޅުއްވުން

ފާރިސް ފޯމް ހުށަހެޅުއްވުން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު, އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ފޯމް ހުށަހަޅުއްވައިފިއެވެ.

އެމްއާރްއެމުން ކުރި ޓްވީޓެއްގައި ވަނީ، އެމްއާރްއެމްގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފާރިސް ބުރާސްފަތި ދުވަހު ފޯމް ހުށަހަޅުއްވާފައި ވާކަމަށެވެ.

Advertisement - newsAdvertisement

އެމްއާރްއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު، ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 16:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ސުންގަޑި ހަމަވުމުން، ކުރިމަތިލި ކެންޑިޑޭޓުންގެ ނަން އިއުލާންކޮށް، ވޯޓުލާން ހަމަޖެހިފައިވަނީ އަންނަ މަހުގެ އެކެއްގައެވެ. އެމްއާރްއެމުން ބުނީ، ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށެވެ.

އީސީން ވަނީ ޖޫން މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދު ހާމަކޮށްފައެވެ. މި ދަފްތަރުގައި ވާގޮތުން، ޖޫން މަހުގެ ނިޔަލަށް އެމްއާރްއެމްގައި ތިބީ 2،892 މެންބަރުންނެވެ. އެމްއާރްއެމްއަކީ މިވަގުތު އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން 3،000 މެންބަރުން ހަމަނުވާ ހަމައެކަނި ޕާޓީއެވެ.

އެމްއާރުއެމަށް 3،000 މެންބަރުން ހަމަނުވުމުގެ މައްސަލައާ ކުރިމަތިވެފައިވާއިރު، އެ އަދަދު ހަމަނުވާކަން ބަޔާންކޮށް އީސީން ވަނީ އެމްއާރުއެމް އުވާލުމަށްވެސް ނިންމާފައެވެ. ނަމަވެސް އެމްއާރްއެމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ނުކުރަން އީސީގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

ނަމަވެސް އީސީން އާންމުކުރި މައުލޫމާތުގައި، އެމްއާރްއެމްގެ ގިނަ މެންބަރުން އުނިކޮށްފައިވާކަމަށްވެސް އެޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީއާ ގުޅޭގޮތުން އީސީން އެކި ފަހަރުމަތިން ސައްހަ ނޫން މައުލޫމާތު އާންމުކުރަމުންދާތީ ކަންބޮޑުވާކަމަށެވެ. މިގޮތުން އީސީން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައިވެސް އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އުނިކޮށްފައިވާކަމަށް އެމްއާރްއެމްއިން ބުނެފައިވެއެވެ.

އަދި ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ބާއްވާ އީސީގެ ބައްދަލުވުންތަކުގައި އެމްއާރުއެމަށް ފުރުސަތު ނުދޭތީ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް