Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މިނިވަންކަން

"އިނގިރޭސީންނާއެކު ވީ އެއްބަސްވުމަށް ބަދަލުނުގެނައި ނަމަ، ވަަރަށް ފަސޭހައިން ރާއްޖެ ސްރީލަންކާގެ ބަޔަކަށްވުމަށް ފުރުސަތު އޮތް"

ރާއްޖޭގެ ތާރީހަކީ ވަރަށް ގަދީމީ ތާރީހެއް ކަމަށް ޝާހިދު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ޖުލައި 2023 | ބުރާސްފަތި 07:33
މިނިސްޓަރު ޝާހިދު

މިނިސްޓަރު ޝާހިދު

އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތްއިރު 1948ގައި ރާއްޖޭގެ ވެރިން އިސްވެ ތިއްބަވައިގެން އިނގިރޭސިންނާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެންނެވި ކަމަށާއި، ބަދަލުތަކާއެކު އެ އެއްބަސްވުން ނުވެވުނު ނަމަ ވަަރަށް ފަސޭހައިން ރާއްޖެ ސްރީލަންކާގެ ބައެއްގެ ގޮތުގައި ހަމަޖެހުމުގެ ފުރުސަތު އޮތްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

1887 ވަނަ އަހަރު ރާއްޖެ އާއި އިނގިރޭސިންނާ އެކު އެކުލަވާލި ޕްރޮޓެކްޓްރޭޓް ނުވަތަ ސަލާމަތީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަންކަން ބެލެހެއްޓެވީ ކޮޅުނބުގައި ހުންނެވި އިނގިރޭސިންގެ ގަވަރުނަރުކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން، އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތް އިރު ވެސް، ރާއްޖޭގެ ދިފާއީ އަދި ޚާރިޖީ ކަންތައްތައް އިނގިރޭސިން ބަލަހައްޓަމުން ދިޔަ ނަމަވެސް ރާއްޖޭގެ ދާހިލީ ކަންތައް ބެލެހެއްޓެވީ ވެރިކަމުގައި ހުންނެވި ބޭފުޅެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން، 1948ގައި ސިލޯނަށް މިނިވަންކަން ލިބުނު އިރު ރާއްޖެ އާއި ދޭތެރޭ ވަރަށް ގޯސްކޮށް ވެސް ކަންކަން ހިނގާފާނެ ކަމުގެ ހަނދާން މިއަދު އައުކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. 1947ގައި އިންޑިއާ އަށް މިނިވަންކަން ލިބުނު އިރު، 1948ގައި ސިލޯނަށް މިނިވަންކަން ލިބުނު ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ 1948 ވަނަ އަހަރުގެ އެޕްރިލް މަހު އިނގިރޭސިންނާއެކު ވެފައިވާ އެއްބަސްވުމަށް ބަދަލުގެނެސްފައި ވަނީ މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ބެެއްލެވުމުގެ ދަށުން ކަމަށެވެ. އެކަން ކުރެއްވީ އޭރުގެ ވެރިންގެ ދުރުވިސްނުމާއި އެކުގައި ކަމަށާއި، މިނިވަން ދައުލަތެއްގެ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމަ ނިމެންދެން ތިބެވުނީ އެ ނިންމެވުމުގެ ސަބަބުން ކަމަށް ވެސް ޝާހދިު ވިދާޅުވިއެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ އޮތުމުގައި އޭރު އިންޑިއާގެ ޕްރައިމް މިނިސްޓަރު ނެހްރޫ ރާއްޖޭގެ ވެރިންނަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުތަކުގެ ދައުރު ޝާހިދު ފާހަގަކުރެއްވިއެވެ. އޭރު އިންޑިއާ ވެސް ބޭނުންވީ ރާއްޖެ ސްރީލަންކާގެ ބައެއްގެ ގޮތުގައި ނުވެ، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ކަމަށާއި އިނގިރޭސިންވެސް ބޭނުންވީ އެ ގޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ. މިނިވަންކަމުގެ ޢީދު އަންނަ އިރު ގައުމު މިނިވަންކަން މަތީ ދެމެހެއްތެވި ބޭބޭފުޅުންގެ ޒިކުރާ އާކުރަން ޖެހޭ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ޝާހިދު ވިދާޅުވީ ރާއްޖެ އަކީ ބައިމަދު ޤައުމަކަށް ވީ ނަމަވެސް ޒަމާނުއްސުރެ ރާއްޖޭގައި އޮތީ ވަރުގަދަ ވަތަނީ ރޫހެއް ކަމަށެވެ. އަދި ރާއްޖޭގެ ތާރީހަކީ ވަރަށް ގަދީމީ ތާރީހެއް ކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް އެއްވެސް ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ދިގު މުއްދަތަކަށް ރާއްޖެ އޮތްކަން އެއްވެސް ސިފައެއްގައި އެނގެން ނެތް ކަމަށެވެ. ރާއްޖެ އަބަދުވެސް އޮތީ އިސްތިޢުމާރީ ގޮތުން މިނިވަން ޤައުމެއްގެ ގޮތުގައި ކަމަށާއި އިނގިރޭސިން ރާއްޖޭގައި ތިބި އިރު ވެސް ރާއްޖެ އޮތީ އިނގިރޭސިންގެ ކޮލޮނީ އެއްގެ ގޮތުގައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖެ އަކީ އަބަދުވެސް ފަޚުރުވެރި ރޫހެއް އޮތް ވަތަނީ ތަނެއް ކަމަށާއި އެކަން ރާއްޖޭގެ ތާރީހުން އެނގޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު