Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީ ބޯޅަ ޓީމު

ތަމްރީނުތަކަށް ޤައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމު ތައިލެންޑަށް

މިހާރު ބޭނުންވަނީ ހަމައެކަނި މުބާރާތެއްގައި ބައިވެރިވާން ނޫން، ޓާގެޓެއް އޮވެގެން މަސައްކަތް ކުރަނީ ނަތީޖާ ނެރެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖުލައި 2023 | ބުރާސްފަތި 06:38
ތައިލެންޑަށް ފުރި ޤައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމު

ތައިލެންޑަށް ފުރި ޤައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމު

އަންނަ މަހު މަޑަގަސްކަރައިގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނުތަކަށް ޤައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ތައިލެންޑަށް ގޮސްފި އެވެ.

ޤައުމީ ވޮލީ ޓީމުތައް ތައިލެންޑަށް ގޮސްފައި ވަނީ ބުދަ ދުވަހު އެވެ. ޤައުމީ ޓީމުތައް ފުރުމާ ގުޅިގެން ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މީގެ ކުރިން 2019 ވަނަ އަހަރު ލިބުނު 15 މެޑަލްގެ ބަދަލުގައި މިއަހަރު އޮންނަ ގޭމްސްގައި އިތުރު މެޑަލްތަކެއް ހޯދުމަށް ފާއިތުވި ހަތަރު އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. މީގެ އިތުރުން މިހާރު ބޭނުންވަނީ ހަމައެކަނި މުބާރާތެއްގައި ބައިވެރިވާން ނޫން ކަމަށާއި، ޓާގެޓެއް އޮވެގެން މަސައްކަތް ކުރަނީ ނަތީޖާ ނެރެން ކަމަށް ވެސް ވިދާޅުވި އެވެ.

ތައިލެންޑަށް ދިޔަ ޤައުމީ ފިރިހެން ޓީމުގައި ވަނީ މެދު ކެނޑުމަކަށްފަހު ބައެއް ކުޅުންތެރިން ހިމަނައިފަ އެވެ. އޭގެ ތެރޭގައި އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ)، އާދަމް ނަސީމް (އެޑަމް)، އިޝާން މުހައްމަދު (ބަޓިސް) އަދި އާލީ އާމިރު (ދިގު އައްޔަ) ހިމެނެ އެވެ. މިފަހަރުގެ ޓީމުގައި ނުހިމެނޭ އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނަކީ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓޭ) އާއި ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އެވެ.

އައިއޯއައިޖީ އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ޓީމުތަކުގެ ކުޅުންތެރިން އަންނަނީ އެކިއެކި ޤައުމުތަކުގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު