Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބުރުގެ ގާނޫނު

އަބުރުގެ ގާނޫނުގެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށަނީ

15 ޖުލައި 2017 | ހޮނިހިރު 17:11

އަބުރުގެ ގާނޫނުގެ މައްސަލާގެ އަޑުއެހުންތައް މި ފަށަނީ ގިނަ ދުވަސްތަކަކަށްފަހު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 15 ޖުލައި 2017 | ހޮނިހިރު 17:11
ހައިކޯޓު

ހައިކޯޓު

"އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ނަމުގައި ޚިޔާލުފާޅުކުރުމުގެ ހައްގު ހަނިވާ ގޮތަށް ފާސްކޮށް، ތަސްދީގުކޮށްފައިވާ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް އާދިއްތަ ދުވަހު ފެށުމަށް ތާވަލުކޮށްފި އެވެ.

އެ މައްސަލާގެ އަޑުއެހުންތައް ފެށުމަށް ނިންމާފައިމިވަނީ ހައި ކޯޓަށް ހުށަހެޅިތާ 10 މަހަށް ވުރެ ގިނަ ދުވަސްފަހުންނެވެ.

Advertisement - newsAdvertisement

މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓަށް ހުށައަޅުއްވާފައިވަނީ ގާނޫނީ ވަކީލު މައުމޫން ހަމީދާއި ގާނޫނީ ވަކީލު ހަސަން މަހާޒު ޝަރީފާއި ގާނޫނީ ވަކީލު އިބްރާހީމް ޝަމީލު އެވެ.

ހައި ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ބަލައިގެންފައިވަނީވެސް މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެ މައްސަލާގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު އެ މައްސަލަ ހުށަހެޅިއިރުވެސް އަދި އޭގެ ފަހުންވެސް ވަނީ މައްސަލަ ހުށަހެޅި ފަރާތުން ވަގުތީ އަމުރަކަށް އެދިފަ އެވެ. މައްސަލާގައި ވަގުތީ އަމުރަކަށް އެދިފައިވަނީ އެ ގާނޫނަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ އަމުރެއް ނެރެދިނުމަށެވެ.

އެ މައްސަލައިގައި އެދިފައިވަނީ އަބުރުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) (ނ) (ރ) އާއި ނުވަ ވަނަ މާއްދާ އާއި 11 ވަނަ މާއްދާ އާއި 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ އާއި 15 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ (ނ) (ރ) އާއި 18 ވަނަ މާއްދާގެ (ނ) (ރ) އާއި 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި 23 ވަނަ މާއްދާ އާއި 25 ވަނަ މާއްދާ އާއި 26 ވަނަ މާއްދާ އާއި 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ (ހ) (ށ) (ނ) (ރ) އާއި 33 ވަނަ މާއްދާ އާއި 34 ވަނަ މާއްދާ އާއި 36 ވަނަ މާއްދާ އާއި 40 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނުކުތާ އާއި ތިން ވަނަ ނުކުތާ އާއި 40 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނުކުތާ އާއި ތިން ވަނަ ނުކުތާ އާއި ހަމަ އެ މާއްދާގެ (ށ) ބާތިލްކޮށްދިނުމަށެވެ.

އެ މައްސަލައިގައި އެދިފައިވަނީ، ގާނޫނުގެ ބައެއް މާއްދާތަކާއި ބައެއް އަކުރުތައް ގާނޫނުން އުނިކުރުމަށާއި، އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ގާނޫނަށް އަމަލުކުރުން ފަސްކޮށްދިނުމުގެ އަމުރެއްގެ އިތުރުން މިނިވަން ޑިމޮކްރެޓިކް އުސޫލުތަކާއި މުޖުތަމައުތަކުގައި ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތަށް ގިނަވެގެން ހަމަސް ދުވަހުގެ ތެރޭގައި ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

އެ ގާނޫނާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކޮށް، މަދަނީ ޖަމިއްޔާތަކާއި ބޭރުގެ ޖަމިއްޔާތަކާއި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ރައީސް އަބްދުﷲ ޔާމީން އެ ގާނޫނު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް 11 ވަނަ ދުވަހު އެވެ.

އަބުރާ ބެހުން މަދަނީ ކުށެއްގެ ގޮތުގައި އޮއްވާ އެ ގާނޫނާއެކު އެ ކުށް މިވަނީ ޖިނާއީ ކުށަކަށް ބަދަލުކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން މީހެއްގެ އަބުރު ގެއްލުވާލައިފި ނަމަ 50،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާކުރެވެ އެވެ. ޖުރިމަނާ ފައިސާ ނުދައްކައިފި ނަމަ މީޑިއާގެ ލައިސެންސް ސަސްޕެންޑްކޮށް އަދި ބާތިލްކުރުމުގެ ބާރު ވެސް ރެގިއުލޭޓް ކުރާ މުއައްސަސާ އަށް ވަނީ ދީފަ އެވ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް