Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑައިމޯފިން ޓްރެފިކް ކުރުން

ކުށުގެ ރެކޯޑާއި ކުށް ތަކުރާރުކޮށްފައިވުމުގެ މައްޗަށް ބަލައި، ބަންދަށް ލުޔެއް ނުދިން

މި މައްސަލައިގެ ދައުވާ ހުށައަޅާފައިވަނިކޮށް، އޭނާއާ ގުޅޭ މިފަދަ އެހެން މައްސަލައެއް ހުށައެޅިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖުލައި 2023 | އަންގާރަ 06:37
މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ޅ ނައިފަރު ކަސްތޫރިމާގޭ ޔޫސުފް މުނީރުގެ މައްޗަށް

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ޅ ނައިފަރު ކަސްތޫރިމާގޭ ޔޫސުފް މުނީރުގެ މައްޗަށް

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހެއްގެ ކުށުގެ ރެކޯޑާއި ކުށް ތަކުރާރުކޮށްފައިވުމުގެ މައްޗަށް ބަލައި، ބަންދަށް ލުޔެއް ނުދިނުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ޅ ނައިފަރު ކަސްތޫރިމާގޭ ޔޫސުފް މުނީރުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

މި އަޑުއެހުމުގައި މިހާރު މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް ޒިހުނީވަނީ ގާޒީ ބަދަލުވެފައިވާކަން އަންގަވައި، މައްސަލަ ގޮސްފައިވާ ހިސާބު ދައުލަތާއި ދިފާއުން އޮޅުންފިލުއްވާފައެވެ.

މި މައްސަލައިގައި މިހާރު ވަނީ ޝަރީއަތްވެސް ފަށައި، ބައެއް ހެކިންގެ ހެކިބަސްވެސް ނަގާފައެވެ.

ގާޒީ ވިދާޅުވީ، މި މައްސަލައިގެ ގާޒީ ބަދަލުވުމާމެދުވެސް ދިގު މުއްދަތެއް ހޭދަވެފައިވާ ކަމަށާއި އޭގެ ކުރިން ތާވަލު ކުރި އަޑުއެހުންތައްވެސް ހެކިން ހާޒިރުނުވެގެންނާއި އެކި ސަބަބުތަކާހުރެ ކެންސަލް ކުރަން ޖެހިފައިވާ ކަމަށެވެ.

ވުމާއެކު މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ހެކިން ހާޒިރު ކުރުމަށް ދެން ފުރުސަތު ދެވޭނީ ކުރިއަށް ބާއްވަވާ ދެ އަޑުއެހުމެއްގައި ކަމަށް ގާޒީ ވިދާޅުވިއެވެ. ގާޒީ ވަނީ އެ އަޑުއެހުންތަކަށް ދައުލަތުގެ ހެކިން ހާޒިރު ކޮށްދިނުމަށް ދައުލަތަށް އަންގަވާފައެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން ހުށައަޅާފައިވާ 6 ހެއްކެއްގެ ހެކިބަސް އަދި ނެގިފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ފަރާތުން ވަނީ އޭނާގެ ބަންދު މުރާޖައާ ކޮށްދިނުން އެދި ކޯޓަށް ސިޓީއެއް ހުށައަޅާފައެވެ. ނަމަވެސް އޭނާގެ ކުށުގެ ރެކޯޑާއި ކުށް ތަކުރާރުކޮށްފައިވުމުގެ މައްޗަށް ބަލައި، ގާޒީ ވަނީ އެ ފުރުސަތު ނުދެއްވުމަށް ނިންމަވާފައެވެ. އެއީ ދައުލަތުންވެސް އެދޭ ގޮތެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލައިގެ ދައުވާ ހުށައަޅާފައިވަނިކޮށް، އޭނާއާ ގުޅޭ މިފަދަ އެހެން މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ.

ގާޒީ ވަނީ އޭނާގެ ބަލި ޙާލަތާއި ގުޅޭގޮތުން ހުށައަޅާފައިވާ ޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ދައުލަތަށް އަންގަވާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު