Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސޫދާން ހަނގުރާމައަށް 100 ދުވަސް

ސޫދާން ހަނގުރާމައަށް 100 ދުވަސް: "އަހަރެމެންގެ ހުރިހާ އެންމެން މަރާލައިފި"

އާންމު ދިރިއުޅުމުގައިވެސް ބަނަކަމާއި އަނދަރިކަން ނޫން އެއްޗެއް ނެތް ފަދަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 ޖުލައި 2023 | ހޯމަ 14:04
ސޫދާން ހަނގުރާމައަށް 100 ދުވަސް

ސޫދާން ހަނގުރާމައަށް 100 ދުވަސް

ނިމިދިޔަ 1444 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ މާތްވެގެންވާ ފަހު ދިހައިގެ ރޭތަކާ ގާތްވަމުން އައި ދުވަސްވަރެވެ. މީލާދީ ކަލަންޑަރުން، އޭޕްރިލް 15 ވަނަ ދުވަހެވެ. އަސްކަރީ ވެރިކަމެއް ކުރަމުންދާ ސޫދާނުގެ މައި އަސްކަރިއްޔާގެ ފައުޖުތަކާއި ޕެރާމިލިޓްރީ ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްއެފް)ގެ ފައުޖުތަކާ ދެމެދު ހަމަލާ ބަދަލުކުރުންތައް ފެށިއެވެ. ހަމަލާތައް ފެށިގެން އައި ދުވަސްވަރު، ކުރިމަތިލުންތައް އެންމެ ގަދަވެފައި އޮތީވެސް ވެރިކަންކުރާ ޚާރްތޫމް ސިޓީ ސަރަހައްދުގައެވެ. ހަމަނުޖެހުންތައް، ދާރްފޫރް ސަރަހައްދަށްވެސް ފެތުރިގެން ދިޔައެވެ. ސޫދާންގެ ހަމަނުޖެހުންތަކަށް 100 ދުވަސް ފާއިތުވެ ދިޔައީއެވެ. ސުލްޙައިގެ އަލިމަގެއް ނެތްތަނުގައި، އާންމު ދިރިއުޅުމުގައިވެސް ބަނަކަމާއި އަނދަރިކަން ނޫން އެއްޗެއް ނެތްފަދައެވެ.

ޗާޑްގެ ބޯޑަރު ސިޓީއެއް ކަމަށްވާ އާޑްރޭގެ ރެފިއުޖީ ކޭމްޕެއްގެ ތެރޭގައި ޖަމާވެ އެ ތިބީ، ސޫދާންގެ ހަމަނުޖެހުންތަކުގެ ތެރޭގައި، ދާރްފޫރްގައި ހުރި އަމިއްލަ ގެދޮރު ދޫކޮށްލި އަންހެނުންގެ ތެރެއިން ބައެއް މީހުންނެވެ. އެމީހުންގެ ވާހަކަތަކުން ދޭހަވިގޮތުގައި، ހަމަލާތަކުން ދިފާއުވުމަށް އެމީހުން ގެދޮރު ދޫކޮށް، ރައްކާތެރި މަންޒިލެއްގެ އުއްމީދުގައި ދަތުރު ފެށީ ފައިމަގުގައެވެ. ދަރިންވެސް ގޮވައިގެންނެވެ. އަނދައި އަޅިއަށްވެފައިވާ ގެދޮރާއި، ސުންނާފަތިކޮށްލާފައިވާ ސިޓީތައް ދޫކޮށްފައެވެ. އެމީހުން ކިޔައިދިން ގޮތުގައި، ގިނަ އަދަދެއްގެ ފިރިހެނުން ވަނީ މަރާލާފައެވެ.

ރައްކާތެރި މަންޒިލަކަށް ދެވެންދެން ދަރިންކޮޅު ގެންގުޅުނީ ފޮރުވައިގެންނެވެ. ހަމަލާ އަމާޒުވާކަށް ޒުވާނެއް މުސްކުޅިއެއް ނޯވެއެވެ.

ސޫދާނުގެ މައި އަސްކަރީ ބާރާއި އާރްއެސްފްގެ ފައުޖުތަކާ ދެމެދު ފެށި ހަމަލާ ބަދަލުކުރުންތަކުގައި ޚާރުތޫމް މިހާރު އޮތީ މުޅިންހެން ސުންނާފަތިވެފައެވެ. ހަމަ އެ ހަމަނުޖެހުންތަކުގެ ސަބަބުން، ދާރްފޫރުގައި ނަސްލީ ކޯޅުންގަނޑު ގަދަވިއެވެ. 3 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ.

އެމެރިކާގައި މަރުކަޒުކޮށްގެން ހިންގާ ސޫދާން ކޮންފްލިކްޓް އޮބްޒަރވޭޓަރީގެ ރިޕޯޓްތަކަށް ބަލާއިރު، އާރްއެސްއެފްއާއި އެ ބާރާ ގުޅިފައިވާ ފައުޖުތަކުން، ދާރުފޫރުގެ 26 އާބާދަކަށް އަމާޒުކޮށްގެން ހަމަލާތައް ދިން ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ންވެސް ވަނީ ދާރުފޫރުގައި ހިންގަމުންދާ ހަމަނުޖެހުންތައް ތަހުގީގު ކުރާނެކަން ހާމަކޮށްފައެވެ. ކަން މިހެން އޮތްއިރު، ދާރުފޫރުގައި ހިންގާ ހަމަނުޖެހުންތަކަކީ އެ ސަރަހައްދުގެ ގަބީލާތަކެއްގެ މެދުގައި ހިންގާ ހަމަނުޖެހުންތަކެއް ކަމަށް އާރްއެސްއެފްއިން ދަނީ ބުނަމުންނެވެ.

ސޫދާންގެ މައި އަސްކަރިއްޔާއާއި އާރްއެސްއެފްގެ ފައުޖުތަކާ ދެމެދު ނުތަނަވަސްކަން އުފެދެންފެށީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެއީ ސޫދާނުގެ އެކި ހިސާބުތަކުން އާރްއެސްއެފްއަށް މެންބަރުން ރެކްރޫޓު ކުރަން ފެށި ހިސާބުންނެވެ. މައިގަނޑު ގޮތެއްގައި ދެބަސްވުންތައް އުފެދުނީ ސޫދާނުގެ މައި އަސްކަރިއްޔާގެ ބައެއްގެ ގޮތުގައި އާރްއެސްއެފް ކަނޑައެޅުމަށް އޮތް ތާވަލާ މެދުގައެވެ. ސޫދާންގެ މައި އަސްކަރިއްޔާގެ ތެރެއަށް އާރްއެސްއެފް ވެއްދުމަށް އެ ފައުޖުތަކުން 10 އަހަރު ދުވަހުގެ މުއްދަތަށް ބެހިގެންދާ ތާވަލެއް އެކުލަވާލި ނަމަވެސް، ސޫދާނުގެ މައި އަސްކަރިއްޔާގެ ފިކުރު އޮތީ 2 އަހަރު ދުވަހުގެ ތެރޭގައި އެ ކަން ކޮށް ނިންމުމަށެވެ.

ސޫދާންގެ ހަމަނުޖެހުންތަކުގެ ތެރޭގައި މަރުވެ ދިޔަ މީހުންގެ އަދަދުތައް އަދިވެސް ކަށަވަރުވާ ގޮތެއް ނުވެއެވެ. ޖޫން 17 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު، ހަމަނުޖެހުންގަނޑުގެ ތެރޭގައި މަރުވި ކަމަށް ބަޔާންކޮށްފައިވާ ރަސްމީ އަދަދު 3000ށްވުރެ މައްޗަށް އަރައެވެ. އިތުރު 6000 މީހުން ޒަޚަމްވި ކަމަށްވެއެވެ. ނަމަވެސް، ސޫދާނާއި ޗާޑްގައި ހަރަކާތްތެރިވާ ނަސްލީ ޖަމާއަތެއް ކަމަށްވާ ސަލްޓަނޭޓް އޮފް ދާރް މަސާލިތުން ވަކާލާތުކުރާގޮތުގައި، ޖޫން 20 ވަނަ ދުވަހުގެ ނިޔަލަށް، ހުޅަނގު ދާރުފޫރު ސަރަހައްދުގައި އެކަނިވެސް 5000ށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. ޒަޚަމްވީ މީހުންގެ އަދަދު ގާތްގަނޑަކަށް 8000ށް އަރާނެ ކަމަށްވެސް އެ ޖަމާއަތުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު