Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީނުގެ ކެނޑިޑެސީ

ސިޔާސީ ޕާޓީގެ ޙަރަކާތެއްގައި ޤައިދީއަކަށް ބައިވެރިއެއް ނުވެވޭ، ޔާމީނުގެ ކެނޑިޑެސީ ފޯމު ފުރުމަށް ކަރެކްޝަންސްއިން އެހީވަނީ؟

ސިޔާސީ ޕާޓީތަކަށް ނިސްބަތްވުން ފިޔަވައި އިތުރު ޙަރަކާތެއްގައި ޤައިދީއަކަށް ބައިވެރިއެއް ނުވެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖުލައި 2023 | ހޯމަ 08:35
ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެނޑިޑެސީ ފޯމު ފުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެހީތެރިކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އެދިއްޖެއެވެ.

އާދިއްތަ ދުވަހު ކަރެކްޝަންސްއިން ވަނީ ލިއެކިއުންތައް ނުދެއްކުމުން، ޔާމީނުގެ ވަކީލުން އަނބުރާ ފޮނުވާލާފައެވެ. ޔާމީނުގެ ވަކީލުން ވަޑައިގެންނެވީ ކެނޑިޑެސީ ފޯމު ހިފައިގެންކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވީނަމަވެސް، ވަކީލުން އެކަން ދޮގު ކުރައްވައެވެ.

Advertisement - newsAdvertisement

ޖަލުތަކާއި ޕެރޯލް ޤާނޫނުގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޤައިދީންނާއި ބަންދު މީހުންނަށް ލިބޭ، ނުވަތަ އެމީހުން ފޮނުވާ ސިޓީ ފަދަ ތަކެތި ކިޔައި، އަޑުއަހައި، ރެކޯޑުކޮށް، ބަލައި ފާސް ކުރުމުގެ އިހުތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންސްއަށް ލިބިގެންވާކަމަށެވެ. ޤައިދީންނަށް ޤާނޫނީ ވަކީލާއި، ކޯޓުތަކާއި، ސަރުކާރުގެ އިދާރާތަކާމެދު ސިޓީ ބަދަލު ކުރެވިދާނެއެވެ. ނަމަވެސް އެގޮތުން ފޮނުވޭ ލިއެކިއުންތައް ބެލުމުގެ ބާރު ޑައިރެކްޓަރ އޮފް ޕްރިޒަންސްއަށް ލިބިގެންވެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ، އިންތިހާބުގެ ކެންޑިޑެސީ ފޯމު ފުރުމުގެ ކަންކަމުގައި ޕީޕީއެމްއިން އެ އިދާރާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި، އެކަމުގައި އެ ޕާޓީއަށް ބޭނުންވާ އެއްބާރުލުން ދޭނެ ކަމަށެވެ.

އެހެންނަމަވެސް، ޔާމީނުގެ ވެރިކަމުގައި ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެނައި އިސްލާޙުގައިވާ ގޮތުން، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ޙައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤުވެސް ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާކަމަށް ވަނީ ބަޔާންކޮށްފައެވެ.

ވީއިރު، ޔާމީނުގެ ކެނޑިޑެސީ ފޯމު ފުރުމަށް ޕީޕީއެމްއަށް ކަރެކްޝަންސްއިން އެހީވަނީ ކޮން އަސާސެއްގެ ދަށުންތޯ ރާއްޖެއެމްވީން ސުވާލު ކުރުމުން، އެކަމަށް ކަރެކްޝަންސްއިން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

ޔާމީނުގެ ވެރިކަމުގައި އޭރު ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް މި އިސްލާޙު ގެނައީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް 2018 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތުތައް ބަންދުކޮށްލުމުގެ ގޮތުންކަމަށް ތުހުމަތު ކުރެވިފައިވެއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު