Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުލަމް

ސައުދީގެ ހުށަހެޅުން ޤަބޫލު ނުކޮށް، މާކޯ ސިލްވާ ފުލަމްގައި މަޑުކުރަނީ

އެއީ މުސާރަައިގެ ގޮތުގައި 40 މިލިއަން ޔޫރޯ ލިބޭ ހުށަހެޅުމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖުލައި 2023 | ހޯމަ 03:05
ފުލަމްގެ ކޯޗު ސިލްވާ

ފުލަމްގެ ކޯޗު ސިލްވާ

ފުލަމްގެ ކޯޗު މާކޯ ސިލްވާ ހޯދުމަށް ސައުދީ ޕްރޯ ލީގުގެ އަލް އަހްލީ އިން ހުށަހެޅި ހުށަހެޅުން ޤަބޫލުނުކޮށް، ފުލަމްގައި މަޑުކުރުމަށް އޭނާ ނިންމައިފި އެވެ.

އަލް އަހްލީ އިން ވަނީ އޭނާ އަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. އެއީ މުސާރަައިގެ ގޮތުގައި 40 މިލިއަން ޔޫރޯ ލިބޭ ހުށަހެޅުމެކެވެ. ނަމަވެސް ފުލަމްގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ސިލްވާ ނިންމީ ކުލަބުގައި މަޑު ކުރުމަށެވެ. އޭނާ ބުނީ ފުލަމް އަށް އޮތީ ޚާއްސަ ލޯތްބެއް ކަމަށާއި، މިހާރު ހަވާލުކޮށްފައިވާ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމަން ބޭނުންވާ ކަމަށެވެ. އެހެންކަމުން މިވަގުތު އެހެން އެއްވެސް ކުލަބަކަށް ބަދަލުވާން ބޭނުން ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕޯޗުގަލަށް ނިސްބަތްވާ ސިލްވާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އައިއިރު، ފުލަމް އަކީ އޭނާ އިރުޝާދު ދޭ ހަތް ވަނަ ކުލަބެވެ. އޭނާ އިރުޝާދު ދިން ކުލަބުތަކުގެ ތެރޭގައި ޕޯޗުގަލްގެ އެސްޓޮރިލް، ސްޕޯޓިން، ގްރީކްގެ އޮލިމްޕިއާކޯސް، އިންގްލެންޑުގެ ހަލް ސިޓީ، ވަޓްފޯޑު އަދި އެވަޓަން ހިމެނެ އެވެ. އެވަޓަންގެ ކޯޗުކަމުން އޭނާ ވަކިކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ފުލަމްއާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ފުލަމް ވަނީ މިހާތަނަށް 94 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 47 މެޗުން މޮޅުވެ، 29 މެޗުން ބަލިވެފަ އެވެ. 18 މެޗެއް ނިމުނީ އެއްވަރުވެގެންނެވެ.

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2017

ޔޫރަޕުގެ "ގޯލްޑަން ބޯއި" އަށް ވާދަކުރާ ކުޅުންތެރިން އިއުލާނުކޮށްފި

21 އޮކްޓޯބަރު 2017
ޔޫރަޕުގެ "ގޯލްޑަން ބޯއި" އަށް ވާދަކުރާ ކުޅުންތެރިން އިއުލާނުކޮށްފި
31 އޯގަސްޓު 2017

ޗެލްސީގެ ހުށަހެޅުން ރިޖެކްޓްކޮށް ޗެމްބަލިން ލިވަޕޫލްއަށް ބަދަލުވަނީ!

31 އޯގަސްޓު 2017
ޗެލްސީގެ ހުށަހެޅުން ރިޖެކްޓްކޮށް ޗެމްބަލިން ލިވަޕޫލްއަށް ބަދަލުވަނީ!
18 އޯގަސްޓު 2017

ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ފަރާތްތައް އިއުލާނުކޮށްފި

18 އޯގަސްޓު 2017
ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ފަރާތްތައް އިއުލާނުކޮށްފި
26 މެއި 2017

ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ

26 މެއި 2017
ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ
20 މެއި 2017

ގައުމީ ޓީމަށް 17 އަހަރު ކުޅުނުކަން އަގުވަޒަންނުކޮށް ދެ މެޗަށް ސަސްޕެންޑް ކުރުމުން އިމްރާން ކަންބޮޑުވުން ފާޅުކޮށްފި

20 މެއި 2017
ގައުމީ ޓީމަށް 17 އަހަރު ކުޅުނުކަން އަގުވަޒަންނުކޮށް ދެ މެޗަށް ސަސްޕެންޑް ކުރުމުން އިމްރާން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު