Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު މިނިސްޓްރީ

ދެ ރަށެއްގެ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ދެ ރަށުގައި ވެސް ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ޤާއިމު ކުރުމަށް ހަވާލު ކޮށްފައި ވަނީ ޓްރެކް އާތު ޕްރައިވެޓް ލިމިޓެޑާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖުލައި 2023 | އާދީއްތަ 08:23
ޔޫތު މިނިސްޓްރީގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޔޫތު މިނިސްޓްރީގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކޮޅުމަޑުލު އޮމަދޫ އާއި ވިލުފުށީގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ދެ ރަށުގައި ވެސް ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ޤާއިމު ކުރުމަށް ހަވާލުކޮށްފައި ވަނީ ޓްރެކް އާތު ޕްރައިވެޓް ލިމިޓެޑާ އެވެ. އެގޮތުން އޮމަދޫގެ ސެންޓަރުގެ ތަރައްޤީ ކުރުމަށް ހަވާލުކޮށްފައި ވަނީ 4،440،862.80 (ހަތަރު މިލިއަން ހަތަރު ލައްކަ ސާޅީސް ހާސް އަށްސަތޭކަ ފަސްދޮޅަސް ދެރުފިޔާ އަށްޑިހަ ލާރި) އަށެވެ. ވިލުފުށީ ސެންޓަރު ޤާއިމު ކުރުމަށް ހަވާލުކޮށްފައި ވަނީ 4،332،862.80 (ހަތަރު މިލިއަން ތިން ލައްކަ ތިރީސް ދެހާސް އަށްސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ އަށްޑިހަ ލާރި) އަށެވެ. މި ދެ މަސައްކަތް ވެސް ނިންމަން ހަވާލުކޮށްފައި ވަނީ 150 ދުވަހުގެ ތެރޭގަ އެވެ. ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަޙުމަދު އެވެ. ޓްރެކް އާތު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކޮށްފައި ވަނީ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު ޢަބްދުﷲ ޞާލިޙް އެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފެންވަރުގެ ޔޫތު ސެންޓަރުތައް ޤާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ޔޫތު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ގުޑީސް އާއި ފިސްޑާއަށް

13 މެއި 2017
ޔޫތު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ގުޑީސް އާއި ފިސްޑާއަށް
05 މެއި 2017

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކުއްޓު ކުއްލި ގޮތަކަށް ނިޔާވެއްޖެ

05 މެއި 2017
ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކުއްޓު ކުއްލި ގޮތަކަށް ނިޔާވެއްޖެ
15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
05 އެޕްރީލު 2017

ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

05 އެޕްރީލު 2017
ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ
02 އެޕްރީލު 2017

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

02 އެޕްރީލު 2017
ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު