Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑެންގޫގެ ނުރައްކާ

ދުނިޔެ ހޫނުވުން: އާބާދީގެ 2 ބައިކުޅަ 1 ބައި މީހުން ޑެންގޫގެ ނުރައްކަލުގައި!

ދުނިޔެ ހޫނުވުމުގެ މައްސަލައަކީ، ޒާތީ ޞިއްޙަތާވެސް ގުޅިލާމެހިފައި އޮތް ކަމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 ޖުލައި 2023 | ހޮނިހިރު 14:40
ދުނިޔެ ހޫނުވުން: އާބާދީގެ 2 ބައިކުޅަ 1 ބައި މީހުން ޑެންގޫގެ ނުރައްކަލުގައި

ދުނިޔެ ހޫނުވުން: އާބާދީގެ 2 ބައިކުޅަ 1 ބައި މީހުން ޑެންގޫގެ ނުރައްކަލުގައި

މި ދުވަސްވަރަކީ ދުނިޔޭގެ އެކި ހިސާބުތަކަށް އާދަޔާ ޚިލާފަށް ހޫނު ގަދަ ވަމުން ދާ ދުވަސްވަރެކެވެ. އެކަން ގުޅެނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާ އެއް މައްސަލަ ކަމުގައި ވާ ދުނިޔެ ހޫނުވުމުގެ މައްސަލައާއެވެ. ދުނިޔެ ހޫނުވުމުގެ މައްސަލައަކީ ހަމަ އެކަނި ތިމާވެށީގެ މައްސަލައެއް ކަމަކަށް މިއަދު ނިންމޭކަށް ނެތެވެ. ދުނިޔެ ހޫނުވުމުގެ މައްސަލައަކީ، ޒާތީ ޞިއްޙަތާވެސް ގުޅިލާމެހިފައި އޮތް ކަމެކެވެ.

އެކަށީގެންވާ ފަރުވާއެއް ނުދެވިއްޖެނަމަ ފުރާނައަށްވެސް އިންތިހާ ނުރައްކާ ކުރިމަތި ކުރުވުމުގެ ފުރުޞަތު އޮންނަ ޑެންގޫ ހުމަކީ މަދިރީގެ ސަބަބުން ޖެހޭ ބައްޔެއްކަން ގިނަ މީހުންނަށް އޮންނާނީ އެނގިފައެވެ. މީގެ ކުރިން އެނގިފައި އޮންނަ ގޮތުގައި ޑެންގޫ ކޭސްތައް އިތުރުވެގެން ދަނީ ގަދަ ވިއްސާރައިގެ ދުވަސްވަރުގައެވެ. ތަންތަނުގައި ހަރުލާ ފެންފޮދުގައި މަދިރި ފަނި އާލާވެގެންނެވެ. ނަމަވެސް، ޖުލައި 21 ވަނަ ދުވަހު، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އެޅި އިންޒާރުގެ ރަނގަބީލުން އިވުނީ ތަފާތު އަޑެކެވެ. ޑެންގޫ ކޭސްތައް އިތުރުވަމުން ދާ ދިއުން، ޑަބްލިއުއެޗްއޯއިން ގުޅުވާލީ ދުނިޔެ ހޫނުވުމުގެ މައްސަލައާއެވެ.

ތާރީޚު ދެކެފައި ނުވާހާ ގިނަ ޢަދަދަކާ ގާތްވުމަށް ޑެންގޫ ކޭސްތައް އިތުރު ވަމުން ދާއިރު، އެކަމުގެ އެއް ހިއްސާދާރަކީ ދުނިޔެ ހޫނުވުމުގެ މައްސަލަ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިންޒާރު ކޮށްފައެވެ. ދުނިޔެ ހޫނުވުމަކީ ޑެންގޫ ޖައްސާ މަދިރިއަށް، އޭތީގެ މަސައްކަތް ފުރިހަމަ ކުރަން ފަސޭހަ ކޮށްދޭ ކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަ ކުރެއެވެ.

މުޅި ދުނިޔެއަށް ބެލި ކަމުގައި ވީ ނަމަވެސް ޑެންގޫ ކޭސްތައް ދަނީ އިތުރުވަމުންނެވެ. ޑަބްލިއުއެޗްއޯއަށް ރިޕޯޓްކޮށްފައި ވާ ކޭސްތަކަށް ބެލި ކަމުގައި ވީ ނަމަވެސް އެކަމަށް ހެކި ލިބެއެވެ. 2000 ވަނަ އަހަރާ އަޅާ ބަލާއިރު، މިދިޔަ އަހަރު ރިޕޯޓް ކުރި ޑެންގޫ ކޭހުގެ މިންވަރު ވަނީ 8 ގުނަ އިތުރުވެ، 4.2 މިލިއަނަށް އަރާފައެވެ. މި ހިނގާ 2023 ވަނަ އަހަރު، އެންމެ ފުރަތަމަ ޑެންގޫ ކޭހެއް ރިޕޯޓް ކުރީ ސޫދާންގެ ވެރިރަށް ޚާރްތޫމްއިންނެވެ. އޭގެ ފަހުން ވިލާތު ބައްރުންވެސް ވަނީ ޑެންގޫ ކޭސް އިތުރު ވަމުން ދާ ކަމަށް ރިޕޯޓް ކޮށްފައެވެ. ޕެރޫއިން ވަނީ ގިނަ ސަރަޙައްދުތަކެއްގައި ކުށްލި ނުރައްކަލުގެ ހާލަތުވެސް އިޢުލާން ކޮށްފައެވެ.

މާ ބޮޑު ސަމާލުކަމެއް ނުދެވި ދޫކޮށްލެވިފައި އޮންނަ ބަލިތަކާ ބެހޭ (ޑަބްލިއުއެޗްއޯ ގެ) ބައިނަލްއަޤުވާމީ މަޝްރޫޢުގެ އިސްވެރިޔާ ޑރ ރާމަން ވެލާޔުދާން ވިދާޅުވީ ދުނިޔޭގެ އާބާދީގެ 2 ބައިކުޅަ 1 ބައި ހާ މީހުން މިއަދު ތިބީ ޑެންގޫ ހުމުގެ ނުރައްކަލުގެ ތެރޭގައި ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ރެކޯޑްތަކަށް ބަލާއިރު އެންމެ ގިނަ ޢަދަދަކަށް ޑެންގޫ ކޭސްތައް ރިޕޯޓް ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 129 ޤައުމަކުން އެ އަހަރު ރިޕޯޓް ކުރި ޑެންގޫ ކޭސްތަކުގެ ޖުމުލަ ޢަދަދު، 5.2 މިލިއަނަށް އަރާފައި ވާ ކަމަށް ޑރ ވެލާޔުދާން ވިދާޅުވިއެވެ. އޭޝިއާ ސަރަޙައްދުގެ މޫސުމަށް ބަލާއިރު، މި ހިނގާ 2023 ވަނަ އަހަރު، 4 މިލިއަނަށް ވުރެ ގިނަ ކޭސް ރިޕޯޓް ކުރާނެ ކަމަށް ބެލެވޭ ކަމަށް ޑރ ވެލާޔުދާން ވަނީ ފާހަގަ ކުރައްވާފައެވެ.

އެމެރިކާ ސަރަޙައްދުގެ ޤައުމުތަކުން އެކަނިވެސް، މި އަހަރުގެ މިހާތަނަށް، 3 މިލިއަނާ ގާތް ކުރާ ޢަދަދަކަށް ކޭސް ރިޕޯޓް ކޮށްފައި ވާ ކަމަށާ، އިތުރު ޤައުމުތަކަކަށް ބަލިމަޑުކަން ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑު ކަމަށްވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ޑެންގޫ ކޭސް ނަމްބަރުގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ރިޕޯޓް ކުރާ ކޭސްތަކަކީ، ދުނިޔޭގެ އެކި ކަންކޮޅުގައި ބައްޔަށް ޕޮޒިޓިވްވެފައި ވާ މީހުންގެ އަސްލު ނަމްބަރުގެ 4 ބައިކުޅަ 1 ބައި ހާ މިންވަރެކެވެ. ސަބަބެއް ކަމަށް ވަނީ، ގިނަ ކޭސްތަކަކީ އެސިމްޓޮމެޓިކް ނުވަތަ ޑެންގޫގެ އަލާމާތްތައް ނުފެންނަ ކޭސްތައް ގިނަ ވުމެވެ.

ތަނެއްގެ މޫސުން ހޫނުވަމުން ދިޔުމަކީ މަދިރީގެ އާބާދީ އިތުރުވުމުގެ ދުވެލި އަވަސްވާ ކަމެކެވެ. އަދި މަދިރީގެ ހަށިގަނޑުގައި ވައިރަސް އިތުރުވުމަށްވެސް އެހީވެދޭ ކަމެކެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ އިތުރުން، ޑެންގޫ ކޭސްތައް އިތުރުވުމާ ގުޅިފައިވާ އިތުރު ސަބަބުތަކުގެ ތެރޭގައި، އެއްތަނުން އަނެއް ތަނަށް މުދާ އުފުލާ މިންވަރު އިތުރުވުމާއި، ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން ނަރުދަމާ ނިޒާމާ ގުޅިފައިވާ މައްސަލަތައް ހިމެނޭކަން ޑަބްލިއުއެޗްއޯގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017
މޯބައިލް ފޯނު ފޭރުން އާއްމުވެފައި

މޯބައިލް ފޯނު ފޭރުން އާއްމުވެފައި

11 މެއި 2017
އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

22 މާރިޗު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު